އިދިކޮޅު ފަރާތްތަކުން ކެންޑިޑޭޓަކު ކަނޑައަޅައި އިއުލާންކޮށްފައި ނުވާތީ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އިދިކޮޅު މުޒާހަރާތަކުގެ އެންމެ ކުރީގައި ހަރަކާތްތެރިވާ ނައީމާއްތަ ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ވެރިކަން ކުރާ ކޯލިޝަނުން ރޭ ތ.ވޭމަންޑުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓަކަށް އެމްޑީޕީގެ ތެރެއިން އެންމެ އެކަށީގެންވަނީ ނައީމާއްތަ ކަމަށެވެ.

"ވޭތުވެ ދިޔަ ދުވަސްތަކުގައި އެންމެ ގިނަ ސިޔާސީ މަސައްކަތްތައް ކުރެއްވީ ނައީމާއްތަ. އެހެން ކަމުން އަވަހަށް ނައީމާއްތަގެ ނަން ފޮނުވަން ޖެހޭ" މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު ރޭ އިދިކޮޅު ފަރާތް ތަކުން އއ ރަސްދޫގައި ބޭއްވި ޖަލްސާގައި އިދިކޮޅު ކެންޑިޑޭޓެއް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެ ކެންޑިޑޭޓަކީ ގުޅިފައިވާ ޕާޓީތަކުން ސަޕޯޓްކުރާ އެއް ކެނޑިޑޭޓަކަށްވެގެން ދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ވިދާޅުވެފައެވެ.

އިބޫ ވިދާޅުވީ، އިދިކޮޅު އެއް ކެނޑިޑޭޓެއް ހުންނާނެ ކަމަށާއި ރައްޔިތުން ކުރަންވީ ކަމަކީ އެ ކެންޑިޑޭޓަށް ވޯޓު ދޭން ތައްޔާރުވުން ކަމަށެވެ. އަދި ވައްކަމާއި އަނިޔާވެރި ކަމަށް ފާޅުގައި ނޫނެކޭ ބުނުން ކަމަށެވެ.

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު އިދިކޮޅު ފަރާތް ތަކުގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން " ވަގުތު" ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ ރަހީމް ވިދާޅުވީ އިދިކޮޅު އޮތީ ވަރަށް ބޮޑަށް ރޫޅި ބައިބައިވެފައި އެބޭފުޅުންގެ ވަކި މިސްރާބެއް ވަކި ލީޑަރެއް ނެތް ކަމަށެވެ.

"އިދިކޮޅު އެއްވެސް ޕާޓީއެއްގައި މިވަގުތު ލީޑަރެއް ނެތް , އިދިކޮޅު އެމްޑީޕީގެ އަދި ޖޭޕީ , އަދާލަތު ޕާޓީގަވެސް ލީޑަރެއް ނެތް ,އިދިކޮޅުގައި އިސްކޮށް ތިއްބެއްވި ބޭފުޅުންގެ ތެރޭގައިވެސް މިވަގުތު ވަނީ ބައިބައިވުން އުފެދިފައި, ރިޔާސީ ޓިކެޓާ މެދު އެބޭފުޅުންގެ ތެރޭގައި ދަނީ ކޯޅުން ބޮޑުވަމުން " އަދުރޭ ވިދާޅުވިއެވެ.

އަބްދުﷲ ރަހީމް ވިދާޅުވީ ރިޔާސީ ޓިކެޓް ބޭނުން ނުވާ ހަމަ އެކަކުވެސް އިދިކޮޅުގައި ނެތް ކަމަށާއި , އިދިކޮޅުން ނެރޭން އުޅޭ ކެންޑިޑޭޓުން އަކީ އިންތިހާބުގެ ގާނޫނީ ޝަރުތު ހަމަވާ ބައެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޖިންނި

  އަނެއްހެން ގޯހެއްނޫން !

 2. ސޯލިހު

  ނައީމާއްތަ ކުރިމަތިލާނެކަން އިއުލާނު ކުރާއިރަށް އެމްޑީޕީން ބޭރުކުރާނެ.

 3. އާނިލް

  ހާދަ ބިރެއް ގަނެއޭ އިދިކޮޅު ކެންޑިޑޭޓް ދެކެ.

  • Anonymous

   އެހެންތާވާނީ މިގައުމުގެ ދީން ފުނޑާލަން އަންނަ އިބިލީހެއްވީމަ

 4. ށަމްސު

  މޫސައެއްކަމަކު އެދިނީ ސަޅި އައިޑިއަރެއް.

 5. ބޮކި ބޮކި ބޮކި

  ދެން ކަލޯދޯ އޭނާގެ ނައިބު އަކަށް ވާނީދޯ...

 6. ޢަލީ

  ޕީޕީއެމް ގެ ކެންޑިޑޭޓަކަށް މަރްޔަމް ނިސާ ކިހިނެެއް ވާނެތޯ؟

  • Anonymous

   ޕީޕީއެމްގެ ކެންޑިޑޭޓަކަށް ރ.ޔާމީން ނަންފުޅު މިއަހަރު އޮތީ. ތިކަމާ ވިސްނާނީ 2023 އަށް ރ.ޔާމީންގެ 2 ދައުރު ނިމުމުން. އިންޝާﷲ

 7. އަޙްމަދް

  މޫސާމަނިކެއްކަމަކު މިފަހަރު ތިކުރީ ފިސާރި އެކަށީގެންވާ މަލާމާތެކެވެ.
  "ސަޅި"

 8. ޖޮއްބެ

  ބަލަގަ ނެރޭނެ މީހަކު ނުވީތަ...؟

 9. Anonymous

  ޕާޓީގެ ހަރަކާތްތަކުގައި އެންމެ ގިނައިން އުޅުއްވާ ޒުންބާ ކްލާސްތައް ލީޑު ކުރެއްވި ބޭފުޅާއަށް ވީމަ ނައީމާއްތައަށް ރިޔާސީ ޓިކެޓް ހަމަ ހައްގު.

 10. Anonymous

  މޫސަ ތިކޮށްދެއްވީ ވ.ބޮޑު ހެޔޮކަމެއް. 3 ޕާޓީވެގެން އެއުޅެނީ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާ ޕްރައިމަރީ ވެސް ނުބޭއްވިގެން. ނައީމާއްތަވެސް އޯކޭނު.

  • ހުސޭނުބޭ

   މޮޔަނުވޭ! ނައިމައްތައަށްވުރެ ސޭޓް އުމުރުން ހަގުވާނެ. 70 ގެ އަހަރުތައް ގުނާ ނައީމައްތައަށް ޓިކެޓް ދީގެން ސޭޓް ނުހުންނާނެ.

 11. Anonymous

  މޫސާ މަނިކު އަށް ވުރެ ރަންގަޅު ވާނެ ނައީމާއްތަ ވެސް ހިތުން ތިޔަހެން މަލާމާތް ކޮއްލާނަމޭ ހިތުގަ އޮތަސް