ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު ގެންނަން މަސައްކަތް ކުރެވުނީތީ ސަހަރޯވެރި (ހިތާމަ އާއި ހިތްދަތިކަން) އިހްސާސް ކުރެވޭ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ، އަދި ހާއްސަކޮށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ފާޑުވިދާޅުވަމުން ގެންދަވާ މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ގައުމު ހިންގަން ލިބުނީމަ ހޭބަލި" ވެފައިވާ ކަމަށެވެ. "މި ސަރުކާރު ގެންނަން މަސައްކަތް ކުރެވުނީތީ ސަހަރޯ ހީވޭ. ކޮން ކަހަލަ ގޮތެއް ފޮތެއް ނެތް ވަގުންތަކެއް މިއީ؟" މުސްތަފާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހާރުން މިހާރަށް ހައްޔަރު ކުރުމަށް ވެސް މުސްތަފާ ރޭ ވަނީ ގޮވާލައްވާފައެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ ވަގުން ބިޑި އަޅުވާފައި ޖަލަށް ނުލައިފިނަމަ ރައްޔިތުންނަށް ނޭނގި ގައުމު ވެސް ވިއްކާލަފާނެ ކަމަށެވެ.

މުސްތަފާ އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވުމަށް ފަހު އިދިކޮޅު ފަރާތްތަކާއި ގުޅުނު 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ. މުސްތަފާ ވެސް ހިމެނޭ ގޮތައް ޕީޕީއެމްގެ މެންބަރުންތަކެއް އިދިކޮޅު ކޯލިޝަނާއި ގުޅުންވީ ޔާމީންގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ.

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބު ކުރުމުގައި 12 މެންބަރުން އިސް ދައުރެއް އަދާކުރިއެވެ.

ނަމަވެސް މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމެންބަރުންނަށް ޓިކެޓް ދިނުމަށް ކޯލިޝަނުން އެއްބަސްވެފައި އޮތް ގޮތާއި ހިލާފު ވުމުން އޭގެ ތެރެއިން ގިނަ ބޭފުޅުންނާއި ސަރުކާރާއި އޮތް ގުޅުން ވަނީ ކެނޑިފައެވެ. އޭގެ ތެރެއިން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވުނީ ވެސް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ސުންކު ހަސަންބެ

  މީނާގެ ހިތާމާގައި ބައިވެރިވާ މީހާ އޮތީ ޖަލުގައި؟

  7
  46
 2. ކކކކ

  ތިނޫން ވަރެއް ވޭ؟

  19
  1
 3. ތާރަބޭ

  ތިޔަ ނޫން ސަރުކާރެއް ނެތެއްނު މުސްތޮފާ ބެއަކަށް. މައުމޫނު ކަޑަ.އަންނި ކަޑަ. ޔާމީނު ކަޑަ.ސޯލިހުވެސް ކަޑަ. ޙަމަ އެކަނި ރަގަޅީ ވަޙީދު އާ އަމީނުއާ ސަމޮސުއްދީނު ރަދުންނާ. ދޮތަ. ތީ ދެއަތު ކައްޗާދުވާ ރާރާ ގުޑި އެއްނު. ޓިމަރަފުށީ މުސްތޮފާ. ޏުދަންނަ މީހަކު ނޫޅޭނެ.

  25
  1
 4. މާމީ

  އިންޑިއާ މަނަވަރު އަންނަނީ ރާއްޖެހިފަން ވެރިކަން ބަދަލުކޮށް ޔާމީން ހައްޔަރު ކުރަން މިހަނދާން ތައް ދިވެހި 96000 ރައްޔިތުން ހަނދާން ނުނެތޭނެ.
  މިހާރު ކިތައްމެ ވަރަކަށ ް ތިހެން ވިދާޅުއަސް

  38
  1
 5. ޢަހޫ

  ޢަމިއްލައެދުމުން ފުރިގެންވާ ކޮންމެމީހަކަށްވެސް ތިހެންވެދާނެ. ތިހެންގިނަފަހަރުވަަނީ އެމީހަކުބޭނުންގޮތަކަށް ނާޖާއިޒުފައިދާނެގޭގޮތްނުވުމުން.މުސްތޮފާއާއި ގާސިމައްވެސް ވަނީ މިހެން ކަމަށްވެސް ވެދާނެ.އެއްމެމޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

