މިނިވަން ކަމަކީ އެ ގައުމެއްގެ ރައްޔިތުންގެ ކެރި ފޯރުންތެރިކަން ކަމަށް ޓޫރިޒަމް މިނިސްޓަރު މައުސޫމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރާ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތޯބެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މިނިވަން ކަމަކީ ގައުމަކަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

"މިނިވަން ކަމަކީ ކޮބާތާ ކުރާ ސުވާލަށް ތަފާތު ބަހުސްކުރެވޭ. އެހެން ނަމަވެސް އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ މިނިވަން ކަމަކީ އަޅުގަނޑުމެންގެ ކެރި ފޯރުންކަން. ގައުމެއްގެ ގޮތުގައި ފަރުދީ ގޮތުގައި ކެރިފޯރުންކަން." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އުންމީދަކީ މާތް ﷲ ގެ މިންވަރުފުޅާއެކު ކުރިއަށް އޮތް އަހަރުތަކުގައި އަބަދަށް ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ލެހެއްޓެވުން ކަމަށެވެ.

ގިނަ އަހަރުތަކަށް ފަހު ފަހުގެ ތާޜީހެއްގައި އެންމެ ކުލަ ގަދަކޮށް ފާހަގަކުރާ މިނިވަން ދުވަހަކަށް މި އަހަރުގެ މި ދުވަސް ވެގެންދާނެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ކުރިއަށް ގެންދާ އެކި ހަރަކާތްތައް މި މަހު 26 އިން ފެށިގެން އަންނަ މަހު 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިނިވަން ދުވަސް ފަށާފައިވަނީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުން ނެވެ. އަދި އެއަށް ފަހުގައި މިއަދު ހެނދުނު ގައުމީ އިނާމު ދިނުމުގެ ޖަލްސާ ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިރޭ ގަލޮޅު ދަނޑުގައި ސްކޫލް ކުދިންގެ އައިޓަމްތަކާއި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވާނެއެވެ. އަދި މި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑު ބާއްވާއިރު، އަދި އެ ރޭ މަޖީދީ މަގާއި ސޯސަން މަގާއި މެދުޒިޔާރަތް މަގުގައި އަދި ހުޅުމާލޭގައި ފުޅަނދުބުރު ދުއްވުން އޮންނާނެއެވެ.

28 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދު ބުރުތައް ދައްކާލުން އޮންނާނެ ކަމަށެވެ. އަދި އެރޭ ހަވާ އަރުވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވަދު

    ކޮބާ ކެރިފޯރާފަ... ކޮންމެކަމެއް ކުރަންވެސް ލޯނު ނަގަންޖެހިފަ މިއޮތީ. ދެން

  2. ރަންނަ

    ބައްލަވާ ތިކަމެއްއޮތީ ސިޔާސީ ވަގުންނަށޭ. އާމު ރައްޔިތުން ހާނާވަނީ

  3. ގެރި މޯދީ

    މިގައުމުގެ އިގްތިސާދު ފުނޑާލާ، ގެރި އިންޑިޔާގެ އަޅުވެތިކަމަށް ރާއްޖެ ވައްޓާލަން ތިއުޅެނީ އެހެންވެ

  4. ހުސޭނުބޭ

    ކޮބައި އައްޑޫ މީހުން ޖީބަށް ޕައުންޑް ވަދެ ފުރުނީތަ؟

    3
    1