ކޮވިޑް-19 ފެތުރެމުންދާތީ، ރާއްޖޭގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ އެނގުމާއި ޚިލާފަށް، ކެނޯއެއްގައި ހދ. ކުޅުދުއްފުއްޓަށް އެރި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި އުމުރުން 30 އަހަރުގެ ދިވެހި ދެ ފިރިހެނެއް ކަމަށާއި، އެދެމީހުން ކުޅުދުއްފުއްޓަށް ދަތުރުކުރީ ހދ. ނޮޅިވަރަމުން ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް، މި ދެމީހުން ކުޅުދުއްފުއްޓަށް އަރަން މަސައްކަތް ކޮށްފައި ވަނީ ހުއްދަ ނުހޯދައެވެ. މި ދެމީހުން ކުޅުދުއްފުއްޓަށް އެރީ އެރަށުގެ އެއާޕޯޓް ސަރަޙައްދުންނެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުން ކުޅުދުއްފުއްޓަށް އަރަން މަސައްކަތް ކޮށްފައި ވަނީ، އެއާޕޯޓް ރަންވޭގެ ހުޅަނގު ކޮޅުން ދަނިކޮށް، ކެނޯ ބަންޑުންޖަހާލާފައިވާ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް މި ދެމީހުން ކުޅުދުއްފުއްޓަށް އެރިއިރު އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ދެމީހުން ނޮޅިވަރަމުން ކުޅުދުއްފުއްޓަށް، ޤަވާއިދާ ޚިލާފަށް ކެނޯއެއްގައި ދަތުރުކޮށްފައި ވަނީ، އެ ކެނޯގެ ވެރިފަރާތުގެ ހުއްދަވެސް ނުހޯދައި ކަމަށެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކުސުމް

  މިޔޮއް ފަދަ ވަގުތުގައިވެސް ކާކަށް ދުއްޕާން ކުރާނަ ން ކަމަށްތަ ތި އުޅެނީ؟ ކިހާ ވަރުގަދަ ކަމެއް. ތިބި ތަނެއްގައި މައިތިރިވެގެން ތިބެބަލަ ހެޔޮ ނުވާނެ.

  11
 2. ދަރަނި ދަންތުރަ

  ސާޅީސް ދުވަސް ވަންދެން ތި މީހުން ކޫޅުދުއްފުށީގައި ހައްޔަރުކޮށްފައި ބައިތިއްބާ އަދި އިތުރު ދެކަންފަތް އެމީހުންގެ ގައިގަ ހަރުކުރޭ

 3. ޢާސީ

  މީ ބޯގޯސް ދެމީހުންތަ ޓެސްޓްކުރަމާ ތެސްޓް ކުރެވެންދެން ހައްޔަރުކުރޭ..އެހެން މީހުންގެ ސިކާރައަކައްވާން ދޫނުކުރާތި.. މާބޮޑައް މިވެރިންނައް ބުއްފުޅި ޖައްސަނީތާ...