ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ފުރަބަންދު ކުރުމުން ވެސް މަގުމަތީގައި އުޅޭތީ ފުލުހުން މިހާރު މީހުން ހައްޔަރު ކުރަން ފަށާފައި ވާއިރު މިނެޓަކު ހަތް މީހުން ދަނީ ހައްޔަރު ކުރަމުން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ މަގުމަތީގައި އުޅެގެން 20:30 އިން ފެށިގެން ފުރަތަމަ ހަތް މިނެޓްގެ ތެރޭގައި 77 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި ބިދޭސީންނާއި ދިވެހިންގެ އަދަދު ވަކިން ވިދާޅެއް ނުވެއެވެ.

މަގުމަތީގައި އުޅޭ މީހުން ހައްޔަރު ކުރަން ފަށާފައި މިވަނީ މަގުމަތީގައި އުޅޭ މީހުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު މިރޭ 20:15 ހާއިރު ފުލުހުން ދިނުމަށް ފަހުއެވެ.

ބުދަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުމާއި އެކު މާލެ ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ބުދަ ދުވަހުގެ މެންދުރުފަހު 15:30 އިން ފެށިގެން މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާކޮށްފައި ވީނަމަވެސް ގިނަ އަދަދެއްގެ ބަޔަކު މަގުމަތިން ފެނެއެވެ. އަދި ފިހާރަތައް ކައިރީގައި ގިނަ ބަޔަކު ކިއު ހަދައިގެން ތިބޭ މަންޒަރު ފެނިފައި ވެއެވެ.

ފުލުހުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އާއްމުން އެއްބާރުލުން ދެއްވާ ގޭގައި ތިބުމަށް އެދިވަޑައިގެންފައެވެ. މަގުމައްޗަށް ނިކުންނަ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރަންށާއި އަދި ދެވަނަ ފަހަރަށް މަގުމައްޗަށް ނިކުމެއްޖެނަމަ ޖިނާޢީ ދައުވާ ކުރަން ފުލުހުން ވަނީ މިހާރު ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދުން ތަރި

  ފުލުހުން ޖުރުމަނާކޮށް ދަޢޫވާކުރަން ބުނާއިރު ނިކަމެތި ރައްޔިތުންގެ އަސާސީ ބޭނުންތައް ގޭގަ ތިބެގެން ފުއްދޭނަމަ އޯކޭ އެކަމަކު މީގެ ކުރިން ގޮވީ ތަކެތި ގަނެ ގެއަށްނުވައްދާށޭ ބޭނުން ވަރަކަށް ތަކެތި ލިބޭނޭ އެކަމަކު ފިހާރަތައް ބަންދު ގެއިން ބެރަށްނުތުންމަނާ ނުކައި ނުބޮއި ތިބެ ބަނޑަށް މަރުވާންވީތޯ؟ ބޭރަށް ނުކުންނާކަށް ބޭނުމެއްނޫން އެކަމަކު ބަނޑުހައިހޫނުކަން ބޮޑޫވީމަ ތުއްތު ކުދިން ބަނޑުހައިވެގެން ރޯއަޑު އަހާކަށް ހިތަކަށް ކެތެއްނުވާނެ އެކަކަށްވެސް

  31
  21
 2. Anonymous

  ބަރާބަރު?

  15
  4
 3. ކާސިމު

  މަގުމަޢްޗަށް މީހުން ނިކުންނަނީ ދެވަނަ ގޮތެއް ނުފެނުމުން!ފުލުހުން ބަންޑާރަ ކޮއްތު ކައިގެން ތިބެ މީހުން އަތުން 1000ރުފިޔާ އަތުލައިގެން ކާއެތިކޮޅު ގަނެދޭންވީނުން! ބަޔަކު ހޭވި ހަޑިއަށް އަދަބު މިލިބެނީ ރައްޔިތުންނަށް! ތިޔަބަލިފަތުރާ 200މީހުން ގެންގޮސް ކަރަންޓީނު ފެސިލިޓީތަކަށް ވައްދަން ވީނުން! ނުކެރޭނެ އާއިލީ ކުދިން!

  28
  19
 4. ށަކަިިލިަ

  ހައްޔަރުކުރާ ބިދޭސީން ޑީޕޯޓު ކޮށްލާ

  8
  17
  • ޑީޕޯޓް

   ޑީޕޯޓް ކުރަނީ ކޮންތާކަށް! ސޯމާލިޔާ ސޫރިޔާއިން ފޮނުވާލާ ގޮތަށް ދާނެ ގައުމެއް މިތާ ކާރިޔަކު ނެތް. އިންޑިޔާ އާ ކާރި ކޮށްފިއްޔާމު އެއިގެ 10 ގުނަ މިކޮޅަށް ފޮނުވާނެ!

 5. އަދާލަތު

  ސާބަސް ދިވެހި ފުލުހުން. އަޅުގަނޑު ކަ މުގައިވިޔަސް ތިޔަ އަ މުރު ތަންފީޛު ކޮށްދެއްވު މަށް އިލތި މާސް ކުރަން.

  21
  5
 6. އަދާލަތު

  ސާބަސް ދިވެހި ފުލުހުން. އަޅުގަނޑު ކަ މުގައިވިޔަސް ތިޔަ އަ މުރު ތަންފީޛު ކޮށްދެއްވު މަށް އިލްތި މާސް ކުރަން. ތިޔައީ އަޅުގަނޑު މެންގެ ބަލަދުވެރިން.

