"ވަގުތު އޮންލައިން" ގެ ވެބްސައިޓުން ސްޕޮންސަރުންނަށް ދޫކޮށްފައިވާ ބައެއް "ޕޮޕްއަޕް" އިޝްތިހާރުތައް ވަގުތީގޮތުން ނަގާލުމަށް ނިންމައިފިއެވެ.

"ވަގުތު" އިން މިގޮތަށް ނިންމާފައި ވަނީ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅޭ ޚަބަރުތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިއުމުގައި ފަސޭހައެއްގެ ގޮތުންނާއި، މިކަމާއި ގުޅުން ހުރި ޚަބަރުތަކުން މި ދަނޑިވަޅުގައި ވަގުތީގޮތުން "ޕޮޕްއަޕް އެޑް" ނަގައިދިނުމަށް ގިނަ ބަޔަކު އެދެމުން ދާތީއެވެ.

"ވަގުތު"ގެ ބައެއް އެޑިޝަންތަކުން ސްޕޮންސަރުންނަށް ދޫކޮށްފައިވާ "ޕޮޕްއަޕް" އެޑްތައް ނަގާފައި ވަނީ އެފަރާތްތަކާއި ވާހަކަ ދެކެވި، ސްޕޮންސަރުން އެގޮތަށް އެއްބަސްވެފައި ވުމުންނެވެ. މިކަމަށްޓަކައި "ވަގުތު" އިން އެ ހުރިހާ ސްޕޮންސަރުންނަށް ޝުކުރު އަދާކުރެއެވެ.

ކޮވިޑް-19 އާއި ގުޅުންހުރި ޚަބަރުތައް ކިޔުންތެރިންނަށް ފަސޭހަކަމާއެކު ކިޔޭގޮތް ހެދުމަށް "ޕޮޕްއަޕް" އެޑް ވަގުތީ ގޮތުން ނަގާލާފައި ވަނީ ކުއްލި ޚަބަރުތަކުންނާއި، ރާއްޖޭގެ ޚަބަރުތަކުން އަދި ދުނިޔޭގެ ޚަބަރުތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ތުނިޔަ

  ވަރަށް ތަނގަޅު ނިންމުމެއް! އަވަހަށް ޚަބަރު ކިޔާލަން ބޭނުންވާ ފަހަރުވެސްތިޔަކާހެދި އުނދަގޫ...ޝުކުރިއްޔާ ވަގުތު

  96
  1
 2. ޝުކުރީ

  ރަނގަޅު ނިންމުމެއް! ވަރަށް ގިނަމީހުންނަށް ތިޔަކަމާއި ހުރެ އުނދަގޫވޭ! ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

  50
  1
 3. ޢަލީ

  ގިނަމީހުން ތިޔަކަމާއި ހުރެ ވަގުތު ނޫސް ކިޔަންވެސް ފޫހިވާ ވާހަކަ ބުނޭ!

  69
  1
 4. ނަރެލް

  ބޮލާތުރާވާތީ އެތައްދުވަހަކު ނުވަދެހުރެ އަނެއްކާވެސް ވަގުތުނޫހަށް ވަންނަންފަށައިފިން ރަނގަޅު ނިންމުމެއް

  50
 5. ލޮކްޑައުން

  ތޭންކްސް. އެކަމަކު އަދިވެސް ލަންޒާ ކޮފީގެ ޕޮޕްއަޕް އާދޭ

  39
  1
 6. ބަކުރު

  ޝުކުރިއްޔާ

  26
  1
 7. ކޮތަރު

  ތިޔަ ސަލާމަތްވީ ވަރަށް ބޮޑު އުނދަގުލަކުން.

  47
 8. ވަގުތު

  kamudA އެއްޗެއް nUnq ޕޮޕްއަޕް އަކީ

  23
  1
 9. ރިޟާ

  ނޫނޭ އަދި ނުވޭ ނަގާކަށް.. އިޝްތިހާރުކުރަން ވަކި ބައެއް ޚާއްސަ ކުރަންވީނު. ބައެއް ފަހަރު ރުޅިވެސް އާދޭ

  40
  2
 10. ސާބަސް

  ???

  24
  1
 11. ދޮންބެ

  ޝުކުރިއްޔާ

  19
 12. އައްޑޫ ލެއި

  ވަގުތު ނޫހަކީ އަބަދުވެސް ވަރަށް ށައުގުވެރި ކަމާ އެކު ކިޔާ ނޫހެއް. އެކަމަކު ތިކަމަކާޖެހި ބައެއްފަހަރު ހިތަށް އަރާ............... މިހާރު ނޫސް ކިޔަން ތަންކޮޅެއް ބޮލަށް ފަސޭހަ އެކަމަކު މަލޫމާތު އެންމެ އެދެވޭ ގޮތުގަ ތާޒާ ކަންމަތީ ގެނެސްދެނީ ވަގުތު ނޫސް

  36
  2
 13. މާވަޑިބޭ

  ތީ ވަރަށް ރަނގަޅު ކަ މެއް... ތި އިސްތިހާރު ތަކާހެދި ހަބަރު ކިޔަންވެސް ފޫހިވާ ފަހަރު އާދޭ.. ވަގުތު ޓީ މަށް ވަރަށް ޝުކުރު ???