ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި މަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް އެ ޕާޓީގެ ގްރޫޕްތަކުން ނުކުމެވަޑައިގެންފިއެވެ.

ޑރ. މައުސޫމް ޖޭޕީގެ ގްރޫޕަތަކުން ނުކުމެވަޑައިގެންފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި އެ ޕާޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފޯމް ހުށަހެޅުއްވި ފަހުންނެވެ.

އޭނާ ގްރޫޕްތަކުން ނުކުމެވަޑައިގެންނެވި ނަމަވެސް، ޕާޓީން އިސްތިއުފާ ދެއްވިކަން އަދި އަންގާފައެއް ނުވެއެވެ.

ޑރ، މައުސޫމްއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ތާޖުރިބާ ހުރި އެއް ބޭފުޅާއެވެ. އެ ދާއިރާއިން ޕީއެޗްޑީވެސް ހާސިލް ކުރައްވާފައިވާ ޑރ. މައުސޫމަކީ ޖޭޕީގެ ލީޑަރުކަމާއި، އަދި ސިންގަޕޫރްގެ ސަފީރުކަންވެސް ކުރަައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ގާސިމްގެ ރިސޯޓެއް ކަަމަށްވާ ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާއަކީ ގާސިމްއަށް ވަރަށް ތާއިދު ކުރައްވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ނަމަވެސް މިފަހަކަށް އައިސް ޖޭޕީގެ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި ކައުންސިލް ބައްދަލުވުންތަކުންވެސް އޭނާ ފެނިވަޑައިގެންފައެއް ނުވެއެވެ. އެންމެ ފަހުން ޖޭޕީން ބޭއްވި ކޮންފަރެންސްގައިވެސް އޭނާ ފެނިވަޑައިނުގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙާލަތު

    މައުސޫމް އަކީ ބޮޑު ފިނޑިއެއްކަން އަދިކިރިޔާ މިއެނގުނީ މަޤާމުގެ ދަހިވެތިކަމުގައި ޕީ.އެޗް.ޑީ ލަޤަބައްވެސް ހުތުރު

    37
    2
  2. މީދާ

    ކާންދޭ އަތުގައި ދަތްއަޅާ ޑޮކްޓަރ

    34
    2
  3. އހ

    ގިނަ މީހުންނަކީ ލާރިޔާ އިއްޒަތާ މަގާމު ބޭނުންވާ މީހުން

    34
    2
    • Anonymous

      ބުރުމާ ގާސިމު ވެސް އެއުޅެނީ ލާރިއާ އިއްޒަތާ ޖާހާއި މަގާމާ ހެދި ނޫންތަ؟

      6
      6
  4. އަލިބެ

    އަސްލު ކަޑަ މިމީހުން ގާސިމް ޕާރޓީން ވަކިވަނީ ފައިސާއާއި މަގާމަށްޓަކައި މިފަދަ ބަޔަކުގެ ފަރާތުން ސަރުކާރަށް ވާނެ ފައިދާއަކީ ކޮބައިބާ މިމީހުންގެ ސަބަބުން ލިބޭނެ ގެއްލުން ސަރުކާރަށް މާ ބޮޑުވާނެ ވިސްނާ ބަޔަކަށް އެކަން އެގޭނީ ގާސިމްކައިރިން ވަރިވީއޭ ތިމަންމެން އިބޫއާއި އިނީއޭ ބުނުން ކަހަލަ ކަމެއް މިކަމުން ސަރުކާރަށްފައިދާވެއޭ ގާސިމަށް ގެއްލުމޭ ބުންޏަސް މިކަމުން ފައިދާވާނީ ގާސިމްއަށް އޭނަގެންގުޅުނު ބޯއިސްތަކާއި ގާލްސްތައް ސަރުކާރުގެ އެންމެ އެތެރޭގައި ދެން ވާނެ އެތި ބަލަން ތިބޭ

    30
    1
  5. މޯޑު

    ޖޭޕީއަކީ ގޮތެއްފެންނަން ދެން މަޑުކޮށްލާ ޕުލެޓް ފޯމެއް މިޕުލެޓް ފޯމުގެ ބޭނުން އެންމެގިނައިން ހިފަނީ ޕީޕީއެމްގެ ކުދިން

