މާލޭ ގެއެއްގައި ދަން ޖެހިފައި ހުރި އަންހެނަކު ސަލާމަތް ކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ސަލާމަތް ކޮށްފައި ވަނީ ސްރީލަންކާ އަންހެނެކެވެ.

އޭނާ ސަލާމަތް ކޮށްގެން މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އައިޖީއެމްއެޗްގައި އޭނާ އަށް ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.


ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ނަފްސާނީ އެހީތެރިކަން ހޯއްދެވުމަށް ގުޅުއްވާނީ 1425 އަށެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޣޮހޮބޮޑި

  ދަންޖެހޭ މީހުންގެ މައުލޫމާތު ، ސަބަބު ހާމަ ނުކުރަނީ ކީއްވެބާ!

  26
  9
  • ޔޫސުފް ޔޫޝައު

   އެއީ ވަރަށް ނުރައްކާ ސީރިއަސްކަމެއް . އެ ޙަބަރު ކިޔާފަވެސް މީހުން ދަންޖެހުމުގެ ޢަމަލު ހިންގާ - ސޫސައިޑް އައިޑިއޭޝަން" ހުންނަ މީހުން އެކަން އުފެދިގެން އައިސް އެކަމުން މިންޖުނުވުމުގެ ފުރުޞަތުވެސް އުފެދޭ - ޕެސިވް ސޫސައިޑް އައިޑިއޭޝަން އާއި އެކްޓިވް ސޫސައިޑް އައިޑިއޭޝަން އަކީ މިބަލީގެ ދެވައްތަރު - ކިރިޔާވެސް އަމިއްލަ އަށް މަރުވުމުގެ ޚިޔާލު އަންނަނަމަ (އެއީ މީހާ ގޯސްކަމުން އަންނަ ޚިޔާލެއްނޫން) އެކަން ވާނެ ހިއްސާކުރަން - ގިނައިން ޒިކުރު ކުރުމުން އިންޝާ ﷲ ސަލާމަތްވާނެ " ރައްބި އައޫޒުބިކަ މިން ހަމަޒާތިއް ޝަޔާތާނި ވައޫޒު ރައްބިކަ އަން ޔަހްލަރޫން" މިއީ މިގޮތުން ކުރެވިދާނެ ދުޢާއެއް

   13
   2
 2. ކިންޱު

  ދަންޖެހެން އުޅުން

  19
  4