ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގައި އެ ބައްޔަށް ޓެސްޓް ނުކުރެވޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް އެވެ.

ޝިޔާމް ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑޫ ސިޓީގައި މިހާތަނަށް ޓެސްޓްކުރެވޭނެ އެއްވެސް ވަޞީލަތެއް ޤާއިމްކުރެވިފައި ނެތް ކަމަށެވެ. އެ އެ ބޮޑު އާބާދީގައި ކޮންމެ ސުންކެއް ނަގައިގެން ޓެސްޓް ކުރަން ފްލައިޓެއް ޗާޓަރ ކޮށްގެން މާލެއަށް ގެންނަން ޖެހުމާއި، މިއީ ބޮޑު ޚަރަދެއް ހޭދަކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

އަދި އައްޑޫސިޓީ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަޞީލަތްތަތައް އެކަށީގެންވާ މިންވަރަށް ނެތްކަމުގެ ޝަކުވާތައް އެ ތަނުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން ކުރަމުންދާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ކޮވިޑް-19އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ރަނގަޅަށް ތަމްރީނު ކުރެވިފައިނުވާ ކަމަށްވެސް އެ މައްސަލައިގައި ވިދާޅުވެފައިވެއެވެ.

އަދި އައްޑޫގައި ހެދުމަށް ހަމަޖެހިފައިވާ އައިސީޔޫގެ މަސައްކަތް އަދިވެސް ނިމިފައިނުވާ ކަމަށާއި، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް މީހުން ކަރަންޓީނު ކުރަންޖެހޭ ހާލަތުގައި ބޮޑު އާބާދީއެއްގައި މީހުން ކަރަންޓީނުކޮށް ފަރުވާދިނުމުގެ ރަނގަޅު ޕްލޭނެއް ނެތްނަމަ ނުރައްކާތެރި ހާލަތަށް ހިނގައިދާނެ ކަމަށްވެސް އެ މައްސަލައިގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން އައްޑޫގައި މި ބައްޔަށް ޓެސްޓު ކުރެވޭނެ ނިޒާމު ގާއިމުކޮށް، ރައްކާތެރިކަމުގެ ވަސީލަތްތައް ހަމަކޮށްދިނުމަށާއި، ފަރުވާދިނުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވާ ހިންގުމަށާއި، އަދި ކޮންމެ އަތޮޅެއްގައި ވެސް މި ބައްޔަށް ޓެސްޓުކޮށް ފަރުވާދެވޭނެ އިންތިޒާމު ވީ އެންމެ އަވަހަކަށް ގާއިމުކުރުމަށް ގޮވާލާ އެ މައްސލަަ ހުށަހަޅާކަމަށް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޭ456

    ????

    9
    3
  2. ސޯބެ

    ތިޔަ ކުއްލި މައްސަލަ ބޭރު ކުރާނެ ހަމަޔަގީން

  3. ާއަހުމަދު

    އައްޑޫމެންބަރުން ކޮބާ؟
    ވަރުބަލީތަ

    20
    1
  4. މާކަނާ

    ޝިޔާމް ކިހާދެރަވެއްޖެ ކަމެއް. ނައިފަރުގައި މިއުޅެނީ ޓާސްފޯސްވެސް ނޫފެއްދިގެން. ނައިފާރާގެން ނޫޅެ ތިއުޅެނީ އައްޑުއާގެން. އައްޑޫގަ މެމްބަރުން މަދީތަ.

    7
    8
  5. ހިތްވަރު

    ސާބަހޭ ޝިޔާމް ތިކުރަށްވާ ހިތްވަރަށް ތިހެންތިބޭނީ ޤައުމާއި ރައްޔަތުން ދެކެލޯބިވާ ތެދުވެރި ވަފާތެރި ދަރީން ތިކުރަށްވާ މަސައްކަތުގައި މާތްﷲ ކުރިއެރުން ދެއްވާށި އާމީން:

