(ގއ. ވިލިނގިލި) މި ރަށާއި މިފްކޯގެ މަސް ކާރުޚާނާ ހިންގާ ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދާނެތޯ ބެލުމަށް ރައްޔިތުންނާ އެކުގައި ވަރަށް އަވަހަށް މަޝްވަރާ ކުރައްވައި އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް ސޯލިހް 2018 ގައި ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ ވައުދު ފުއްދިފައެއް ނުވެއެވެ. އެ ވައުދު ފުއްދިފައި ނުވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ވެސް ސަރުކާރަށް އަމާޒުވެފައިވެއެވެ.

"އުފާވެރި އަމާން ރާއްޖެ" މި ކެމްޕެއިންގެ ދަށުން ވިލިނގިލި އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިލިނގިލި-ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ވިލިނގިލި ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު އެކަމުގައި އަމަލީ ސިފައެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، އެ މަޝްރޫއުގެ ދިރާސާ މިހާރު ނިމިފައިވާ ކަން ރައީސް އިއުލާން ކުރެއްވިއެވެ.

"ބުރަ ބޮޑު މަސައްކަތެއް އެއީ. އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް ދިޔައިރު، ކޮވިޑްގެ އާލަމީ ވަބާއާ އެކީގައި ބައެއް މަޝްރޫއުތަކުގެ ހުއްޓުން އަންނަން ޖެހުނު. ނަމަވެސް މިހާރު އެ މަޝްރޫއުގެ ދިރާސާ ނިމި ކުރިއަށް ދިއުމުގެ މަރުހަލާގައި އޮތީ." ރައީސް ވިދާޅުވިއެވެ.

އެކަމަކު، ރައީސް ވިދާޅުވީ އެ މަޝްރޫއުއާ މެދުގައި ވިސްނާލަން ޖެހޭ ކަމަށެވެ. އެއަށް ވުރެ ރަނގަޅަށް ވިލިނގިއްޔަށް ތަރައްގީ ގެނެވޭނެ މަޝްރޫއުތައް ނުވަތަ ޕްރޮޕޯސަލް އެބަހުރި ކަމަށާއި އެކަމުގައި ވިލިނގިލީ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"މީގައި އެކަމަށް ދާނީތޯ ނުވަތަ ޕްރޮޕޯސަލްތަކައިގެން ކުރިއަށް ދާނީތޯ މިއީ ވިސްނާލާފައި ގޮތެއް ނިންމަން ޖެހޭ ކަމެއް. އެހެންމަ ކުރު މުއްދަތުގެ ތެރޭގައި އެކަމާ ދޭތެރޭގައި މަޝްވަރާކޮށްފައި އަޅުގަނޑު ގޮތެއް ނިންމާނަން." ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ހަވީރު ވިލިނގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވިއެވެ. އެގޮތުން ރައީސަށް މަރުހަބާ ދަންނަވަން ވިލިނގިލި ބޮޑު މަގުގައި ބޮޑު ސަފެއް ހަދާލާފައި އޮތެވެ. އެ ހުރިހާ އެންމެންނާ ސަލާމް ކުރެއްވުމަށް ރައީސް ވަނީ ގާތް ގަނޑަކަށް ވިއްސަކަށް މިނެޓު ހޭދަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިންޒާރަކާ ހާދަ ވައްތަރޭ…

    16
  2. Anonymous

    ބްރިޖޭ ކިޔާފައި އަނގަފުޅާކުރަން ކަލޭގެ ހަޔާތްކޮބާ؟؟ ކަލެއަށް އެޅޭނީ ބިސްގަނޑު

    28
    1
  3. ވިލިގިއްލޭމީހާ

    ކަލޯގަޔާ ދެން ބަހައްޓާ! އަޅާ ނުލާ! ވެރިކަން ނިމެންދެން ހައްޕު ކިޔާ!

    19
    1
  4. ޟަމީރު

    ހަހަހަ. ހަމަ ރަނގަޅަށްވެސް ސޯޓު ބޭލިއްޖެ.

