ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މި އަންނަ މަހު ޗުއްޓީ ނުލިބޭ ގޮތަށް ފުރަތަމަ ދައުރުގެ ޖަލްސާތައް ދިގު ދަންމާލުމަށްޓަކައި ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފިއެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ. އަދި މެމްބަރުން އަންނަ މަހު ޗުއްޓީއަށް ވަޑައިގަންނަވާ ގޮތަށް ގަވައިދު ތަންދޭ އިރު، ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށަން ގަވައިދުގައި ވަނީ ޖޫން މަހުގެ ތެރޭގައެވެ.
އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރާއްޖޭގައި ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިވަގުތު ތިބީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. މިއީ މަޖިލިސް ބަންދުކޮށްފައި ބޭއްވުން ބުއްދިވެރި ވަގުތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ވެސް އޮން ކޯލްގައި ތިބުން ބުއްދިވެރި. އެނގިވަޑައިގަންނަވާނެ މިދިޔަ ތިން، ހަތަރު، ފަސް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް މި މޭރުމުން، މި އިންތިޒާމުތަކުގައި މަޖިލިސް ހިންގޭ ގޮތަށް ކަންކަން ފައްކާ ކުރެވިފައި ހުރި ކަމުން، ސަރުކާރަށް ވެސް ބޭނުންވާ އެތައް ކަމެއް މިދަނީ މަޖިލިހުން ކުރެވެމުން،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގާ ކަންކަން ބަލައި، ޖަވާބުދާރީ ކުރެވި، ރައްޔިތުންނަށް ސާފުކޮށް ދިނުމަށް މަޖިލިހުގެ ދައުރު ވަރަށް ބޮޑު ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރަން ޖެހިފައިވާ ހަރަދުތައް ބޭކާރު ގޮތުގައި ކުރެވިގެންދާން އެއްވެސް މެމްބަރަކު ބޭނުން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ކަންކަން ހިނގަމުންދާ ގޮތް ބަލައި، ރައްޔިތުންގެ މަޖިލިހުގެ ފަރާތުން އެކިއެކި މުއައްސަސާތަކަށް ދެވެން އޮންނަ އިރުޝާދު ދިނުމަކީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އެހެންވެ، ރިޔާސަތުން ހުށަހަޅާ ކަމެއްގެ ގޮތުގައި ނަޝީދު ހުށަހެޅުއްވީ ފުރަތަމަ ދައުރު އަންނަ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މިއަދު ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މީގެ މާނައަކީ މަޖިލިހުގެ މެމްބަރުންނަށް މި ދައުރު ނިމިގެން ޗުއްޓީއެއް ނެތުނީއޭ، މެމްބަރުންނަށް ޖަލްސާއަކަށް އެދުނީމަ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތަށް މަޖިލިސް ނިންމެވީއޭ. އެ ވޯޓަށް ފަހު، އެގޮތަށް ނިމިގެން ދާނެ،" ނަޝީދު ވިދާޅުވިއެވެ.
ޢަހަރުންނައް ވަ ރިހަމަ ކަލޭމެން އަބަދު ޗުއްޓީގަ ތިއްބަސް. ތިމަޖިލީހެއް ބާއްވައިގެން ރައްޔިތަކަށްވާފައިދާއެއް ހަ ރާން...
ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އިޚްލާޞްތެރިކަމާއެކު އިޚްލާޞްތެރި ރައްޔިތުންނަށް މިގޮވާލަނީ މަގުމައްޗަށް ނުކުމެގެން ނަމަވެސް މުޒާހަރާކޮށްގެން ނަމަވެސް މިހާރު މިއޮތް ރައްޔިތުން މަޖިލިސް އުވާލަންވެއްޖެކަމަށް. މިއީ ޖެހިގެން މިއުޅޭ މުސީބާތަށްވުރެ ވަކި ކުޑަ މުސީބާތެއް ނޫން. މި މުސީބާތުން ސަލާމަތްވޭތޯ ކޮންމެ ގެޔަކު ކޮންމެ ރެޔަކު މުނާޖާގޮވަންވެއްޖެ.
މީނަ ހިތުން މީނަ ސަރުކާރު ހިންގަނީ
ކޮންމެހެން ދައުލަތުން ބޮޑު ޚަރަދު ކޮށްގެން ތިމަޖިލިސް މިދުވަސްވަރު ނުބޭއްވިޔަސް ވަރިހަމަ. މެންބަރުންގެ މުސާރަތައް 10000ރ އަށް ކުޑަ ކުރަންވީ މިވަގުތު ނުވަތަ އެއްކޮށް ކަނޑާލަންވީ.
