އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ހެދުމުގެ ވިސްނުން އެބަހުރި ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުގެ ވިސްނުން ހުރީ ތިން ގޮތަކަށް ކަމަށެވެ. އޭގެ ތެރެއިން އެއްގޮތަކީ ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުން ކަމަށާއި، ދެވަނަ ގޮތަކީ އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް އިންޓަނެޓް ހެދުން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި ތިންވަނަ ގޮތަކީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ދައުރު މިހާރަށް ވުރެ ފުޅާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގާއި ކޮލިޓީ ރަނގަޅުވާން ޖެހޭ ކަމަށް އިއްތިފާގުވާ ކަމަށާއި، އެކަމުގައި ސަރުކާއި، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ވިސްނުން އެއްގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

"އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅީމަ ދެން ސަރުކާރުގެ ޕްރިއޯރިޓީ ލިސްޓަށް އަރާނެ ގޮތާއި، އޭގެ އަގު ކަނޑައެޅުމާއި އެކަންކަން ދާނީ ކަރަންޓޭ ފެނެކޭ އެހެނިހެން އަސާސީ ޚިދުމަތް ދިނުމުގައި އެ ކަނޑައަޅާ ގޮތެއްގެ ތެރެއިންކަން އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު މިހެން މިދެންނެވީ ދިރާގު އެކަނި އޮވެގެން ރާއްޖޭގައި މޮނޮޕޮލީއެއް ގޮތުގައި އޮވެގެން ކަންތައްތައް ވެގެން ދިޔަ ގޮތާއި އޭގެ ފަހުން ވާދަވެރިކަމާއި އެކު ރައްޔިތުންނަށް ލިބެމުންދިޔަ ކުރިއެރުމާއި." މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އިތުރު ކޮށްގެން ނަމަވެސް އިންޓަނެޓްގެ ހިދުމަތަކީ އަސާސީ ހިދުމަތަކަށް ހެދުން މުހިންމު ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު ގާނޫނުތައް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން އިލޮކްޓްރޯނިކް ޓްރާންސިޝަންގެ ބިލެއް ފަރުމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބިލްގެ މަސައްކަތް ކުރީ ކޮމިއުނިކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ހެދުމުގެ ވިސްނުން ހުރި ކަމަށް މަލީހް ވިދާޅުވިއިރު އިންޓަނެޓު އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓަރު މަލީހަށް ފޮނުއްވި ސިޓީއެއްގައި އަންގާފައި ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) އަށް ރިއާޔަތްކޮށް، އޭގައިވާ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރުމަށެވެ.

ސިޓީގައި ވަނީ ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، އިންޓަނެޓުގެ ހުރިހާ ޕެކޭޖްތަކަކުން ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، ރައްޔިތުންނަށް އެކަން އެދެވޭ ގޮތެއްގައި ބަލައިނުގަނެވޭނެ ކަމަށާއި އަދި މުވާސަލާތީ ހިދުމަތްތަކުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް މި ބަދަލު ގެނައުމުން އަންނާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ތަންފީޒު ކުރުމަށް ސެޕްގައި ކަނޑައަޅާފައިވާ ތާރިހަކީ 2022ވަނަ އަހަރެވެ. އެހެންކަމުން އެ އަމާޒަށް ވާސިލްވެވޭނެ ގޮތަށް އެކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދައި ހުށަހެޅުމަށް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހަށް ވަނީ އަންގާފައެވެ. އަދި ހައްލުތައް ހޯދުމަށް މަސައްކަތް ކުރާއިރު ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޝްވަރާއާއެކު ކުރިއަށް ދިއުމަށް ވެސް ވަނީ އެދިފައެވެ.

ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު މޮނީޓާ ކުރުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އަދާކުރަންޖެހޭ ދައުރު ހަރުދަނާ ކުރުމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އަދި ވަކިން ހާއްސަކޮށް ކުރިއަރާފައިވާ ގައުމުތަކުގައި ކަންކުރާ އުސޫލުތަކަށް ރިއާޔަތް ކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ރައީސް އޮފީހުން މިނިސްޓަރު މަލީހަށް މިގޮތަށް ސިޓީއެއް ފޮނުވާފައި ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީއިން ކުރަން ޖެހޭ މަސައްކަތް ނިންމައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ކޮމިއުނިކޭޝަން މިނިސްޓްރީން ސަރުކާރުގެ ޕޮލިސީ އޮފީހަށް ފޮނުވާފައިވާ ޕްރޮޕޯސަލްއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުރާދު

    މި ކޮވިޑަކާއި ޖެހިގެންގޮސް އެންމެ ފައިދާވަނި ދިރާގާއި އުރީދޫއަށް، ކޮންމެ ގެއަކުން ތިން ހަތަރު ކުދިން އިންޓަނެޓް ބޭނުންކޮށް ގެން ކިޔަވަނީ ވިއްޔާ. މަނިކުފާނު ވަޒީރު ކަމާއިހަވާލުވީ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ތިޔަ އިންޓަނެޓުގެ ވާހަކަ ތިވަރަށް ތިދައްކަނީ ކޮންބޭނުމަކުތޯ. އަނެއްކާ ފޯއްމުލަކުމީހުން މާފޯރި ހުނަނައެއްޗަކީތޯ އިންޓަނެޓަކީ؟

    23
    2
  2. ފުވައްމުލަކު މީހާ

    އަަހަރުމެންގެ ވިސްނުން އެބަހުރި ތިޔަ މިނިސްޓްރީ އުވާލައިގެން އެއްމަހުން ސޭވްކުރެވޭ ފައިސާއިން ފުވައްމުލަކަށް ކޮވިޑް ޓެސްޓްކުރަން ބޭނުންވާ ސާމާނު ހޯދުމަށް.

    32
    1
  3. ބޯގޯސް

    ކާކުތަ މިކަހަލަ މަރުމޯލަކައް މިނިސްޓަރުކަން ދިނީ އިންޓަނެޓު އަގުހެޔޮނުކުރެވުނު ބަޔަކައް އެކަންވެސް އަސާސީ ހިދުމަތަކައް ހެދިދާނެގޮތެއް ބުނެބަލަ ރައްރިތުން ބޮ ޑައް ގުނބޯ ހައްދައްޗޭ ކަލޭމެން މިދުވަސް ކޮޅުވެސް ހީވަނީ ވެއްޓެން އުޅެނީހެން މަގޭ ދުއާއަކީ ވެއްޓުން އިންޝާﷲ ވެއްޓޭނެ

    29
    2
  4. ޢަންސާރު

    ކަލެއަށް ކޮން އަސާސީ ހިދުމަތެއް ދެވޭނީ

    19
  5. ހުސޭނުބޭ

    ގައިމު ދިރާގު ފިކްސްޑް ބޭންޑލައިނުތަކުން އޭޕްރީލް މަހުން ފެށިގެން 50 އިން ސައްތަ ކުޑަކޮށްދޭނަމޭ ކިޔާ ވަރަށް ލަވަކިޔާފަ ދިޔައީ! ހަމަ ހަރާން ކުޑަކޮށްދިން އެއްޗެއް! އަނެއްފަހަރު އައިސް އާވައްރަތެއްގެ އަންބާއެއް ތި ކިޔަންފެށީ!

    16
    • ޙަމަހަމަ

      ޑދަށްކޮށްދިނީ ސްޕީ ޑު އެކަނި

  6. ކުރަނގި

    މީދެން ކާކުތަ ނެޓްގެވާހަކަ ދައްކަން އިބޫ އަލެ .މީނަމިތަނުން ނަގާފަ މާރުކޭޓް ގިލޮޔަކައް ލާބަލަ

    18
  7. ބެއްޔާ

    މީދެންކާކު؟.. މީނާ ހަމަތޯ ބަލަން މާޔޯ ކުލިނިކައް ފޮނުވަން އެބަޖެހޭ!

  8. އުދާސް

    2025 ގެ ކުރިން ވެއްޖެނަމަ ކިތަންމެހައިވެސް ރަނގަޅު. ބޮޑެތި ކަންކަންކަމަށް ވަގުތު ނަގާނެ. ރާއްޖެ އޮންލައިނަކާ، ދިރާގަކާ، އުރީދޫއެއް ރާއްޖޭގައި އުފެދުނުތާ އަދި މިވީ ކުޑަކުޑަ ދުވަސްކޮޅެއްވީމާ، ޓައިމް ދޭންޖެހޭނެކަމަށް ދެކެން.