  26
 6. ކާފަބޭ2020

  ގިނަބަޔަކު މިއަދުތިބީތިޔަހާލުގައެވެ. އެމްޑީޕީގެ ޔަހޫދީވިސްނުން އެންމެރަނގަޅަށް ދަންނަކަމަށްގޮވިމީހުން ގުއިރޯނުގަޖެހި އެމަޅިންސަލާމަތްނުވެވި ނަގޫފިތިފަތިބިމަންޒަރު ހުރިހާދިމާއެއް ބެއްޔަސްފެންނަންއޮތީ! ވެދާނެތަދަކާހުރެ އެނަގޫބުރިކުރެކަށްވެސް އެނަގޫގޮށްޖަހައިގެންތިބެވޭކަށްވެސްނެތް ފުޅަނގީގެހާލަތުގައި މިިގޮތުގައި ކިހާދުވަހެއްވަންދެން ތިބެވޭނެބާ؟؟؟؟؟؟؟

  25
 7. މާމިގިލީ މީހާ

  ކަލޭ ކޮން މަސައިތްކަތެއްތަ ކުރީ މިސަރުކާރު ގެންނާން. ކަލޭ އުޅެނީ ކަލޭގެ އަންބޮނޑިއަށް ގިނަ ކުރާން. ކޮޅު ކޮޅައް ދުވާ މީހުންނައް ކާކު ވޯޓް ދޭނީ.. ބަލަ މިހާރަކު ކަލޭ އަކަށް، ތާއީދެއް ނެތޭ...

  13
  5
 8. ތިމަރޭ

  މުސްތަފާ މާދަމާ ހުންނާނެ ޕާޓީއެއް ނޭނގޭތީވެސް އެހާ ދެރަވޭ އަހަރުމެން.

  13
  2
 9. ނަބީހު

  މުސްތަފާ އަކީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށް ދެއްވާފައިވާ ބޭފުޅެއް..އަދި ކުރަން ބޭނުންވާ ބޭފުޅެއް...އަހަރެން ހަދާންވޭ މުސްތަފާ އެ މަނިކުފާނުގެ ރަށަށް ކޮށްދެއްވާފައިވާ ކަންތައްތައް...ޒުވާނުންނަށް ކުޅިވަރު މުބާރާތްތައް ބާއްވައިދީ..ފައިސާގެ އިނާމުވެސްއެހާބޮޑު..އެ މަނިކުފާނުގެ ޙަރަދުގައި

  15
  3
 10. މާލެ ބޭބެ

  މުސްތަފާބެ އަހަރެން މަނިކްފާނާއި ބައްދަލްވީ 1983 އަހަރު 70 ނަންބަރ ފިހާރަ ކައިރިން ..އެއިރު މަނިކްފާން އަރިހުގައި އާނަންދު ކިޔާ ސިލޯނު ވިޔަފާރިވެރިޔަކު އަރިހުގަ ހުރި ..އެއިރު ތިއީ ވ ޒުވާން ބޭފުޅެއް އަޅުގަނޑު އުމުރުން 15 އަހަރު ...އަޅުގަޑު އަޚް ލަތީފްއަކީ މަނިކްފާނާއި އަރިސްބޭފުޅެއް، އެހެންވެ ބައްދަލްވެ ވާހަކަ ދައކާލެވުނު... އެއިރުވެސް އާނަންދު ކައިރީގައި މަނިކްފާން ދެއްކެވީ ހިކިމަހާއި، ލޮނުއެޅިމަސް އަދި ކަހަބްފަތް އެކްސް ޕޯޓް ކުރުމުގެ އެއިރަށްބަލާއިރު ބޮޑެތި ވިޔަފާރީގެ ވާހަކަ... ދަންނަވަން މިއުޅޭ ވާހަކައަކީ ޤައުމަށް ކުރިމަތިވި ހުރިހާ ކަމެއް ދަންނަ ވިޔަފާރީގެ މައިންޑެޑް ވިޔަފާރި ވެރިއެކެވެ.. މަހުގެ ވިޔަފާއިން ފެށިގެން އާގު ބޯޓް އޯންކޮށް ދުއްވި..ސިޔާސީގޮތުން ރ.މަޖްލިސްގަ އިންނެވި، ވެއްޓޭ އަޑިގަޑަކުން ތެދުވެ ދުއްވާ ގަނޭ...ވީމާ ރާއްޖެ ސަލާމަތްކުރަން ތެދުވެ ސިޔާސީ މަސައްކަތް އިދިކޮޅާއިގުޅިގެން ކުރައްވާށޭ...ފަހުގެ ސިޔާސީ ތާރީޚްގައި އެންމެގަދަ 1 ފޯވާޑަކީ..ދިއްދޫ ދާއިރާ ކ އެމްޕީ ލަތީފްބެ.މިއީ ވަރަށް ނަމުނާ ބޭފުޅެއް، އެއީ ރ.އިބޫ ދޯކާ ދެއްވީމަ ބަލަންނުހުރެ އިދިކޮޅުގެ ތާއީދާއި އިހުތިރާމް ލިބި ވަރުގަދަޔަށް ފޯވާޑަށް ކުޅެންފެށި..މަނިކްފާން ތެދުވެ ސަރުކާރު ސައިޒްކުރުމުގެ މަސައްކަތް ކުރައްވާ...ބަލި ކުރެވޭނެ، ނޫންނަމަ 30 އަހަރުގެ ވެރިކަންވެސް ނުވެއްޓުނީސް... އިންޝާ ﷲ 2023 އެއީ ރ.ޔާމިންގެ ފަހަރު..

