ނުރައްކާތެރި ކާރިސާއެއް ކުރިމަތިވާ ހާލަތްތަކުގައި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ( އެމްއޭސީއެލް ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރ އިން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ހުޅުލޭ ކޯޕަރޭޓް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާއެވެ. އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުގެ ފަރާތުން ސޮއިކުރެެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުހައްމަދު ޒުހައިރެވެ.

ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ އެމްޑީއެމްސީ އާއި އެކު ވެވުނު އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ކާރިސާތަކުން ވައިގެ ބަނދަރަށް ލިބިދާނެ ގެއްލުން ކުޑަކުރުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އެއާޕޯޓަކީ ސެކިއުރިޓީ ކަންކަން ވަރަށް ފުރިހަމައަށް ބަލަހައްޓަންޖެހޭ ތަނެއް. އަދި އެއަރޕޯޓުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ހާއްސަކުރެވިފައިވާ އެމްއެންޑީއެފްގެ ޓީމަކާއި އެހެނިހެން ބައެއް ޓީމުތަށްވެސް އެބަތިބި. އަޅުގަނޑުމެން ޑިޒާސްޓާ މެނޭޖުމެންޓާއި އެކު މިވެވުނު އެއްބަސްވުމަކީ ނުރައްކާތެރި ކާރިސާއެއް ކުރިމަތިވާ ވަގުތު ދެފަރާތް އެކުގައި މަސައްކަތް ކުރުމަށް ވެވިގެން ދިޔަ އެއްބަސްވުމެއް. އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ވައިގެ ބަނދަރަށް ލިބޭ ގެއްލުންތަށް ކުޑަކުރުމަށް ދެފަރާތުގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެ" އާދިލް މޫސާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

އަދި ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ އެކި ގައުމީ އަދި ބައިނަލްއަގުވާމީ ވޯކްޝޮޕްތަކާއި މަހާސިންތާ ތަކާއި މީހުން ބިނާކުރުމަށް ހިންގޭ އެކި އެކިި ތަމްރީން ޕްރޮގްރާމްތަކުގައި އެއް މުވައްސަސާއިން އަނެއް މުވައްސަސާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ކާރިސާއެއް ކުރިމަތިވާ ވަގުތު ކަންތަށް ކުރަންވީ ގޮތް ރައްޔިތުންނަށް އަންގައިދިނުމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަށްވެސް އެއްބަސްވުމުގެ ދަށުން ހިންގާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

މީގެ އިތުރުން ކާރިސާގެ ވަގުތުގައި އެއް މުއައްސަސާ އިން އަނެއް މުއައްސަސާ އަށް ފަންނީ އަދި ވަސީލަތުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މިއަދު ވެވުނު އެއްބަސް ވުމުގެ އަމާޒެއްކަމަށް އާދިލް ވިދާޅުވިއެވެ.

ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ކާރިސާއެއްގެ ވަގުތުގައި އެމްއޭސީއެލްއާއި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރ އެކުގައި މަސައްކަތް ކުރުމަށް މިއަދު ވެވުނު އެއްބަސްވުމަކީ ދެ އަހަރުގެ ދުވަހަށް ވެވުނު އެއްބަސް ވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.