2015 ވަނަ އަހަރު މޭޑޭގެ މުޒާހަރާއަށް ނިކުތީ ގައުމީ ބަތަލުން ކަމަށާއި, މޭޑޭގެ ބޮޑު މުޒާހަރާއާ ގުޅިގެން ދައުވާ އުފުލައި ހުކުމްކޮށް ޖަލަށް ލާފައިވާ އެންމެން ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފިއެވެ.

މިއަހަރުގެ މޭޑޭ އާއި ގުޅިގެން އިއްޔެ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާގައި ހިތްވަރު ދެއްކި އެތައްހާސް ދިވެހިންގެ ތެރެއިން ނާއިންސާފުން އަނިޔާ ލިބެމުންދާ ބޭފުޅުންގެ ހަނދާން މިއަދުވެސް ޖޭޕީން އާކުރާ ކަމަށެވެ.

ސަމީރު ވިދާޅުވީ މޭޑޭގެ އެއް ބަޠަލު ކަމަށްވާ އަބްދުﷲ ރަޝީދު ހައްޔަރުކުރެވި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ފަރުވާއަށް އިހުމާލުވުމުގެ ސަބަބުން ނިޔާވެގެން ދިއުމަކީ ޖޭޕީން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ.

"އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަށް ދައުވާ އުފުލައި 12 އަހަރުގެ ދިގު ހުކުމެއް ކޮށްފައިވަނީ ނާއިންސާފުން, އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހީމާއި ޕާޓީގެ އިސް މެމްބަރު ސޮބާހު ރަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެމުޒާހަރާއަށްފަހު ގައުމުން އަރުވާލެވިގެން ތިއްބަވަން ޖެހިވަޑައިގަތުމަކީ އެބޭފުޅުންނަށް ވެސް ލިބެމުންދާ ވަރަށް ބޮޑު އަނިޔާއެއް" ސަމީރު ވިދާޅުވިއެވެ.

މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލުގައި ބަންދުކޮށްފައިވާ އެންމެނަށް ވެސް އިންސާފު ލިބެންޖެހޭ ކަަމަށް އޭނާ ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީން އެދެނީ ރައްޔިތުންނަށް އަބަދުވެސް ހެޔޮގޮތް ފަހިވެގެންދިއުން، ރައްޔިތުންނަށް ފާގަތިކަމާއި އިންސާފު ހޯދައިދިނުމަށް ޖުމްހޫރީ ޕާޓީއާއި ޕާޓީގެ ލީޑަރު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ" ސަމީރު ވިދާޅުވިއެވެ.

2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުވެސް މޭޑޭ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތައް ފުރާލާފައިވެއެވެ. ނަމަވެސް ސަރުކާރު ވައްޓާލަން ދިމާކުރުމުން މުޒާހަރާ ވަނީ ރޫޅާލާފައެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރަމުންދާ މެއި މަހުގެ އެއް ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޔޫސުބު

    އާން...ގައުމީ ބަތަލުން ނުކުމެ ވީޓީވީ ތަޅާ ކުދިކޮށްލީ....ދައްކާ ވާހަކަ ލަދުހަޔާތްކުޑަ ބީތާއިން..