  26
  3
 11. ހުސޭނުބޭ

  ތިއީ މުޅިންވެސް ޑްރާމާ! ޠައްޔިބުވެސް ތިހެން ހިތާމަކޮށް ސަރުކާރަށް ފާޑުކިޔާއުޅުނު! އުޑެއްބުޑެއް ނޭގުނަސް މަހަކު 30000 ރުފިޔާ ލިބޭ ވަޒީފާއެއް ދިނުމުން ހަމަ ވަގުތުން ހިތާމަތައް ފިލާދިޔަ! އަޅެ އަޖުމަ ބަލާލަން ސަރުކާރުގެ ބޮޑުން ކަމުން އެދާ ލާރިތަކުން ބަޔެއް މުސްޠަފާބެޔަށްވެސް ދީބަލަ! ދެން އޭގެ ފަހުން ތި ހިތާމަތައް ވަންނަތަނެއް ބަލާ!

  24
  1
 12. އަލިބެ

  ތިޔައީ ތިމަރަފުށީ މުސްތޮފާ. މިރާއްޖެއަކު ނޫޅޭނެ ނުދަންނަ މީހަކު. ދައްކާނެ އިތުރު ވާހަކަ އެއްނެތް. ވަރަށް ވެދުން.

  14
  2
 13. މޫސާ

  މުސްޠަފާ އަށް ބައިނާޅާތީ ދޯޯ ކަންބޮޑުވެގެން ތިއުޅެނީ؟

  16
  3
 14. ޙަބީބު...

  ބަލައެއް ނުގަންނަން މުސްތޮފާއެއް ވަ ރައް ދެފުއް ދެގޮތްމީހެއްތިވެސް ޔާމިނުހާ ރައްޔިތުންނައް ވަފާތެޜި ތެދުވެ ރި ޔާ ރެއްމިފަސްގަނޑުން ނުދެކެން

  19
  3
 15. ނާނު

  ޖޭޕީ އަށް ސޮއި ކޮށްލަ އަވަހަށް

  11
  1
 16. ސލ

  މުސްތަފާކަލޯ އަކީވެސް ނުބައިހެދި މީހުންގެ ތރެއިން އެކަކެވެ މިހާރު ވަގުތުފާއިތު ވެއްޖެއެވެ ސަހަރޯވިއަސް
  މާޔޫސްވިއަސް އަދަކު ދެން ކުރާނެކަމެއްނެތެވެ.

 17. ދަރަނި ދަންތުރަ

  މުސްތޮފާބެއަށް ހަބަރު އެއީ ހިތިއެއްޗެއްކަން ނޭގުނީތީ ވަރަށްދެރަވެއްޖެ މިއަދު މުސްތޮފާބެއަށް ތިޔަފެއްނަނީ އަސްލު ވަގުން ގައުމު ލޫޓުވާލައިފި ދެން މިގައުމަށް އަލަށް އުފަންވާ ކުއްޖާގެ 2 ކިޑުނީވެސް އެކުއްޖާޔަށް ނުލިބޭނެ އެއީ އަމީރުގެ ހައްގެއް މުސްތޮފާބެއަށް ވަގުން އިގިއްޖެތޯ ؟ ޖަލުގައި އެއޮތީ ވަށްކަން ކުރަން އިނގޭ ބޭފުޅެއްނޫން އެއީ ގައުމުގެ ހަޒާނާ އިތުރު ކުރާ ބޭފުޅެއް.....

  7
  1
 18. ޗާލު

  މުސްތަފާ، ޖާބިރު، ގާސިމް، އައްނި މިއީ މިގައުމަށް ޖެހިފައިވާ ބޮޑު ނޮހޮރޮއްޕާންތަކެއް.

 19. Anonymous

  މުސްތޮފާބޭދެއަގަތްވާޙޙކަނުދާކަަ

 20. އަހުމަދު

  ކުރިމަތިލި ގޮނޑި ލިބުނުނަމަ ތިހެން ނުކިޔާނެ...