ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ.

މިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕްރިޒަން، އަހުމަދު މުހައްމަދު ވިދާޅުވީ، ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 92 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ނިޔާވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ނިޔާވި އިރު ޙުކުމް ތަންފީޒުކުރަމުން ދިޔައީ ހުޅުމާލޭ ޖަލުގައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން، އަހުމަދު މުހައްމަދު ވިދާޅުވީ އޭނާ ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން އަމަލުކުރަން ޖެހޭ ގޮތާއި އެއްގޮތަށް، ކަމާއި ބެހޭ ފަރާތްތަަށް އެ މަޢުލޫމާތު ޙިއްސާކޮށްފައިވާ ކަމަށެވެ.

މިރޭ ނިޔާވި މީހާ އާއި ބެހޭ އިތުރު މަޢުލޫމާތެއް ކޮމިޝަނަރ އޮފް ޕްރިޒަން، އަހުމަދު މުހައްމަދު ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޗާލު

  ޔާމީނުވެރިކަމުގަ ޖަލުގަ މީހަކު މަރުވެއްޖެއްޔާ ހަވަރު އެއްވާނެ ހީވަނީ ޔާމީނު އެމީހާ ކާލީހެން. މިހާރު އަޑެއްނެތް. ހަމައޯކޭ.

 2. ކޮތަރު

  ނިޔާވި މީހާގެ ނަމާއި އެޑްރެސް އެނގެން އޮތްނަމަ ކިހާރަނގަޅުވީސް.

 3. އެކްޓަރ

  ދިވެހިރާއްޖޭގެ އަމަލް ކުރަމުން އަންނަނީ އިސްލާމީ އުސޫލްތަކާއި ޚިލާފަށް ހުޅަނގުގެ މާއްދީ ވަޝުއީ ޤާނޫނު ތަކާއި އެއްގޮތަށް... 92 އަހަރު މީހަކާއިމެދު އިންސާނިއްޔައްތެއްނެތި ޖަލުގަ އޮވެ ނިޔާވި..ކޮބާތޯ އިހުސާންތެރިކަން.. އެއްވެސް ރަހުމެއްނެތި މިފަދަ ލާއިންސާނީ އަދަބު ދިވެހި ޖަލުތަކުގައި ދިނުން ހުއްޓާލަންޖެހޭ... ޖަލުގެ އަދަބަކީ ސަގާފީ ކަމެއްގޮތުގައި މިއޮތީ... ހަރުކަށި އަދަބަކީ އެއްވެސް ކަމެއްގެ ހައްލެއްނޫން.. ރާބޮއެ މަސްތުވީމަ.. 4 މަސް.. ހިކި މަސްތުވާތަކެތި 3 އަހަރު... ﷲ ސބވތ ސޫރަތުލް މައިދާގެ 90 ގައި ވަހީކުރައްވާފައިވަނީ މަސްތުވާ އެއްޗެހީގެ ވާހަކަ... އަދި ދިވެހި މުޅި ޖީލު މަސްތުވާތަކެތީގައި ޖައްސާ ޒުވާނުން ތާށިކޮށްފަ ތިބީމަ ޤައުމުގެ މުސްތަގްބަލް ބަނަވެ އަދިރިވާނެ... ކޮން 3 އަހަރެއްތޯ އެއީ ކޮން ސައިންސެއްތޯ... ހަމަ ޒުވާނުންނަށް އަދަބްދީ ހަލާކުކޮށްލަން..

  3
  1