ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

ޑރ. މައުސޫމްއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.

އެހެން ނަމަވެސް ދާދި ފަހުން އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

އަދި އޮގަސްޓް ހަ ވަނަ ދުވަހު އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

އޭނާ އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންނެވިއިރު ފޯމާއި ހަވާލު ވެވަޑައިގެންނެވީ ރައީސް ސޯލިހެވެ.

މައުސޫމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ.

މައުސޫމް ދުވަސްތަކެއް ކުރިން ވަނީ ޖޭޕީގެ ވަޓްސްއެޕް ގްރޫޕްތަކުން ނުކުމެވަޑައިގެންފައެވެ. އަދި ފަހަކަށް އައިސް މައުސޫމް ވަނީ ޖޭޕީގެ ހަރަކާތްތަކުން ވެސް ދުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވަށްޑެ

    ޗޯރަށް މިފަހަރު މަކަރުކީއްކުރަން ވޯޓުއަންދަންވެސް ނުކެރޭނެ މިފަހަރު މުޅި ގައުމު މުއިއްޒަށް މިއީ ޔާމީނު ހަށްޔަރުކޮށްގެން ގެންގުޅޭތީ ޗޯރަށް ލިބުނު އިއާދަނުކުރެވޭވަރުގެ ގެއްލުމެއް މިކަން މިހެންވުމުން ދުރާލާ ރާވައިގެން ޗޯރު މިގައުމުދޫކޮށް ފިލާނެ މިއީ ތާރީހު ލިޔެވޭނެ ބޮޑު ވާހަކަޔަކަށް ވާނެ އިންޝާ ﷲ ލައިވުކޮށް ފިލާގެންދާތަން ބަލާނަން.

    31
    1
  2. Anonymous

    މި ދިވެހި ވަޠަން ދެކެ ލޯބިވާ އެއްވެސް މީހަކު އިބުރާހިމް މުހައްމަދު ޞޯލިހު އަކަށް ވޯޓު ނުދޭނެ،

    43
    2
  3. ޙިންނަބެ

    ކީހާޅެން ފަރިއްސަވެ ނިމުނީ ތިމާ މިހިސާބަޢް ގެނާ މީހާގެ މަތިން ހަދުމަނެތި ހަމަގައިމު ތިޔަ ވަޒީފާއެއް ދެން ނުލިބޭނެ އިންޝާﷲ

    30
  4. ހަސަނާ.....

    މާދަމާ އިވޭނީ ނަހުލާވެސް މޑޕ އައްސޮއިކުރިހަބަރު ކަންނޭގެ ކޮންމެއަކަސް ފައިސާއައްބޫތުކައިފަ ތިބި ބައެއް..

    25
  5. އއ

    ޑީ.އާރް.ޕީ ފުނޑުފުނޑުވެ ޖަގަހަގަނޑުގައި ރާޒުވާކުޅުންނޫން އެހެންކަމެއްނެތި އިންދާ، ގެންގޮސް ބޮޑު ވަޒީފާއެއްދީ، އެއަށްފަހު މިނިސްޓަރ ކަމަށް އެންޑޯޒް ކޮށްދިން މީހާ، ރައީސްކަމަށް ކުރިމަތިލައިގެން ކެމްޕޭން އެހާ ފަނިކޮށް ގޮސްގޮސް ހުއްޓައި، ކާންދިން އަތުގައި ދަތްއަޅާފައި ތިޔަ ބެޗީިދޯ؟

    26
  6. ރިލޭ

    ގާސިމަށްވެސް ތި ރަހަތަފާތު ކުރުން އެނގޭނެ ‘ ދަންނާނެ ،،،،

    23
  7. ލައިޓް

    މަރުހަބާ ޑރ މައުސޫމް މުހިންމި ޤައުމު!

    14
  8. ސަރަފަކައްދަ

    ކުދިންނޭވެ! އަފިރިން ކުޅިބައި މިއަތުރާލަނީ އިނބަމެން ހީނުކުރާ ގޮތަށެވެ. ޕޕމ އެއް މޑޕ އެއް ކިޔާނެ ކަމެއް ނެތެވެ. ނަތީޖާ މިފަހަރު ހުރިހާ ވެރިންނަށްވެސް ވަރަށް ހިތިވާނެކަން ޔަޤީނެވެ. ސަބަބަކީ ޤައުމުގެ ރައްޔިތުން ތިބީ ޤައުމުގެ ވެރިންދެކެ ބޮޑު ތަނުން ފޫހިވެފައެވެ.

  9. މޕ

    ތިއީ ޖޭޕީގެ ކުނިބުނިތައް

  10. ހަގީގަތް

    ތީ މިހާރުވެސް އެމްޑީޕީ ސަރުކާރު މީހެއް ޖޭޕީން ވަކިވިތާ ދުވަސް ވެއްޖެ މަގާމުގެ ދަހިވެތި ކަމުގައި

    11
  11. ދިވެހި ޒުވާނާ

    މަރުހަބާ ޑރ. މައުސޫމް. ބަރާބަރު ނިންމުމެއް. އަޅުގަނޑުމެން ޒުވާނުން މިތިބީ ފަހަތުގައި. ކުރިއަަށް ބާރަށް ކުރިއަށް!

    1
    14
  12. Anonymous

    ކީއްކުރާ ސޮޔެއް. މި 5 އަހަރުވެސް އެމްޑީޕީ ވެގެން ހުރީ. ބަތްކަތްކާ ކުޅި.

    10
  13. އައްނި

    ގައުމައްވުރެ މަގާމު ބޭނުނެމީހުން ފެނޭތޯ ޕާތީގެމެމްބަރުން ތިވަރުގެމަގާމެއްހޯދަ ދިނީމަ ކޮބާތޯލަދު މިކުޑަވަގުތުކޮޅުގެބޭނުން ނަހަމަގޮތުގަ ތިޔަބޭނުންކުރީ

    10
  14. ޔ

    ޢައްޑޫ މީހުންގެ ޖީބުތައް ޕައުންޑުން ފުރާ ނިމުނީތޯ

    10
  15. އާދަނު

    ކެރިޔަރ ނިންމާލަން ރަގަޅުގޮތްގޮތް ތިޔަހުންނަނީ! ބޯގަޅި

    10
  16. ސަނާ

    ތަޢުލީމީގޮތުން ރެވިއޮށްޓަރެއްގެމިންވަރުވެސް ނެތް ، ދިވެހިބަހުން ވާހަކަދައްކާއިރު ކޮށައިބޮށައި ބަސްވަކިކޮށް ވާހަކަދައްކާ އެހެންބަހަކުން އެއްވެސް އެއްޗެއްބުނެލަން ނޭގޭ ސަންގޯރަކު ދިވެހިރާއްޖެފަދަ ޢިލްމީ ކުލަވަރު ގަދަ ޤަވްމެއްގައި ވެރިޔަކަށް ބަހައްޓަން ރުހޭނީ ހާދަހާ އަންބޮޑި ބުޮޑުކުރަން ބޭނުންވާނޭ މީހެކެވެ. މިސާލަކަށް ޢިމްރާނޫ ޢިޔާޒޫ ޒައިދޫ އިލްޔާސޫ ފަދަ ދީންވިއްކާ މީހުންނެވެ. މި ިސްމީހުންނަށް ރަގަޅުވާނީ މި މީސްމީހުން ބޭނުންގޮތެއް ހެދޭ ތަންދޮރު ނުފިލައިހުރި ގަމާރަކު ވެރިކަމުގައި ހުރީމައެވެ.