މާލެ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުންނާއި ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތްދޭނެ ގަޑިތައް ފުލުހުން ހާމަކޮށްފިއެވެ.
މާލެ ސަރަޙައްދުގައި ޑެލިވަރީގެ ޚާއްސަ ގަޑިތަކެއް ކަނޑައަޅާފައި މިވަނީ، އިއްޔެ މާލެއިން ކޮވިޑް-19 ފެނި، މި ވައިރަސް މާލޭގައި ފެތުރެމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގެ ސިއްޙީ އެލާޓް ރަތަށް ބަދަލުކޮށް، މި ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެންނެވެ.
ފުލުހުން މިރޭ ކަނޑައަޅާފައިވާ ގަޑިތަކާއި އެކު، ފުރަބަންދުގެ މުއްދަތުގައި މާލެ ސަރަޙައްދުގައި ޑެލިވަރީގެ ޚިދުމަތް ދެވޭނީ ކޮންމެ ދުވަހަކުވެސް 11 ގަޑިއިރަށެވެ.
ފުލުހުން މިރޭ ނެރެފައިވާ ޑެލިވަރީގެ ގަޑިތަކަކީ، ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، މެންދުރުފަހު 15:00 އިން އިރުއޮއްސި 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އާއި ހަމައެވެ.
Food and shop delivery timings:
0900 - 1400hrs
1500 - 1800hrs
2000 - 2300hrs #COVID19Maldives— Maldives Police (@PoliceMv) April 15, 2020
މާލެ ފުރަބަންދު ކުރުމާއި ގުޅިގެން، ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދެއްވާ ފަރާތްތަކަށް އެކަމުގެ ޚާއްސަ ހުއްދައެއް ދޫކުރުމުގެ އިންތިޒާމް ފުލުހުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ޑެލިވަރީ ކުރުމަށް ކަނޑައަޅާފައިވާ ވަގުތުތަކުގައި ޑެލިވަރީ ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލާފައެވެ.
މި ހުއްދަ ހޯދުމަށް އެންއީއޯސީގެ ނަންބަރު 3034444 އަށް ގުޅުމުން އެކަމުގެ އިންތިޒާމުތައް ހަމަޖެހޭނެއެވެ. މީގެ އިތުރުން ޑެލިވަރީތަކަށް ބޭނުންވާ ފާސް، ފުލުހުންގެ އީމެއިލް، [email protected] މެދުވެރިކޮށް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މާލެ ސަރަޙައްދުގެ އެލާޓް ލެވެލް މަތިކޮށް، ފުރަބަންދު އިއުލާނުކޮށްފައި ވަނީ އިއްޔެ މާލެ އިން ކޮވިޑް-19 އަށް ދިވެހި އަންހެނަކު ފައްސި ވުމާއި ގުޅިގެންނެވެ. މިއާއެކު އިދާރާތަކުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާއިރު، އޭނާ އާއި ބައްދަލުވެފައިވާ މީހުންގެ ތެރެއިން އިތުރު ދެ މީހަކު މިރޭ ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އޭގެތެރޭގައި އެ އަންހެން މީހާގެ އުމުރުން 2 އަހަރުގެ ތުއްތު ދަރިފުޅުވެސް ހިމެނެއެވެ.
ޑެލިވަރީ ކުރާނެ ބަޔަކު ނެތޭ.. 10 ވަރަކަށް ފިހާރައިން މުޅި މާލެއަށް ޑެލިވަރ ކުރެވޭތަ؟ ތައްޔާރުވާން ވަގުތު ލިބި ރައްޔިތުން ގުބޯ ހައްދާފަ ބޭރުގަ ތިބި މީހުން ގެނެސް މާލެތެރަށް ދޫކޮށް، ރައްޔިތުން ނުރައްކަލަށް ހުށަހެޅީ. މަ މެން ތިބޭނަން ރައީސް ގެ ކަރުނައިން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިހްސާސްތައް ފޯކޮށްގެން. ބަޑަށް ކުޅެއް ޖަހައިގެން
ކޮބާ ޑެލިވަރީ؟
ފޯނެއް ނުނަގާަ އެއެވެސް ތަނަކުން އެއްގަނޑިއިރު ވެއްޖެ ގުޅާތާަ ?