ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ނެގި ވެމްކޯ މުއައްޒަފުންގެ ހުރިހާ ރެންޑަމް ސުންކުތައް ނައްސިވެއްޖެއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވަނީ ވެމްކޯ މުއައްޒަފުންގެ ހުރިހާ ސުންކުތަކެއްވެސް ނައްސިވެފައިވާ ކަމަށެވެ.

މިހާރު ކުރިޔަށްގެންދާ ރެންޑަމް ސުންކުރައް ނެގުމުގެ ތެރެއިން، ވެމްކޯ މުއައްޒަފުންގެ ރެންޑަމް ސުންކުތަކެއްވެސް ނަގާފައިވަނީ މީގެ ކުރިން ވެމްކޯގެ ކޯލް ސެންޓާގައި މަސައްކަތްކުރާ މުއައްޒަފަކަށް ކޮވިޑް-19 ޖެހިފައިވަނިކޮށެވެ.

ރާއްޖެއިން މިހާތަނަށް 904 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު އޭގެތެރެއިން 776 މީހުންނަކީ ފިރިހެނުންނެވެ. އަދި މި ބައްޔަށް ފައްސިވެފައިވާ އަންހެނުންގެ އަދަދަކީ 128 އެވެ. ރާއްޖެއިން މި ބައްޔަށް ފައްސިވި 904 މީހުންގެ ތެރެއިން 593 މީހުންނަކީ ބިދޭސީންނެވެ. އޭގެތެރެއިން ވެސް އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޕޮޒިޓިވްވި ތިން މީހުންނާއި ރާއްޖޭގައި ޖުމްލަ 495 ބަންގްލަދޭޝް މީހަކަށް މި ބަލި ޖެހިފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މި ބަލީގައި ތިން މީހަކު ނިޔާވެފައި ވެއެވެ. އަދި އައިސީޔޫގައި ފަސް މީހަކަށް ފަރުވާދެމުން ދެއެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ ދިވެހި ދެ އަންހެނަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުރު

    ފޮޓޯއިން ފެންނަނީ ރައީސްޔާމީންގެ ތަރަށްގީ ދުއާއަކީ ރައީސްޔާމީން އަވަހަށް މިނިވަންވެ ގައުމު އާރާސްތުކުރުމާއި އަދިއެއްފަހަރު ހަވާލުވުމުގެ ނަސީބު މިންވަރުކުރެއްވުން އާމީން.

    5
    4
    • އަދުރޭ

      އަނެއްކާވެސް ރައްޔިތުންގެ އެތައް މިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރި ވުމުގެ ފުރުސަތެއް ދެން ނުދެވޭނެ.

  2. ޖިންނި

    ދެން މާދަން ބުނޭ ފައްސި އޭ!

  3. ނާނު

    ފައްސިއާ ނައްސިއާ މީ ކޮންތާކުން ހޯދައިގެންއުޅޭ ބަސްތަކެއްތޯ ވަގުތުގަ އަހާލަން އަހުން ހަމަ ހޯދަ ހޯދާވެސް ރަދީފަކުން މިބަހެއް ނުފެނުނު