  2. ހާމިދު ދާއީ

    ދޭތެރެ މެދުން ވެރިކަން ވައްޓާލަންވެގެން އިދިކޮޅު ބަޔަކު ރާވައިގެން ބައެއްގެ ބޮލުތެރެއަށް ވަދެގެން ހިންގި ޖަރީމާއެއް. އެކަމަކަށް ނުކުތީ ނިސްބަތުން ގިނަ ބައެއް ނޫން. އެކަމަކު، ކުޅި ބަލަން ދިޔަ މީހުންނާއެކު މީހުން ގިނަކަމަށް ދެއްކީ. އެހެން ހީވީ، މި ދެން ނިމުނީކަމަށް. އެކަމަކު ހިރަފުސް ފޮޅާލާފައި ކޮޅަށް ތެދުވެވަޑައިގެން ގައުމު އަނދަވަލަކުން ސަލާމަތް ކޮށްދިނީ ރައީސް ޔާމީން. މިކަހަލަ އެތައް މަސައްކަތެއް އިދިކޮޅު ފަރާތްތަކުން ކޮށް މި 5 އަހަރު ތެރޭގައި ވަނީ ނާކާމިޔާބު ވެފައި. މަގުމަތިން ވެރިކަން ވައްޓަން އުޅޭ އެއްވެސް ބަޔަކަށް މިގައުމުގައި ދެނެއް ކާމިޔާބެއް ނެތް. އެހެންނެއްނޫން، މިހާރުން ސުރެއް ކެންޑިޑޭޓެއް އައްޔަންކޮށްގެން ރަނގަޅަށް ކޭމްޕޭން މުޅި ރާއްޖޭގައި ކުރަމުން ދާނަމަ ފަހަރުގައި އިންތިހާބެއް ކާމިޔާބު ވުމަކީ ނެތްކަމެއްނޫން.
    މި 5 އަހަރުން އައި ކުރިއެރުމާއި، ތަރައްގީއާއި، ވައުދު ފުއްދުނު މިންވަރާއި، ބޭސްފަރުވާއަށް އައި ލުއިކަމާއި، އިގްތިސާދަށް އައި ކުރިއެރުމާއި، ބޭންކްތައް މުއްސަންދިވެ، އިމާރާތްކުރާ ފަރާތްައް މެކުހައްޖެހުންފަދަ އެތައްކަމަކީ މި ސަރުކާރަށް އޮތް ޕްލަސް ޕޮއިންޓްތައް. ކޮރަޕްޝަން ނައްތާލުމަށްޓަކާ ރައްޓިއްސެއް ރަހުމަތް ތެރިއެއް އާއިލާއެއް ބެލުމެއްނެތި ފިޔަވަޅު އެޅި ހަމައެކަނި ފަރާތަކީ ރައީސް ޔާމީން. އެހެންވީމާ، މޭޑޭގެ މުޒާހަރާއަށް ނުކުރީކީ ބަތޮލުންނެއްނޫން. ގައުމުގައި ހަމަނުޖެހުން އުފައްދާ ސިފައިންނާ ފުލުހުންގެ ގައިގައި ތަޅާ އަނިޔާކޮށް، ގަދަކަމުން ވެރިކަން ވައްޓާލަން އުޅުނު މީހުންކޮޅެއް.

  3. ޙަފްޞާ / މާލެ

    ބަަޠަލުން ތތިބަގެން މީހެއްގެ ދަރިޔަކު ތަޅާ ރޯނާގަންނަވަނީ!!!! ސަމީރު މިހާރުންމިހާރަށް ހައްޔަރުކުރޭ! އޭނަބުނެގެން ތަޅާފޮޅުން ފަށާގަތްކަމަށް އެއޮށް އިޢްތިރާފްވީ!

  4. ލުޤުމާނު

    ކޮބައި ސަމީރު މިފަހަރުގެ މޭޑޭ؟

  5. ރަށްދު

    ގައުމީ ބަތޮލުން އެތިބީ ވެރިކަމުގަ ގައްދާރުން އެތިބީ ޖަލުގަޔާ ފިލާފަޔާ

  6. ޖޮއްބެ

    ބަޣާވާތް ކުރަން ނިކުމޭތަ ބަޠޮލުން؟

  7. ކުނޫޒު

    ތީ ނުބަިވެގެންވާ ނުބާ ބައެއް

  8. ކެޔޮޅު

    ޤައުމީ ބަތަލުންނަށް އެދުވަހުގެ މުޒާހަރާގެ ބައިވެރިން ވީގޮތް ތިބަޔާން ނެރުނު ފަރާތަކުން ޒިންމާދާރު ކަމާއެކު ސާބިތު ކޮށްދޭން ޖެހޭނެ.!!!!

  9. ސަދުން

    ދެދުވަހު ދޭއްޗެއްކިޔާތީ މައްސަލައަކީ.

  10. ޢަލީ

    ޤައުމީ ބަޠަލުން ފުލުހުންނާ މީހުންގެ މުދަލަށް ގެއްލުންދޭތަ. މޮޔަނުގޮވާ.