ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރު ސާފުކޮށް ބަޔާންކޮށްފައިވާއިރު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަލް ލަތީފު ހުށަހަޅާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ބިލަށް ބަހުސް ކުރައްވަމުން އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލެވޭ ކަމަށާއި އެހެންކަމުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭންވީ ކީއްވެތީ މެންބަރުން ސުވާލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަޖިލީހުން ފާސްކުރާ ގަރާރަކަށް މަޖިލީހުގެ ދައުރު ދަންމާލުމަށް ވެސް މަޖިލީހުގެ ތިން ބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތް މުއްދަތެއް މިގޮތަށް ސިމްޕަލް މެޖޯރިޓީއަކުން އިތުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ކުރަން ވާވަރުގެ ކަމެއް ވެސް ނޫން،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވެސް ވަނީ މިކަން މިގޮތަށް ކޮށްފި ކަމަށްވާ ނަމަ މުސްތަގުބަލުގައި ރިޔާސީ ދައުރުވެސް ގާނޫނަކުން ދަންމާލުމަކީ ގާތް ކަމެއް ކަމަށް ވިދާޅުވެފައެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެ ނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމެއް ކުރިމަތިވެދާނެތީއެވެ.

އޭގައިވާ ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށްވާ އިރު، ގާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ގާނޫނުއަސާސީން ލާޒިމް ކުރާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި، އާ ކައުންސިލްތައް އިންތިހާބުވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްތައް ދެމިއޮވެގެން ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.

ބިލްގައި ވަނީ ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި ގާނޫނުއަސާސީ އާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި، އެ ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ ބާރުވެރިކަން ލިބިގެންވާ އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާން ޖެހޭނެ ނިންމުންތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

އެ ބިލަށް އަމަލު ކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒަކް

    ޤާނޫނު އަސާސީގަ މިހާރު އޮތީ ދަޢުރަކީ 5 އަހަރޭ.. ކުރިން ތިބި ބައެއްގެ ދައުރު ނިމޭނެކަމަކަށް ނުބުނޭ އިސްލާހުކުރުމުގެ ކުރިން އޮތް 3 އަހަރުގެ މުއްދަތު ހަމަވުމުން.. އެހެންވީމަ އެކަން ޑިފައިން ވާންޖެހޭނީ ޤާނޫނަކުން

    6
    2
  2. ޙައްގުބަސް

    ވަރަށް ދެރަވަރުކޮށް މިސަރުކާރު މިހިންގަނީ! ދެ ފަހަރެއްގެމަތިން ވެރިކަމުގައި ހުންނަ މީހާއަށްވުރެ ރަގަނޅު މީހަކު ހޮވާށޭބުނެ އެމްޑީޕީ އިސްވެ އޮވެ އާސަރުކާރެއް ގެނައިތަން ފެނުނު! އެއީ މައުމޫނުގެ ވެރިކަން ނިމުމަކަށް ގަނަސް އައީ ރައިސް ނަޝީދުގެ ވެރިކަން!! މައުމޫނުގެ ދިގު 30 އަހަރު ކުރި ވައްކަންތަކަށްވުރެ ވައްކަން ބޮޑު ކަރަޕްޝަން ބޮޑު ގައުމު އިގްތިސާދީގޮތުން އިނދަޖައްސާލި ވެރިަކަމެއް ފެނުނީ!! 3 އަހަރު ތެރޭ އިސްތިއުފާދީ ފައިބައިގެން ދަމުން ގައުމުގެ ހުޅުވެސް ޖަހާލި!! ދެން އައީ ގައުމަށް އާރޯކަމާއި ތަނަވަސް ކަމާއި ފާގަތިކަމާއި ތަރައްގީ ގެނަސްދިން ރައިސް ޔާމީންގެ 5 އަހަރުގެ ދައުރެއް!! އެމްޑީޕީ އިސްވެ އޮވެ އަމިއްލް އެދުން ބޮޑު ހަތަރު ވަގަކުވެސް އެއްބައިވެ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައީ އެވެރިކަމަށްވުރެ ހުރިހާ ގޮތަކުން ރަގަނޅު ވެރިކަމެއް ކޮށްދޭން އެތަކެއް ވަޢުދުވަމުން!! މިހާރު މާނުބައި!! ވައްކަން އިންތިހާއަށް ބޮޑު! ކޮރަޕްޝަން އިންތިހާއަށް ބޮޑު!! ބަދަލުގެ ގޮތުގައި ތިމާގެ މީހުނާ ރައްޓެހިންނަށް މާލިއްޔާގައި ހުރި ފައިސާ ދީ ހުސްކުރަނީ! ގާނޫނު އަސާސީއާއި ޚިލާފަށް ގާނޫނުތައް ހަދަން މަސައްކަތްކުރަނީ!! ޖޭއެސްސީއޭ ކިޔާ އެމްޑީޕީގެ ގޮތްޕެއް އުފައްދާ ރާއްޖޭގެ ކޯޓުތަކާ ޝަރުޢީ ނިޒާމު ފުނޑާލައިފި!! ކުރީގަ ހުރީ އެމީހުންގެ ބަހުންނަމަ އެންމެ ކަދުރު ފާތުމާއެއް!! މިހާރު ކުރިއަށްވުރެ ގިނަ ހުސް ތިބީ ކަދުރު ފާތުމާ!! ގައުމަކުން މިރަމަޟާންމަހު ރައްޔިތުންނަށް ބަހަން ދިން ކަދުރުކޮޅުވެސް ދިރުވާލައިފި! ކޯޗެއް ނުކާނީ ދެން!! ތަރައްގީއެއް ނުކޮށްދެވޭތާ ދައުލަތުގެ މާލިއްޔާގައި ހުރި ރައްޔިތުންގެ ފައިސާކޮޅު ތަޅާ ހުސްކޮށްފި! މިވަރުގެ ކަނޑު ކޮހުން ގިނަ މަތިބަރު ސަރުކާރެއް މިރާއްޖެއަކުން މީގެ ކުރިއަކުން ނުދެކެން!! ރައްޔިތުންނޭ މަޑުން ނުތިއްބަވާ!!