ހަމަ ރަނގަޅަށްތިހެދީ. ދެއިރުދެދަޅައަށް ޗުއްޓީނަގާބަޔަކުމިނޫނިއްޔާނޫޅޭނެ. މާފަންނު ހުޅަނގުދާއިރާގެ މެންބަރު ފަލާހު ވެސް ކޮވިޑާއެއްކޮށް ގެއްލިއްޖެ. ދާއިރާގެ މީހަކު ކަމަކު ކިޔާފާނެތީ. ދެން މިކަހަލަ މީހުން ނޮހޮވާތި.??
ޗުއްޓީއަށް ނުގޮސް ދައުރު ދިގުދެންމިކަމަށް ބެލެވޭނީ މިހާރުވެސް މަޖްލިސް ޖަލްސާތައް ބާއްވާހެން މޭ މަހުވެސް ބާއްވާނަމަ. މަޖްލިސް ޗުއްޓީގަ އޮންނަ ވަގުތުވެސް ޖަލްސާތަކަށް ގޮވާލީމާ މެންބަރުން އައިސް ޖަލްސާގަ ބައިވެރިވޭ. މިކަމުގައިވެސް ރައްޔިތުންނަށް ދަޅަދެއްކުމާ އޮޅުވާލުން.
ހެޔޮތިމަޖިލީހެއް ނެތަސް ކީއްކުރާ މީތިންބާ ރުނަމުން ލޮލައްފެއްނަނީ މުގު ރިހަގަނޑެއްހެން އެއްތެއްޔެއްގެތެރޭ ކެކިފޮނުއަރާތަން މިހާރުން މިހާރައް ސަރުކާރުގެ ސިޔާސީމަގާމުތައް އުވާލަންޖެހޭ ގައުމުބަނަޑައް ރައްޔިތުން އެހާލަތައް ނުދަނީސް ބެރުން ލިބޭލޯނުތަކުން ސިޔާސީމަގާމުތަކައް މުސަރަދެވެނީ މިދާވަރުން މިކޮވިޑްތެރޭ ކިތައްސިޔާސީމަގާމުއިތުރުކޮއްފި އިމްރާނުގެ ނަމުގަކިތައްސިޔާސީމަގާމު މިހާރުވެސް ލާރިނެތިގެން ޕުރިންޓްކުރާ ވާހަކަދައްކަނީ ލޯނުބޭރުގައުމުތަކުން ނަގާވާހަކަ މިދެއަހަރުތެރޭ ފާސްކުރި ބޮޑެތި ބަޖެޓުތައްހުސްވީ ސިޔާސީމަގާމު ސިޔާސީގޮތުން ކުރިހަރަދުތަކައް ކަންމަތީފިހާރަ ރައްޔިތުމީހާގެ ޖީބުފޫދިއައީ އެއްޗެއްނޭޅިޖީބައް
މީ ކޮންތާކު ކީކުރާ ބައެއްތަ ޗުއްޓީއޯ، ކަލޭމެންނަކައް އެއްވެސް އެއްޗެއް ހައްގެއްނޫން. މަޖިލިސް އުވާލަންފެނޭ.
ރަހޔިތުން ބަނޑަށް .
މިބައިގަނޑު ރަށްޔިތުންގެ ލާރިން ބޮޑުމުސާރަ ނަގައިގެން ނާޗަރަނގީގަ
ބޮއްޅަބޭ ބުޅާބޭ ކިހިނެއް ވެގެން ތި އުޅެނީ ، ބުއްޅަ އަށް ހަލާކުުހުރި
ނިކަން ދިގު ދަންމާބަލަ.... ޗުއްޓީ ނުދީ
މިދުވަސްކޮޅު ޗުއްޓީއައް ދާނެކަމެއްނެއް އަވަހައް އަރައިގަނެވޭތޯ ބަލަން ހިނގާ އަހަރެމެންމިތިބީ ގޭގައި ސައިބޯނިލައިގެން އަތްދޮވެގެން
އަހަރަކު އެތައް ދުވަހެއް ޗުއްޓީގައި. ގިނަ ދުވަހު ޖަލްސާއަކަށް ނާންނާނެ. ޖަލްސާ އަށް ގޮއްސިއްޔާވެސް ބޭކާރު ހަޅޭ ލެވުން ނުވަތަ މަޖާކޮށް ސަކަރާތްޖެހުން. އެކަ މަކު ކޮންމެ މަހަކު 60000 ރުފިޔާގެ މުސާރައަކާއި 20000 ރުފިޔާގެ އެލަވަންސެއް އަދި އާސިއާންގެ ޤައުމުތަކުން ބޭސްފަރުވާ ހިލޭ. ﷲ އާއި ވަކީލް އަހަރެމެން. އަހަރެމެންގެ ޙައްޤުން އިއްޒަތްތެރި މެމްބަރުން ކައިގެން ތިބި ކެއުމުގެ ބަދަލު ޤިޔާމަތްދުވަހުން ލިބޭނެ