    9
    3
  6. ޚޮކި

    ޤާސިމުބޮލަށް ނިހާނުމެން އެރިގެން އަވާމެންދުރު ދައްކަނީ! ނަހުލާ ވެސް ރަނގަޅުވާނީ ޖޭޕީއިން ވަކިވެ އިބޫއާއި ގުޅުނިއްޔާ އަދި އިބޫގެވެސް ތިންޖާގަ އިންނަވާނެ ނޫންތޯ؟

    10
    5
  7. އަލީ

    ސޭޓަކަށްނޭނގޭނެ ދެންވެސް މިމައުސޫމަކީ ކިހާވަރެއްގެ މީހެއްކަމެއް.

    14
    1
  8. ޢިބްރާޙިމް

    ހާލުގައި ޖެހުމުން އެހީވަނީ ކޮންމެ ފަހަރަޖުވެސް ގާސިމް، އެކަމަކު މަޤާމް ފެނުމުން ޤާސިމް ވަނީ މުޖުރިމަކަށް.. ކީއްކުރާނީ މާދަމާ މޮލެއް ލިބުނަސް އަރިހުގައި ތިބޭނީ މިގްރޫޕް ވިއްޔާ

    7
    1
  9. އަލީ

    މިމީހުންނަމީ ތެދުވެރި ކަމެއްނެތް މީހުން. ވަޒީފާ އާ ބޮޑު މުސާރައިގެ ބޭނުމުގައި ތިބޭ މީހުން.

    6
    1
    • މޮހޯ

      ދެންތިޔަބުނަނީ ދެދުވެރިބަޔަކީ ޕީޕީއެމުން ޖޭޕީއަށް ދިޔަމީހުންނޭތަ؟

  10. މީރާ

    އެހެނެމިހެއް ގެ ސަބަބުން މޮޑަތި ވަގާމުތަށް ލިބުނީމަ ކޮޅު ބަދަލު މިކުރާ މިހުން ނަށް އަމިއްލަ އަށް ވަޒީފާ އެއްވެސް ހޯދުމުގެ ގާބިލު ކަން ނެތީ ކަމަށް ބެލެވެނީ. މިއި ލަދު ވެތި ކަމެއް.

    6
    1
  11. ކާޕިޓްގުވަ

    ނާގާބިލް ކަމުން ސަން އައިލޭންޑް ޖީއެމް ކަމުން ވަކި ކުރި މީހެއް ތިޔައީ. ގައުމުގަ ހުރި މައްސަލަތަށް ހައްލުކުރަން އަންނަ ބަޔަަކަށް މުހިއްމު މީހެއްނޫން ތިޔައީކީ.

  12. ހުސެންް

    ގާސިމް ކީއްވެބާ މިކަހަލަ މީހުން ކާރިކުރަނީ. ގައިމު ގޮތްހުސްވެ މަގުމަތިވެފަ ހުއްޓާ ސަންއައިލެންޑުގެ މެނޭޖަރަކަށް ހަމަޖައްސާފަ ވެރިކަންލިބި ޖޭޕީގެ ސުލޮޓުގައި ސިންގަޕޫރުގެ ސަފީރަކަށް ހަމަޖައްސާފަ ދެން ޓޫރިޒަމް މިނިސްޓަރަކަށް ހެދީ. މިހާރު ތިންވަނަ ފަހަރަށް ސޭޓުގަޔަށް އެކަށިޖެހީ. މިފަދަ މީހުން ދެންވެސް ކާރިނުކޮށްބަލަ.

    2
    1
  13. ރަށުސޮރު

    މައުސޫމަށް އަދި ގައުމައް އެންމެފައިދާ ހުރި ނިންމުން

  14. މަގޭހިޔާލު

    މައުސުމަސްވެސް ބޭނުން ގޮތެއްނިންމޭނެ.. މައުސޫމުގެ ހިދުމަތް ގައުމަށް މުހިންމު މި ވަގުތަށް