ފުރަބަންދު ގަވާއިދާއި ހިލާފުވި 105 ފަރާތެއް މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށާއި، އަދި 21 މީހަކު ހައްޔަރު ކުރެވިފައިވާ ކަަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ނަވީން މިގޮތަށް ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނަވީން ވިދާޅުވީ، އެ މީހުންގެ އިތުރުން، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރި މީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ކިހާ މީހުންނެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

ނަވީން ވަނީ ބައެއް ފަރާތްތަކުން މި ދަނޑިވަޅުގައިދޭ ހުއްދަތަކުގެ ބޭނުން ނަހަމަގޮތުގައި ހިފާކަން ފާހަގަކުރައްވާފައެވެ.

" ޕާމިޓް ދިނީމަ، ވެހިކަލް ވެސް އާއްމުންވެސް ނުކުތުމަށް ޕާމިޓް ދިނީމަ އެ ޕާމިޓްގެ ބޭނުން އެބަ ހިފާ ނާޖާއިޒް ގޮތުގައި، އަޅުގަނޑުމެން އެ ޕާމިޓްގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާނަމަ އެ ޕާމިޓް ވަގުތުން ކެންސަލްކުރާނަން. އަދި އެ ޕާމިޓް އިތުރަށް ދެން ދޫކުރާނީ ވެސް އެ ކްރައިޓިރިއާއަށް ފެތޭކަމަށް ވަންޏާ އިތުރަށް ބެލުމަށް ފަހު. އެހެން ނޫނިއްޔަކާ އެ ޕާމިޓެއް ދުލެއް ނުކުރާނެ." ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ފުރަބަންދުގެ އުސޫލަށް ތަބާވުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑު ހަމަ އިލްތިމާސްކޮށްލާނަން، ލޮކްޑައުންގެ މާނައިގައި ލޮކްޑައުންވެފައި މިއޮތީ ވީހާވެސް ބޮޑަކަށް މި މާލެތެރެއަށް ނުކުމެ ނޫޅުމަށްޓަކައި، ނޫނީ ރަށްރަށުގެ ލޮކްޑައުން ނޫނީ މޮނިޓަރިން ސްޓޭޓަސް އައިމަ މަގުމައްޗަށް ނުކުމެ އެއްގެއިން އަނެއްގެއަސް ނުދިއުމަށްޓަކާ އިލްތިމާސް ކުރަން. އެހެން ނޫންކަމަށްވަންޏާ ޑޮކްޓަރުން އެދެއްވާ ނަމްބަރު ހަމަ ދުވަހެެއް ދުވަހަށް އިތުރުވަމުންދާނީ." ނަވީން ވިދާޅުވިއެވެ.

ނަވީން އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި ބޭރަށް ނުކުތުމަށް ހުއްދަ ދޭއިރު ބައެއް ގޭގޭގެ އެޑްރެސް ނެތް މައްސަލަ ކުރިމަތިވާކަމަށެވެ. އެ މައްސަލަވެސް ހައްލުކުރުމަށް މިހާރު މަސައްކަތް ކުރާ ކަމަށާ މި ދަވަސްކޮޅު ދުރާލާ ކަންކަން ރާވާ ހުއްދަ ހޯދުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ?
 2. ?

  ޕްރެސް ކޮންފަރެންސް އިންޓަޕްރެޓް ކުރާމީހާ ދާހިއްލާ ފޯވެފަ. އެފަކީރު ހޫނުގަ. މަބްރޫކުމެން އޭސީދަށުގަ. އެފަކީރު ކޮޅަށް. މަބްރޫކުމެން އިށީނދެގެން. އެފަކީރަށް ފެންފޮދެއް ނުލިބޭ. މަބްރޫކު މެންނަށް ފެންތަށި. މަބްރޫކަށް ބްރޭކެއް. ނަމަވެސް އެބޭފުޅާއަށް 1 މިނެޓަށް ހަމަޖެހިލެވޭކަށްވެސް ނެތް. ކޮބާ އިންސާފު؟ މަށަށް ކިރިޔާ ނުރޮވުނީ

  5
  1
 3. މާލޭ މީހާ

  މިކުޅިގަނޑު ނިމޭނީ މިރާއްޖޭގެ ހުރިހާ މީހުން ފައްސިވެ ، ހުރިހާ ފިހާރައެއް ބަންދުކޮށް އެތަންތަނުން ލިބެމުންދާ ތަކެތި ލިބުނަ ނުދީ ، ރާއްޖޭގެ ކޮންމެ މީހަކު ޖޫރިމާނާވެ ހައްޔަރުވެ ، ބަނޑަށްޖެހި ، ޑޮކްޓަރުން ހަރަކާތްހުއްޓި . ބޮޑުން ފިލައިގެންބާ.

  4
  2
 4. ޝިގެއްލާ

  ޝިގެއްލާ ފެތުރޭގޮތާއި މި ބަލި ފެތުރޭ ގޮތާ ތަފާތު. އެކަމަކު ޝިގެއްލާ ފެތުރުން ހުއްޓުވުމުގެ އިންތިޒާމުތަކާ އަޅާބަލާއިރު ޒަމާނަށް އައި ބަދަލާ ކަންކަން ކުރެވެން ހުރި ގޮތާ ފެންވަރާ ބަލާއިރު އިންތިޒާމުތަކުގައި މައްސަލަ އެބަހުރި. ފްލޯކުރަމުން އައީ ޑަބްއެޗްއޯގެ އިރުޝާދު. އެއީ ދިވެހިން ދަންނަ ބައެއް ނޫން. ޝިގެއްލާގެ ޒަމާނުގައި އެންޑީޢަބްﷲ ވިދާޅުވީ، ނަރެއްހާތަން ދޫކޮށްލައިފިއްޔާ ކެބެއްހައިތަން ދެމިގަންނާނެއޭ. މިތަނުގައި ފިޔަވަޅުއަޅަންވާނީ މިމީހުން ދަނެގެންނޭ. ޒަމާނީ ކުދިން މިހެން ވިސްނުން ނުގެންގުޅުނީމާ ބައެއް މައްސަލަ ދިމާވަމުންދާކަން ފާހަގަވޭ. ޑެލިވަރީ ފެއިލްވުމުން ކަންމަތީ ފިހާރަތައް ހުޅުވުން މިއީ ނުރައްކަލެއް.