    20
    1
  5. ވެރިކަން ނިމެނީ

    އަންނަނީ، އަންނަނީ، ވިސްނަނީ، މަޝްވަރާ ކުރަނީ.

  6. ވިލިނގިލީ ދަރިއެއް

    ނިކަމެތި ރައްޔިތުން ކައިރީގައި ވައުދު ވާންވާނީ ކުރެވޭވަރު ކަންކަމަށް ، ނުކުރެވޭ ވަރުގެ ކަންކަމަށް ވައުދު ވުމަކީ ގޯހެއް އޭގެއިން ދޭހަވަނީ ތިމާ ގައިގައި ސިޔާސީގޮތުން އެއްވެސް އުރެތްޕެއް ނެތްކަން ، ހުވަދު އަތޮޅު ވިލިނގިއްޔަކީ ކަލޭމެން ބޭނުންހާ ގޮތަކަށް ތެޅުވޭނެ ރަށެއްކަމަށް ހީފުޅު ނުކުރަށް ވާތި! އެއީ ހޭލުންތެރި އިލްމީ ގާބިލް ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. ގުބޯހައްދަން ނޫޅޭތި! ވަރަށް ރަށް ދެކެ ލޯބިވާ ވަތަނީ ބައެއް، ރީނދޫ މާފަތި އަތަށްލާގެން އިސްތިގުލާލަށް ތިއްބެވީ ވޯޓް ދޭނެ މީހުންކަން ހީފުޅުނުކުރަށް ވާތި. ހަސްބުނަށްﷲ ވަނިއުމަލް ވަކީލު.

    10
  7. 5

    5 އަހަރު ކުރިން ވި ވައުދެއް. 5 އަހަރު ފަހުން މަޟްވަރާތި ކުރަނީ 🤣 މޟްވަރާ ކޮއް ނިމޭނީ ދެން ވެރިކަން ލިބުނިއްޔާދޯ 🤣.

  8. ދާރީ

    މާލެ ވިލިގި ބްރިޖް ނިމިއްޖެ ބުރިބުރިއަށްހުޅުވަން ރެބަންދަމަނީ
    ކޫއްޑޫ ވިލިގިލި ބްރިޖް ކަޑުއަޑިންއަރާތީވެ ވިލިގިލިކަޑުއޮޅިން ދަތުރުކުރުން މަނާ
    އައްޑޫގައިއަޅާބުރިޖް މަތީގާ އަޅަން ކަޑިކިހޯދަން ނައިބުރައީސުންނަށްއައްޑޫންވާދަކުރަނީ
    ލަދުހަޔާތުގެކުޑަވެސްމިންވަރެއްހުރިކިބުލެއްނަމަ މިފަހަރުސަލާންޖަހަންނާށިގަޑުހިފާގެންރައްރަށަށްނުދިޔައީސް
    ކޮންހާޔާތެއްހުންނާނީ ލާދީނީ ލާގައުމީ ލާއިސްލާމީ ކިބުލެއް ފައްޓަރުބައިވެސްއެޅުވީގެރިމޯދީކަރުގާ ނާށިގަޑުހިފާގެންސަލާންޖަހަން މޯދީކާރިއަކަށްދެވޭކަށްނެތް މޯދީވެސްވެއްޓެނީ
    މިފަހަރުވޯޓަކުންވައްކަމެއްނުކުރެވޭނެ އަންދާކަށްވެސްނުކެރޭނެ

  9. ޗޯރުވަގު

    ރަށް ރަށާ އަރާ މިހާރު އެވާ ވައުދުތައްވެސް ދެން އަންނަ ފަސް އަހަރު ނިމުނީމަ، މަޝްރޫއު ކުރިއަށް ގެންދާނެތޯ ނުގެންދާނެތޯ ބަލަން މަޝްވަރާއަށް ދާނީ

  10. ސެޕްޓެމްބަރ 09

    ޗޭކް ފަހަރި ވަރަށް ވިސްނާތި، ސެޕްޓެމްބަރ 09 ގެ ފަހުން ކަންތައްތައް ވަމުންދާނޭ ގޮތް...