    19
    2
  3. ދުންތަރި

    އުސާމު ކިތަންމެ ވަރަކަށް ތިހެން ބުންޠަސް ޤާނޫނު އަސާސީގަ ކަޅާހުދުން ކިތަންމެ ސާފުކޮށްލިޔެފަ ފެންނަން އޮތަސް ޝަރުއީ މަރުކަލާއިން މީގެކުރިން މިފަދަ ހާލަތުގައިކަންކުރާނެ އުސޫލެއް ކަނޑައެޅިފައި އޮތަސް ދުސްތޫރީ ކަންކަމުގަ ގޮތްނިންމާނެ ފަރާތް ޤާނޫނު އަސާސީގަ ކަނޑައެޅިފަ އޮތަސް އެމްޑީޕީ މަޖިލިސް ނުވަތަ ކެނެރީ މަޖިހުން ބޭނުންވާކަމެއް އެގޮތަކަށް ނިންމާނެ ލޯކަލް ކައުންސިލްގެ ޤާނޫނުވެސް އެއޮތީ ޤާނޫނު އަސާސީއާ ޚިލާފަށް އަންހެނުންނަށް ގޮނޑި ކަށަވަރުކޮށްދީ ފާސްކޮށްފަ އެކަން ބަލާނެ ޝަރުޢީ ކޯޓެއް މިޤައުމަކު މިހާރަކުނެތް އެމްޑިޕީ ނުވަތަ ކެނެރީ މަޖިލިސް ނުރުހޭ ގޮތަށް ޙުކުމެއްކުރަންކެރޭނެ ކޯޓެއް މިހާރަކު މިޤައުމަކުނެތް ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކާ ކޮންޓްރޯލް ކެނެރީ މަޖިލީހުގެ ބާރުގެ ދަށުގަ ދެން ކުރާނެ އެއްވެސް ކަމެއްނެތް ރޯމާ ދުވާލު މީ ރޭގަނޑުކަމަށް ހަދަން އެމްޑީޕީން ބޭނުންވިޔަސް ކެނެރީ މަޖިލީހުން މިހާރު އެކަން އެ ގޮތަށް ފާސްކޮށް ޤާނޫނު ހަދާނެ އެހާހިސާބުގަ މިރާއްޖޭގެ ހާލަތު މިއޮތީ ޔާމީނުވެސް މަޖިލިސް ހިސޯރުކޮށްގެން އެގަނޑޫ ގަތީ އެކަމަކު މިހާރު މިހިންގަނީ ރޯމާދުވާލު ބޮޑެތި ހަރީމާ މިކަން ހުއްޓުވޭނެ ގޮތެއްނެތް

    17
    2
  4. އަބްދޫ

    އެއްވެސް އިންތިހާބެއް ބާއްވަން ކަނޑައެޅިފައިވާ ތާރީހަށް ވުރެލަސްކުރެވޭނީ ގާނޫނުއަސާސީގެ 80 ވަނަމާއްދާގަ ބުނާރޫލް ގެ ތެރެއިން .އެނޫން ކޮންމެ މަގެއް ގާނޒުނުއަސާސީ އާހިލާފު