ރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ބަންގްލަދޭޝް އިން ރާއްޖެ އަށް މެޑިކަލް ޓީމެއް ފޮނުވަން ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ހާމަ ކުރައްވައިފިއެވެ.
ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހި ދަރިވަރުން ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި މި މަހުގެ 20ވަނަ ދުވަހު ރާއްޖެ ގެނައުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީ އާއި ގުޅިގެން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
މިގޮތުން ރާއްޖެ އަންނަން ނޭޕާލުން އެދުނު 18 ދިވެހިން ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ އިން ބަންގްލަދޭޝްގެ ވެެރިރަށް ދާކާ އަށް މާދަމާ ދަތުރުކުރަން ހަމަޖެހިފައިވާއިރު، ބަންގްލަދޭޝްގެ އެކި ހިސާބުތަކުން ރާއްޖެ އަންނަން އެދުނު 51 ދަރިވަރުން ވެރިރަށް ދާކާ އަށް ގެނައުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
20ވަނަ ދުވަހު ރާއްޖެ އަންނަ މި ފްލައިޓުގައި ބަންގްލަދޭޝްގެ 10 ޑޮކްޓަރުން ހިމެނޭ ޓީމެއްވެސް ރާއްޖެ ފޮނުވަން ބަންގްލަދޭޝްގެ ސަރުކާރުން ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ. މި ޓީމަކީ ރާއްޖެ އިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމާގައި އެހީތެރިވުމުގެ ގޮތުން ފޮނުވަން ނިންމާފައިވާ ޓީމެކެވެ.
މިކަންކަން އިންތިޒާމް ކުރެއްވުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެ ފަހަރެއްގެ މަތިން ފޯނުން ގުޅުއްވައިގެން މަޝްވަރާތައް ކުރައްވާފައިވެއެވެ.
މި އެހީތަކުގެ އިތުރުން، ދާދި ފަހުން ރާއްޖެ އަށް 100 ޓަނުގެ އެހީގެ ތަކެތި ހިފައިގެން ބަންގްލަދޭޝުން ފުރި އެ ގައުމުގެ އަސްކަރީ މަނަވަރު މި ހަފްތާގެ ތެރޭގައި މާލޭގައި ބަނދަރު ކުރުމަށްވެސް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
?????????
ބަންގްލަދޭސްގައި ވަރަށް ބާރަށް ކޮވިޑް19 ފެތުރެމުންދަނީ. ތިޑޮކްޓަރުންގެ ޓީމް ޓެސްޓް ހަދާފަ ނަތީޖާ ނެގެޓިވް ކަން ޔަގީން ވަންދެން ކަރަންޓީނު ކޮށްފަ ބައިތިއްބަން ޖެހޭނެ.
ރާއްޖޭ ބައެއް މީހުން ބަގްލަދޭޝް މީހުންނާއި މެދު ހިތަނީ ހާދަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިހާނެތި ކޮންނޭ
ޝުކުރިއްުޔާ
ކީކޭތަދެންބުނާނީ އަނެއްކާ 51 މީހުން ގެންނަނީ ރައްޔިތުން ކަރަންޓީނުގަތިއްބަސް މިކަމުންއަރައިގަނެވޭނެތަ!؟؟؟?
އިންޑިޔާ އަށްވުރެ މާ ރަނގަޅުތާ ތިމީހުންވެސް ، އިންޑިޔާ އުޅޭނީ ދިވެހިން ފެލަން ގެރީގެ ކިރުފެލާހެން
ކޮބާތަ މާވަރުދައްކާފަ ނޫސްތަކުގެ ހެޑިން އައްއަރުވާލި ސާކުސަރަހައްދުގަ ކޮވިޑުފެތުރޭނަމަ ފޮނުވަންތައްޔާރުކުރި އަސްލަރީ ހޮސޕިޓަލް އިންޑިއާއިން 1 ރުފިޔާދިނިއްޔާ 10 ޑޮލަރު މިކޮޅުން ދަމައިގަންނާނެ މިގަުމައްލިބޭ ފައިދާ ގެންދަނީ ބޮޑުބައި އިންޑިއާ ވިޔަފާރިވެރިން..