 5. ހަސަދު

  ގިނަމީހުން ބޭރަށް ނުކުންނަނީ ހަދާނެ އެއްވެސް ގޮތެއް ނެތިގެން. ދެލިވަރީ އަންނަނީކީ ނުން. އަދި ކައިރި ފިހާރަ އެއްގައި އެއްޗެއް ހުންނަނީކީ ނޫން. ދެން ބޭރުން ފެންނައިރަށް ހަރުކަށި އަދަބު. ނޫނޭ އޯގާތެރި ސަރުކާރެއް މިހިންގެނީ. މިކަމުން ސަލާވުމާ ދޭތޭރޭ ވެސް މިހާރު ޝައްކު. ނާގާބިލް ބަޔަކު ލައިގެން މިފަދަ ބޮޑު ކަމަކުން ސަލާމަތް ވާނީ ކިހިނެތް. ކީރިތި ކުރެއްވީ ހަމަ ނުވާނެކަން ޔަގީންވާތީ.

 6. ދިވެހިން

  ނ އިންސާނާ ކަލެއަށް ހަލާކުހުރި. ރާއްޖެތެރޭމީހުން ވަންނާނެތަނެއްނެތި ކާނެ ބޯނެ އެއްޗެއްނުލިބިގެން، ކާބޯތަކެތި ހޯދުމަށާއި ޒަރޫރީބޭނުން ތަކަށް ނުކުތީމަ އަނިޔާވެރިވިވާހަކަ ތިދައްކަނީ މާމޮޅު ކަމެއްކުރެވިގެންތޯ؟ ތިތަނަށް ހުއްދަހޯދަން ގުޅިއަކަސް ލިބެނީކީއެއްނޫން، ފޯންކުރިއަސް ފޯންނަގަނީކީނޫން. ފޮނުވާރިކުއެސްޓުތައް މުޅިންވެސްކުރަނީ ރިޖެކުޓް. ތިތަނުން ހުއްދަހޯދަން އަރެމެން ކޮންމެމިހަކު ފުރަތަމަ ގަންނަންޖެހެނީ ކޮމްޕިއުޓަރެއް ނޫނީ ސުމާޓްފޯނެއް. ނޮކިއާބައްތި ފޯނުން ކިހިނެތް އިންޓަނެޓަށް ވަންނަނި ؟؟؟؟؟؟

 7. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

  - ރައްޔިތުން މަގުތަކަށް ނިކުންނަން މަޖްބޫރުވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގައި ތިބެގެން ނުލިބޭތީއެވެ. ކޮންމެ ނަފުސަކުވެސް އެމީހެއްގެ ސަލާމަތަށް ވިސްނާނެއެވެ. އެހެނަސް، ކާއެތިކޮޅު ނުލިބެންޏާ އެއްވެސް މީހަކަށް ދިރިނުހުރެވޭނެއެވެ. އެބީދައިން، ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ކާއެތިކޮޅާއި ތިމާ ބަލަންޖެހިފައިވާ މީހުންގެ ކާއެތި ކޮޅަށްޓަކައި މަގުތަކަށް ރައްޔިތުމީހާ ނިކުންނަން މަޖްބޫރު ވަނީއެވެ. މިއީ ޙަޤީޤަތެވެ.
  - ސަރުކާރުން ކިތަންމެ ވަރަކަށް ޖޫރިމަނާ ކުރިޔަސް އަދަބު ދިނަސް ކުރާނެ ކަމެއްނެތެވެ. އެއްވެސް ޕްލޭނެއްނެތި ހުރިހާ ނިޒާމް ފޭލި ވެއްޖެއެވެ. ބޯޑަރު ބަންދު ނުކުރުމުގެ ނަތީޖާއެވެ. އެއިރު ޤައުމުގެ ވެރިޔާ ބޯޑަރު ބަންދުކުރަން އެއްބަސްނުވިއެވެ. ދެން ކިތަންމެ ވަރަކަށް ގެއިން ބޭރަށް ނުނިކުންނާށޭ ބުންޏަސް ރައްޔިތުންނަށް ވުރެން ބޮޑު ބާރެއް ޤައުމެއްގައި ނޯންނާނެއެވެ. ޒަރޫރީ ބޭނުންތަކަށް ކާބޯތަކެތި ހޯދަން ނިކުންނާނެއެވެ.
  - ޕޮޒިޓިވް މީހުންގެ ޢަދަދު 100 ފަހަނައަޅައި ގޮސްފިއެވެ. ރައްޔިތުން ރޯނާވެ މަގުމަތިވެ މަރަށް ތެޅެން މިތިބީ ދޫކޮށްލާފައެވެ. ވެރިން އިސްއިތުފާ ދޭކަށް ނުވޭތޯއެވެ. މިޙާލަތުގައި ޤައުމު ހިންގޭނެ މީހަކާއި ރައްޔިތުން ޤައުމު ޙަވާލުކުރަން ރައްޔިތުންނަށް ފުރުޞަތު ދެއްވަންވީއެވެ.