ރާއްޖޭގެ މީޑިއާތަކުގެ ރޭންކިން އަށް އަނެއްކާވެސް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ވެބްސައިޓްތައް ރޭންކް ކުރާ "ސިމިލާވެބް" އިން އާއްމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އަދިވެސް އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓަކީ "ވަގުތު" އެވެ.

ރާއްޖޭގެ ވެބްސައިޓްތަކުގެ ތެރެއިން އެއްވަނައިގައި "ވަގުތު" އޮތް އިރު އެއީ ދިވެހިން އެންމެ ގިނައިން ޒިޔާރަތް ކުރާ ފަސްވަނަ ވެބްސައިޓެވެ.

ރާއްޖޭގެ އެހެން ވެބްސައިޓްތަކަށް ބަލާއިރު ހަތް ވަނަ އަށް ދިވެހިން ޒިޔާރަތް ކުރޭ ވެބްސައިޓަކީ "މިހާރު" އެވެ. "ސަން" އޮތީ ދިވެހިން ޒިޔާރަތް ކުރާ ދިހަ ވަނަ ވެބްސައިޓްގެ މަގާމުގައެވެ. "އަވަސް" އަށް 11 ވަނަ ލިބޭއިރު ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގެ ތެރެއިން ދެން މިލިސްޓްގެ އެންމެ ކުރީގައި އޮތީ "މިއަދު" ނޫހެވެ. އެނޫހަކީ 29 ވަނަ އަށް ދިވެހިން އެންމެ ގިނައިން ވަންނަ ވެބްސައިޓެވެ.

"ރާއްޖެ އެމްވީ" އޮތީ 31 ވަނައިގައެވެ. "ސީއެންއެމް" އަށް 36 ވަނަ ލިބޭއިރު "ވަން އޮންލައިން" އޮތީ 47 ވަނައިގައެވެ. "ދޯ" އޮތީ 49 ވަނައިގައެވެ.

ޚަބަރުތައް ގެނެސްދޭ އިތުރު އެއްވެސް ނޫހެއް ދިވެހިން އެންމެ ގިނައިން ޒިޔާރަތް ކުރާ 50 ވެބްސައިޓްގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ.

އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ވެބްސައިޓްގެ ގޮތުގައި "ވަގުތު" ދެމިއޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. "ވަގުތު" އަށް ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް ދެލައްކަ ތިރީސް ހާސް މީހުން ޒިޔާރަތް ކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ފާއިތުވި އެއްމަސް ދުވަސް ތެރޭގައި "ވަގުތު" އަށް ލިބުނު ވިޒިޓްސްގެ އަދަދު 5.4 މިލިއަނަށް އަރައެވެ. އަދި ޕޭޖް ވިއުސްގެ އަދަދު 15.4 މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދަރަނި ދަންތުރަ

  އައްސަރިބަހާ ސާބަސް ވަގުތަށް އަދިވެސް ފަރުވާ ބަހަޢްޓައިގެން ލިޔުމުގައި ކުށްމަދުކުރެވޭތޯ ބަލާ ކޮމެންޓުތަށް ތަންކޮޅެއް އަވަހަށް ޖެހޭތޯ މަސައްކަތް ކޮށްދޭތި ވަގުތު ތީމަށް އުފާވެރި ކާމިޔާބު ދުވަސް ތަކަކަށް އެދެން ވ ވެދުން...

  35
  5
 2. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

  "ވަގުތު" އަށް ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ކޮންމެ ދުވަހަކު އެވްރެޖްކޮށް ދެލައްކަ ތިރީސް ހާސް މީހުން ޒިޔާރަތް ކުރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. --- "ވަޤުތު" ނޫހުގެ ހިންގުންތެރި މެނޭޖްމެންޓަށާއި ހީވާގި މުރާލި ނޫސްވެރިންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަނީ އިޚްލާޞްތެރި ހިތަކުންނެވެ. ހަމަޔަޤީނުންވެސް، "ވަޤުތު" ނޫހަކީ ޚަބަރާއި މަޢުލޫމާތު އެންމެ ތާޒާކަމާއެކު ދިވެހިރައްޔިތުންށް ފޯރުކޮށްދޭ ނޫހަށްވާކަމީ އަޅުގަނޑު ފަޚްރުވެރިވާ ކަމެކެވެ. "ވަޤުތު" ނޫހަށް އަދަށްވުރެ ފެހި މާދަމާއެއް ދައްކަވާށިއެވެ!

  35
  4
 3. ޢަހަދު

  މަރުޙަބާ...ވަގުތު ހަމަ މީ ބެސްޓް

  38
  3
 4. ސައިއްޓޭ ރ އުނގޫފާރު

  ވަޤުތު ތިގޮތުގަ ހިފަހައްޓާލަދީ ވަޤުތުއަކީ މިހާރު މިޤައުމުގަ މިއޮތް ނާގާބިލް ސަރުކާރު އެންމެޖެހިލުންވާ އޮންލައިން ނޫސް ތީ މިވަޤުތު ދިވަހިންނައް ލިބިފަވާ ނަސީބެއް

  44
  11
 5. ނަގުލު ފިއްތި

  ވަގުތު ނޫސް ވަރެއްނެއް މި ނުކުޅެދޭ ސަރުކާރުން ސިއްރުން ކުރާ..........ރައްޔިތުންނަށް ހާމަކޮށް ދިނުމުގަ ލާމަސީލު މިސާލެއް

  3
  1