ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

މިނިސްޓަރ މައުސޫމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މިއަދު ހަވީރު 16:00 ގައި ޖުމްހޫރީ ޕާޓީ ދޫކުރައްވާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީ ދޫކުރައްވައި ވަޑައިގެން މައުސޫމް ވަނީ އެޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އަށާއި ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން މެމްބަރުންނަށް ބޭއްވި ރަހުމަތްތެރިކަމުގެ ގުޅުމަށް ޝުކުރު އަދާ ކުރައްވާފައެވެ.

މައުސޫމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ.

ޖުމްހޫރީ ޕާޓީން ވަކިވިކަން ހާމަކުރެއްވި ނަމަވެސް އެޕާޓީން ވަކިވެފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް މައުސޫމް ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓަރ މައުސޫމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ހިނގާ ދައުރުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރައްވަމުން އަންނަ ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާހަސަންމަނިކު

    މާބޮޑަށްވެސް ލަސްވެއްޖެ. އެއީ ޕާޓީއެއްނޫން... އެއީ ގޮޑުހޮވާ.

    12
    9
  2. ރައްޔިތު އާދަނު

    ެަރަނގަޅު ނިންމުމެއް! މަރުހަބާ

    3
    7
  3. ކޮރަލް

    ގާސިމް އަށް ޕާޓީގެ މިނިސްޓަރުންގެ ވެސް ތާއީދެއް ނެތެވެ. އެދިޔައީ އެވެ.

  4. އަވަށުމީހުން

    ކާންދިން އަތުގައި މިއަދު ތިދަތްއެޅީ.. މީހާ މިއަދު ތިމަޤާމްގައި ތިހުރެވުނީ ޤާސިމްގެ ޙަރަދުގައި ކިޔަވާގެން..

    16
    1
  5. ބުއްދި

    ކާން ދިން މީހަވެސް ވަކިނުވި

    16
    1
  6. ސަރަފަކައްދަ

    ހުރިހާ ޕާރޓީ އެއްގަވެސް މިޖެހުނު މައްސަލަ އަކީ ރަނިންގ މޭޓު ގެ މައްސަލަ. އެންމެ ރަގަލު ރަނިންގ މޭޓެއް މި ނެގުނީ އެކިޔާ ދަނޑި މަގު ޕާރޓީއަށް. ވ ވެދުން.

  7. ސުލައިނު

    ބަރާބަރު.

  8. އައްނި

    ބަލަ ޕާޓީގެ މަގާމެއްގަ ހުރިކަން ހަދާންނެތުނީތޯ މިވަގުތު ކެރޭނަމަ ރިވެތި ގޮތަކީ ވަޒީފާއިންވެސް އިސްތިއުފާދީފަ އަލުން މަގާމު ލިބޭނަމަ ހޯދުން

    1
    1
  9. މުގުރާން

    ގާސިމު ކިޔަވައިދީ ބޮޑުކުރީމަވެސް ކާންދިން އަތުގަ ދަތްތިޔައެޅީ.