  16
  8
 7. ފާ

  ވަގުތުން ފިޔަވަޅު އަޅާ ނިކުންނަ މީހުންނަށް ކެތްތެރިވާން ނޭންގެތީތަ ތަންކޮޅެއްބޮޑުވަރު

  21
  9
 8. ރަޝީދު

  ކަންކަން ކުރަން އޮންނަ ގޮތާއި ޚިލާފަށް ސަރުކާރުން ކަންތައް ކުރާތީ މަގުމައްޗަށް ގިނަމީހުން ނިކުންނަނީ
  ޕޮލިހުންވެސް އަދުލު އިންސާފަށް ލޯބިކުރާނަމަ ރަނގަޅު

  22
  17
 9. ނަސޭހަތް

  ރަށު މީހުންގެ މަލާމާތައް ބެލުމެއް ނެތި ކޮންމެވެސް ވަރަކަށް އެއްޗެހި މާލެއިން ގެނެސްފަ ރައްކާކުރީ. ތުއްތު ކުދިންގެ ޒަރޫރީ އެއްޗެއްސާ ރޯދަމަސް އަންނާތީ ކާޑު. އަލްޙަމްދުލިﷲ... މިހާރު ނުޖެހޭ ފިހާރަ އައް ތޮއްޖެހެން ދާކަށް. މަލާމަތް ކުރި މީހުން ތައް އެއްޗެހި ނުލިބިގެން ތެޅިފޮޅެނީ... ހަމަ ވިސްނުމުން ވިސްނާލިޔަސް އެންގޭނެ ދޯ ފިހާރަތަކުގަ މުދާ ހުއްޓަސް ސަރުކާރަށް ކިހިނެއް ހުރިހާ ކަމެއް އެންމެ ފުރިހަމަަ އައް ކޮއްދެވޭނީ. އަނެއްކާ ބަލި ފެތުރެންޏާ ޑެލިވާރީ ވެސް ސޭފް އެއް ނޫން. އެއްޗެހި ގަނެވެން އޮތް ދުވަހު ނުގަތީމަ ދެން ޖެހޭނީ ކެތްތެރި ވާން.

 10. މުޙައްމަދު

  ފުރަތަމަ ފަހަރު އެއްތެޔޮގަނޑުން 10 ފަހަރު 2 ވަނަފަހަރު ދުއްރަ އިން 10 3 ވަނަފަހަރު ދުއްރައިން 100 އޭރުން އޮންނާނީ ގޭގަ

 11. ދެރަ

  ކުރީބައިގާ އެއްޗެހި ނުހޯދަން ބުނި އެކަކުގެ ވެސް މިހާރު އަނގަ އެއް ނުހުޅުވައެންނު... އެމީހުން ރައްކާ ނުކުރާ ކަމެއްވެސް ނޭނގެ. ފުރަތަމަ ދުވަހު ވެސް އެމީހުންގެ މުނާފިގު ކަން ވިސްނާަލިނަމަ.

 12. ދުއްރާ

  ޖުރުމާނާއަކީ ހައްލެއް ނޫން. ބަންދުކުރުމަކީ ހައްލެއް ނޫން. ބަޔަކު ބަންދުކޮށްގެން ޖުރުމާނާކޮށްގެން ޖަލަށްލައިގެން ކަމެއް އިސްލާހުވާނަމަ މިހާރު ކިތަންމެ ބަޔަކު އިސްލާހުވެދާނެ. ޖަލަށްލާމީހާ ތަކުރާރުކޮށް ކުށްގެން ހަތްދިހަ ފަހަރު ޖަލަށް މިލަނީ އެހެންވެ. ހައްލު އޮތީ މައްސަލަތަކުގެ ހައްލު އޮތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަތްމަތީގައި. މިރާއްޖޭގެ ކޯޓުތަކުގައި ދުއްރަ ކިޔާ އެއްޗެއް އޮންނާނެ. އެއަށް ބާރު ދީފައި އޮތްއިރު ތިބީ މައިތިރިކޮށް. މިހާރުވެސް އެއަށް ބާރުދީ. އިސާހިތަކު މައިތިރިވާނެ.

  2
  1
  • ތެދު

   ސިންގަޕޫރު މައިތިރިވެފައި އެ އޮތީ އެހެންވެ. ދެފަށް އެތްތެލުން ތެޅުން މިހާރުވެސް އެތާނގެ ގާނޫނު ހުއްދަކުރޭ.

 13. ސަންގުމަރުމަރު

  ދިވެހިންގެ ވިސްނުން މިހަަރު ވަނީ ބަދަލުވެފަ ދިވެހިންގެ ގިނަ މީހުންނަށް މިހާރު ވިސްނެނީ އެއްވެސް ކަމެއްގަ ބިރުގަންނަން ނުޖެހޭކަމަށް ހުރިހާ ކަމެއްގަ ބިރު ފަހަނަޅާ ދިޔައީމަކަން ތިމާގެ ގަޓު ހުރިކަން އެހެން މީހުންނަށް ދެއްކޭނީ. ހުރިހާވެސް މޮޅަކީ ދެއްކުން ދުނިޔަވީ ތެރިކަން. އެކަމު މިއީ ޙަޤީޤަތުގަ ޤަލާގަދަރަށް އީމާން ނުވުން.

  މި ވިސްނުން ދިވެހިންނަށް ދަސްކޮށްދިނީ ކާކުތޯ އެންމެން ވިސްނާލަން ޖެހޭ. ކާކުގެ އަވާގަ ޖެހިގެންތޯ އިސްލާމްދީނާ ދުރަށް މި ދެވެނީ.

  ﷲ ހުރިހާ މީސްތަކުންނަށް ސަލާމަތާ ރައްކާތެރިކަން ލައްވާށި. އާމީން