ގއ. ވިލިނގިލީގެ ބަނދަރު ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ވިލިނގިލީގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލު ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ބަނދަރު ހެދުމުގެ މަސައްކަަތް ޑިސެމްބަރުގައި އެ ކުންފުނިން ފެށިއިރު އެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަސައްކަތުގެ ދަށުން 7,985 ކިއުބިކް މީޓަރު ސަރަހައްދެއް ވަނީ ފުންކޮށްފައެވެ. އަދި 346 މީޓަރުގެ ބްރޭކްވޯޓާލުމާއި 30 މީޓަރުގެ ބްރިޖެއްގެ އިތުރުން ނެރު ބައްތި ވެސް ހަރުކޮށްފައިވެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ މަސައްކަތަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވެއެވެ.

ވިލިނގިލި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލި އިރު، އެ ކުންފުނިން ދާދި ފަހުން ވަނީ ގއ. ކަނޑުހުޅުދޫ އާއި އއ. ހިމަންދޫގެ ބަނދަރު ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިޔާ

    މާތްވެގެންވާ ރަމްޟާން މަހެއްގަ ތިވަރަށް ރޯ ބުހުތާން ދޮގު ނުހެދިޔަސް އެމްޓީސީސީގެ ވެރިންނަށް އުޅެވިދާނެ. ޚަބަރުގަ އިން ފޮޓޯއަށް ބަލާލިޔަސް އިނގޭނެ ވިލިނގިލީ ބަނދަރު ނިމިފައޮތް ހިސާބު. ރ.ޔާމީންގެ ސަރުކާރުން ފެއްޓެވި މި ޕްރޮޖެކްޓް އޭރުގަ އޮތް އެމްޑީޕީ ކައުންސިލުން އެތައް ފަހަރަކު މަސައްކަތް ހުއްޓާލުމަށްފަހު ހިންގި ތި މަޝްރޫއަކީ މިހާތަނަށް ވިލިނގިލީގައި ހިންގި އެންމެ ކޮރަޕްޝަން ބޮޑު ތާކުން ތާކު ނުޖެހޭ މަޝްރޫއު.

    9
    1
  2. އާދަމުގެދަރި

    އެންމެ ފުރަތަމަ ރަށްރަށުގެ ފަޅު ފުންކުރަން ސަރުކާރުން ދިނީ އެހީއެއް. އެއީ 1980 ވަނަ އަހަރު. އޭރު ތިޔަ ރަށުގެ ފަޅު ހިކިދިޔައިގައި އޮންނާނީ މުޅިން ހިކިފައި. ދޯނިފަހަރު ހުންނާނީ ބިތްވެފައި. 1980 ވަނައަހަރު ނެރު ފުންކުރުމަށް ދީފައި ވަނީ ރަށަކަށް 2 ހާސް ރުފިޔާ. ރައްޔިތުން އުދައްޔާއި ފަކީރާ ހިފައިގެން ނުކުމެ ކޮނުނީ. އޭގެ ފަހުން މަޑުމަޑުން ތަރައްޤީވަމުން ކުރިއަރަމުން އައި ކަމެއް ތިޔަ ކަމަކީ. ބޮޑެތި ޖައްރާފާތަކުން މާލެ ފިޔަވައި އެހެން ރަށްރަށުގެ ފަޅު ކޮނުމުގެ މަސައްކަތް ފެށިގެން އައީ މިގޮތަށް.

  3. ރަށުމިހާ

    ހުސް ދޮގު. ބަދަރުގެ ތޮއްޓަކޭ ހިކިގެން ފަޅައިގެން ގޮސްފައިވާ ކުރޮޅިއެކޭ އެއްވެސް ތަފާތެއް ނެތް ހަމައެކަނި ބޭރު ތޮށީގައި ހިލަ ޖެހުމަކީ ބަނދަރު ހެދުމެއް ނޫނޭ ކިބޫ ބީތާ