ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަން ފަންޑު (ޔުނިފެސް) އާއި ޔޫތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހާއްސަ އެހީތެރިކަން ބޭނުންވާ މީހުން އުޅޭ ގެތަކަށް ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކަން ފާހަގަކޮށްފައިވާ 700 ވަރަކަށް އާއިލާ އަށް ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެ 700 ޕެކް ޑެލިވަރީ ކުރުމުގައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ދެބައިކޮށްފައި އެއްބައި ގާތް ކުރާ އަދަދަކަށް އަޅުގަނޑުމެންނަށް ވަނީ ޑެލިވަކޮށް ކުރެވިފައި،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި އެ މަސައްކަތް ޔުނިސެފާ އެކީގައި ކުރިއަށް ދަނީ ވަރަށް ކާމިޔާބާ އެކީގައެވެ.

ކޮވިޑް-19 ފެތުރެމުންދާތީ މާލެ ފުރަބަންދުކޮށްފައި އޮތުމުން ގޭގެއަށް ތަކެތި ޑެލިވަކޮށްދޭނެ ބަޔަކު ހޯދުމަށް ވޮލަންޓިއަރުންގެ ގޮތުގައި ފުރުސަތު ހުޅުވާލުމުން ގާތްގަނޑަކަށް 500 އެއްހާ މީހުން ވޮލަންޓިއަރުންގެ ގޮތުގައި ނަން ނޯޓު ކުރި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އަދި ކުށުގެ ރިކޯޑާއި ކޮންޓެކްޓް ޓްރޭސިން ފަދަ ކަންކަން ބަލާފައި މަސައްކަތް ކުރަނީ މަދު ބަޔަކާ އެކީގައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި އޭރުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ޑެލިވަރީ ކުރުމުގައި ދިމާވި ގޮންޖެހުންތަކެވެ. ހާއްސަކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ފިހާރަތަކާ އެކީގައި ވަރަށް ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައި ވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"މިހާ ހިސާބަށް އައިއިރު، އަޅުގަނޑަށް ފާހަގަ ކުރެވޭ ޖުމްލަކޮށް ކުރެވުނު ހުރިހާ ދާއިރާތަކުންނާ އެއްކޮށް ކުރެވުނު މަސައްކަތުން މި ޕްރެޝަ ކުޑަކަން އިހްސާސް ކުރެވޭ،" އިހްސާން ފިހާރަ އާއި ވީބީ މާޓް ފަދަ ފިހާރަތަކުގައި ޑެލިވަރީގައި ބައިވެރިވެވަޑައިގެންނެވި މަހްލޫފް ވިދާޅުވިއެވެ.

އެހެންވެ، މަހްލޫފް ވަނީ ވޮލެންޓިއާ ކުރަމުން އަންނަ މީހުންނާއި ޔޫތު މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިކަމުގައި ބައިވެރިވާ އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި ފަގީރުން ދިރިއުޅޭ 436 ގޭބިސީއަކަށް ކަދުރު ބެހުމަށް އެދި އިސްލާމިކް މިނިސްޓްރީން ލިސްޓެއް ފޮނުވާފައިވާތީ ކަދުރު ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އަދި ފޯނުން ގުޅުނު ހުރިހާ އެންމެންނަށް ކަދުރު ފޯރުކޮށްދީފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައިމީ

  މާޝާﷲ. ތީވަރަށް ރަނގަޅި ކަންކަން. ހަމަ މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވަނީ ރަށަށް ދެވޭނެކަމުގެ އުއްމީދުގައި މާލޭގައި ތިބި ރާއްޖެތެރޭ މީހާއަށް އޮތީ ކޮން ގޮތެއްތޯ. ކުލި ނުދެއްކި އަތުގަ ހުރި ރުފިޔާ ހުސްވަނީ.. ބިކަވަނީ. ކިހިނެތްހަދާނީ ދެން. މިކަމާ ވިސްނާ މިނިސްޓަރަކު މަޖްލިސް މެންބަރަކުނެތް. އެވެސް ހަމަ ދިވެހި ރައްޔިތުން. ކިހާ ދުވަހެއް މާލެގަ. އާދެވޭނެ ގޮތެއް ނެތިފަ.

 2. ާައަހުމަދު

  މިހުން ތުހުމަތު ކުރާގޮތުގަ މިފަހަރު ކަދުރުކޮޅުވެސް ކަޓުވާލިއްޔޯ. ނަންވާނީ ފާތުމަ.

  8
  2
 3. އުދަމުދިމ

  ތިޔަ ކަދުރަކީ ހަމަ އެކަނި ފަގީރުންނަން ސައޫދީސަރުކާރުން ދިން އެއްޗެކޭ ޙަބަރުތަކުން ކިޔާ އަޑެއްނާހަން މީގެ ކުރީގަވެސް ދިވެހިރައްޔިތަކައް ވިއްޔާ ލިބިފަ ހުރީ އަދިވެސް ކަދުރުފާތުމައޭ ކިޔާ ބައިކުދިން ރުއްސަން ޕޯޑިއަމްތަކުގައި ކަރުން ނާރުނަގާފައި ވާހަކަ ދެއްކޭތޯ ބަލާ ތިމާމެންގެ ހާލް މާބޮޑު އެއްގުދު އޮއްމީހާ ހަތްގުދު އޮއްމީހާޔާ ގުދޯގުދޯ ކިޔާ ހަރުބަހެއް އޮވޭ މުސްކުޅިން މިދިޔަ އަހަރުވެސް ކަދުރު ހަމަޔައް ނުބަހާ ސިޓީކައުންސިލް ތެރޭގައި ގިނަވެފައި ހުރިކަން ތިޔަސިޓީކައުންސިލު މީހަކުގޮވި ޒުވާބެއްގައި ވިސްނިޔަސް ނުވިސްނިޔަސް ތީވެވޭ ޙިޔާނާތެއް ގިޔާމަތްދުވަހުން ތިޔަ ބަހަނާޔެއް ނުދެއްކޭނެ ފޯނުނެގިމީހުންނައް ދިނީމޭ ބާކީ ރައްޔިތުންގެ ހައްގުތައް ކޮނޑުއަޅުވާލައިގެން މަހުސަރުމައިދާނުގައި ނުފިލޭނެ މީރޯދަމަސް ދެންވެސް ތައުބާވެ އަމާނާތް އަދާކުރެވޭތޯބަލާ