    1
    2
  9. ޗާލު

    އިރުއިރުކޮޅާ މެކެކިޔާކޔާ މީހެއްމީ. އަބަދުވެސް އިންޓަނެޓާ އަނެއްނަޓާކިޔާކަށް ތިކަމެއް ނުވިއެއްނުން. އަދި ތީ ނުވާނެކަމެއްކަމަށް ބަލައިގެންމިތިބީ. މިސަރުކާރަކަށްނުވާނެ. އަގުތިރިނުކުރެވުނު ބަޔަކަށް ހިލޭ ދެވޭނެތަ. އަސާސީ ހައްގެއް ކަރަންޓަކީވެސް ބަރާބަރަށް ފައިސާ ދައްކަންޖެހޭ ނުދެއްކީ ކަނޑާލީ. ދެން ނެޓުގެ ކުރިޔަށްއަސާސީ އިތުރުކުރަނީ އަޅެ ކީއްކުރަންބާ؟؟؟

  10. ޢަލީ

    ތިޔައްވުރެން މާރަނގަޅުވާނެ ދެއިރު ދެ ދަޅައަށް މޭކަޕްކޮއްލައިގެން ލައިވް ޕްރޮގްރާމަކަށް އަރާ އިނދެ އިސތއޓ ކީމަ... ފުރަތަމަ ސަތޭކަ ދުވަހުން ފުއްދަން ބުނި ވައުދެއް... މިހާރު ފައްސަތޭކަފަހަރު ފުއްްދައިފި އިބޫ އާއި މަބޫ އާއި އެންޓެނާވެސް... ރައްޔިތުން ހަމަ އަތްޖަހަނީ...

  11. ޔސރ

    ވިސްނާ ފިކުރު ކޮށް ރާވަން ތިބޭ، އަނެއްކާ ދެން އުފައްދާ މެނިފެސްޓޯ ގަ ލިޔެވިއްޖާ ރަނގަޅު. މި ޑިމޮކްރަސީ މިއީ ބޮޑު ފްލޮޕެއް

  12. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ޢިއްޒަތްތެރި މަލީހް. އިންޓަރނެޓް އަސާސީ ޚިދްމަތަކަށް ހެދޭނެ އުރަތްޕެއް ފެއިލްވެފައިވާ މިސަރުކާރުގައި ނެތް. އެއީ ކުރެވޭނެ ކަމެއްވެސް ނޫން. ތިޔައީ ކޮންމެ ސަރުކާރަކުން ވެސް ހިހޫތަނުން ކާލައިގެން މަޤާމުގެ ދަހިވެތި ކަމުގައި ޢަމަލަށްވުރެން ބަސްގިނަ ވެގެން އުޅޭ މީހެއް. އެއްވެސް ހިންގުންތެރިކަމެއް ނެތް ތިޔަ ވުޒާރާގައި ދެއްކިފައެއް. މިފަހަރުވެސް ވަޒީރު ކަމުގައި ދެއަހަރު ނިމެނީ. ކުރެވުނު ކަމެއް ޙަރާމުން ޙަރާމް. އެންމެކުރިން ބޭރުކުރާ ވަޒީރުންގެ ލިސްޓްގައި މަލީހްގެ ނަންފުޅު އޮންނާނެ ކަމީ ފެންނާން އޮތް ޙަޤީޤަތެއް.

  13. އަހްމަދު

    އަދިވެސް ވިސްނަނީ! ދެކުންފުނުން ރައްޔިތުން ފެލަނީ! މިދެމަހުގެ ޕްރޮފިޓް %200 މަތީގައި!

  14. ޝާހް، ރ.ވާދޫ

    ބޭކާރު ވާހަކަނުދައްކާތިބޭ. ނޫސްތަކުގެ ސުރުހީއަށް އަރަން ތިވާހަކަ ނުދައްކާ ހަފުތާއެއް ދޭތަ؟ ކަލޭމެނަށް ކުރެވޭނެހާވެސް ކަމަކީ ދައުލަތް ދިރުވާލުން.

  15. ޣޢ

    ހަމަ އިރު ކޮޅަކާ މީހަކު އަރާ މިހެން ކިޔާނެ. ޏުއެއްވާނެ. ތިހެން ނުކިޔަބަލަ. ޓި ހުވަފެން ނުދައްކަ ބަލަ. ތިކަން ނުވާނެކަން ޔަޤީން