    23
    4
  6. އައްޑޫ ލެއި

    ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ފަށްފަށުން ށުކުރު އައްޑޫ ރައްޔިތުންގެ ނަމުގަ ކޮބާތަ ތި މަޖިލީހައް އައްޑޫ ތަމްސީލު ކުރަން ފޮނުވާފަ ތިބި މެންބަރުން. އެއީ ގޮނޑި ހޫނުކުރަން ފޮނުވާފަ ތިބި ބައެއް ނޫނޭ. ވޯޓް ހޯދަން އަންނައިރު ރައްޔިތުންނައް އެތަކެއް ވަޢުދުތަކަކާއި އެތައް އަހުދެއް ވެފަ ރައްޔިތުން ވާވައްދާފަ ލަދެއް ހަޔާތެއްވެސް ތިބިބައެއް ނޫނޭ. ބަލަ ކަލޭމެންނައް ޢިއްޒަތާއި ޝަރަފް ދީފަ ތި ޢިއްޒައްތެރި މަޖިލީހައް ފޮނުވީ ކަލޭމެން ރީތިވެގެން ކަލޭމެން ލައްވާ ފިލްމް ކުޅުވާކައް ނޫނޭ ބުރާންތިންނޭ. މިހާރު ތިތަނުގަ ތިތިބަ ފަސްމީހުންކުރެން މީހަކު އާދެބަލަ އައްޑޫ މީހުން ކާއިރިޔައް ވޯޓް ހޯދަން ކުޅި ދައްކާލާނަން. ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއްދުވަސް އެބަޔަކު މިނެދިން ނާޅިޔަކުން މިނެދޭން އައްޑޫ މީހުން މިފަހަރު ތިބީ ވަރަށް ތައްޔާރު ވެގެން.

    5
    1
  7. އުވަގޭ ގޫބެރާ

    މަ ކީއްކުރާނީ މަށައްވުރެ ކުރިން ށިޔާމް މަތިންބައިން ޖެހިގެން ބިލްވެއްދީ

    3
    1
  8. އައްޑޫ

    އައްޑޫ 7

    1
    1
  9. ސަދސ

    އައްޑޫ މެމްބަރަކަށް މިވަރުވެސް ކޮށްލަދޭން ނުކެރުނު

    4
    1
  10. ޙަހަހަހަހަހހަހަހ

    ކޮބާ ކޮކަޑިދޮންބެ

  11. ރަށުމީހާ

    ހަމައެކަނި އައްޑު ތޯ ކީއްވެ މަދުވެގެން ރާއްޖޭގެ ކޮންމެ އަތޮޅެއްގަވެސް ހުންނަންޖެހޭނެކަމަށް ވަކާލާތު ނުކުރަންވީ، ހަމަ ކޮންމެ ކަމެއް އަށްޑު މާލެ ކުޅުދުއްފުށި މީތޯ ރާއްޖޭގެ ރައްޔިތުން ހަމައެކަނި ދިރިއުޅޭ ތަނަކީ

    1
    3
  12. އައްޑޫ

    ށުކުރީއްޔާ ޝިޔާމް 🙂

  13. ފަތުހުﷲ

    މަރުކޮވި ޖެހިގެން ކޮންމެ ސުންކެއްނަގައިގެން އިމްތިހާނު ކުރެވޭނެގޮތެއް ، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ވަގުތު އޮއްވަ ޤާއިމްކުރުން މުހިއްމު،

  14. ވަހީދާ

    ޢައްޑޫ އަކީ ވަރަށް އާބާދީ ބޮޑު ތަނެއް. ޥޯޓަށް އުޅުނުއިރު އައްޑޫ ރައެޔިތުންނަށް ހީވި ކަހަލަ މިސަރުކާރު އައިއްސިއްޔާ އެމީހުން ނަށް ނުވާނެ ކަމެއްނޯންނާނެއޭ. ކިހިހިނެއް ބާމިވީ. ޢެންމެއާދައިގެ ރަށް ރަށުގެ އަމިއްލަ ފަރުދުންގެ ހާލުވެސް އައަަްޑޫމީހުންނަށްވުރެރަގަޅު ހެންޚަބަރު ތަކުންހީވޭ. ޝިޔާމްއަށްސާބަސް. ތީދިވެހި ދަރިންނަކީ. ތިއީނައިފަރު ނޫނަސް މުޅި ދިވެހިރާޢްޖޭގެއެންމެންވެސް ފަޚުރުވެރިވާ ފަދަ ދިވެހިދަރިއެއް.