ގައިދީއަކު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ނިޔާވީ މާލޭ ޖަލަށް މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޒު ކުރުމަށް ގެނައި ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު) އެވެ.

އޭނާ ނިޔާވީ މިއަދު ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ކަރެކްޝަންސްއިން ބުނީ ރަޝީދު އައިޖީއެމްއެޗްއަށް ރޭ 10 ޖަހާކަންހާ އިރު ގެންދިޔައީ ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު ކަމަށެވެ.

އަދި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ހާލަތު އިތުރަށް ގޯސްވެ ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު ވަނީ މިއަދު ގާތްގަނޑަކަށް 10:40 ހާއިރު އޭނާ ނިޔާވިކަމަށް ކަނޑައަޅާފައެވެ.

ކަރެކްޝަންސްއިން ބުނީ އޭނާ ޖަލަށް ގެނައި ދުވަހު ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައެއް ނުވާ ކަމަށާއި އަދި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ވެސް ނޫން ކަމަށެވެ.

ރަޝީދުގެ މަރާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ވެސް ބުނެފައި ވެއެެވެ.

ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މުގާބޭ

    ކަލޯގަޔާ..މައުމޫނު ނުޥޭ އެކައްޗަކަށް..އަނިޠާވެރިކަން ހައްދުން ނެއްޓިފައި. ކުރީގަވިއްޔާ މައުމޫން ޒިންމާވާން ޖެހޭ.މިހރު ވިއްޔާ އިބޫ ނުެޖެހޭ.އެމް.ޑީ.ޕީ ލޮޖިކް.

    44
    6
  2. އަހުމަދު

    އަސްލު ވީނުވީ އެއް ނޭގި ވާ މަރު މި ފެނިގެން ދަނީ! އިތުރަށް ބަލާ ފިޔަވަޅު އެޅެންޖެހޭ...އިއްޔެ ތިލަވީ ފުވައްމުލައް ގައިދީ އެއް ފަރުވާ ގަސްދުގަ ނުދީ ލަސްވެގެން ދިޔަ ހަބަރު!

    36
    3
  3. ޕޮގުބާ

    މަރާލީމަރުވީއެއްނޫން

    12
    2
  4. ނަޒީ

    ޔާމީން ތިކަން ތިޔަކުރީ! މަރުކޮމެޓީ ރެޑީތަ؟

    16
    3
  5. ނޫރު

    ހުން އައިސް އާދޭސްކޮށް ރުއީ ކިހާވަރަކަށްތޯ.
    އެތަނުގައި ތިބި ގައިދީންނަށް އިނގޭނެ. ރުއިވަރު

    18
    1
  6. ރެފްރީ

    ގައިދީއަކުމަރުވެއްޖެއްޔާ ހާދަވަރެއްމިވަނީ.. އެމީހަކު ގޭގަހުއްޓަސް ވަގުތުޖެހުނީމަ މަރުވާނެ.. އެވަގުތުޖެހޭއިރު ސަޖިދައިގައޮތަސް އަރާމުގަނިދާފައޮތަސް އެވަނީމަރު.. ވީމާ ތިޔަވަރުފުކެއްބޮޑު.. ގަބޫލުކުރާހިތްވަނީ ތިޔަބައިމީހުންނަކީ ފުރިހަމަޔަށްއީމާންވެގެންތިބިބައެއްނޫންކަމަށް

    10
    18
    • Anonymous

      ޖަލުތަކުގެ ހާލަތު ހަމަގޯހީ. އިބޫއަކީ ކަންކަން ބެލޭފެންވަރުގެ އިލްމެއް ހިލްމެއްނެތް ޅޮހެއް ވީމަ ގައުމުގެ ހުރިހާ މުއައްސަސާއެއް ފެއިލްވަމުން މިދަނީ!

      15
      2
      • ރެފްރީ

        ހަމަޖެހޭ ބޭފުޅާ.. މިއުޅެނީމީހަކަށް ކާޑުދައްކާކަށެއްނޫން.. ގައިދީއަކަސް ބަލިވެދާނެ އަދި ފަރުވާދިނަސް މަރުވެސްވެދާނެ.

        2
        2
        • ސަޓޯ

          މިއީ ޕީޕީއެމް ގެ ސަރުކާރެއް ނަމަ ބޭފުޅާ ހަމަޖެހިގެން ގޭގަ އޮންނާނެ ވިއްޔާ!!

  7. ޙަަަހަ

    އެމްޑީޕީ މަގުމަތީއޮތްނަމަ ނޮހޮރުއްޕާނާއި ހަމަވާނެ

    22
  8. ދަރަނި ދަންތުރަ

    ކޮބާ ހައްގުތަކުގެ ރައީސް ، ސޯލިބޭ އަށް ފެނޭބާ ގޮތްނޭގޭ މަރުތަށް އަދިވެސް އަނގަފޭކުރާތި ޗޯރުެ އިބޫ

    9
    1
  9. ުޔތު

    މައުމޫނު ނުވި ހަމަ އެކައްޗަކަށްވެސް

    15
    2
  10. ބަބުރު

    ރ ޔާމީނު ހަދާ މަރުކޮމިސަނުން އިބޫގެ މަށްސަލަބަލާނެ ގައިދީމަރުވިގޮތް މިކޮމިސަނުން ވަރަށްރަނގަޅަށް ބަލާނެ އަދި ކުއްވެރިވީ ކާކުގެއިހުމާލުންތޯ ބަލާނެ.

    9
    1
  11. ސަޓޯ

    މީހުން މަރާ ގަންޖާ ސަރުކާރު އިސްތިއުފާ