ކޮވިޑް-19 އާއި ގުޅިގެން، ރާއްޖެ ފުރަބަންދުކޮށް، މިސްކިތްތައް ބަންދުކުރީ އޯވަރ ރިއެކްޓް ކޮށްގެންކަމަށާއި ކޮވިޑް-19 ގެ ނުރައްކާ ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވާލަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިއަދު އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ސަރުކާރުން ބަންދުކުރަން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރަށް އިތުރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާ، މިހާރު ކުރަމުންދާ ގިނަ ކަންކަމުން ސަރުކާރުގެ ފައިސާ ބޭކާރުވުން ނޫންކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ރަށްރަށުގައި ހުރީ މިސްކިތަށް ނުވެސް އެރޭގޮތަށް ހުރީ. ކޮވިޑް-19 ގެ އަސަރު ނެތް ރަށްރަށުގައި މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރަން ފުރުސަތުދޭންވީ. މިއީ އޯވަރ ރިއެކްޓްކުރަނީ. ފުރަތަމަ އުޅުނީ ކޮންޓްރޯލް ކުރަން. ހުރިހާ ކަމެއް ގޯހެއްނޫން. އެކަމު 1000 ޕްލަސް މީހުންނަށް ޖެހުނީމަ ދެން މިހާރު މީހުން ކަރަންޓީން ކުރުން މިއީ އޯވަރ ރިއެކްޓް ކުރުން. ފުރަބަންދު ކުރީމަ ފުނޑުނީ އިގްތިސާދު. ވިޔަފާރިތައް. އެއީ އޯވަރ ރިއެކްޓް ކުރުން" އުމަރު ވިދާޅުވިއެވެ.

މާލީ ތަނަވަސްކަން ހުރި ބޭރުގެ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމުގެ ވިސްނުން ރަނގަޅު ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކައާ ގުޅިގެންވެސް އުމަރު ވަނީ މީގެ ދެ ދުވަހެއް ވަރު ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ހާއްސަ ތިން ނިއުމަތަކީ އެންމެން އެއް ދީނެއްގައި ތިބުމާއި އެއް ބަހަކުން ވާހަކަ ދެއްކުމާއި އެއް ނަސްލަކަށް ނިސްބަތްވުން ކަމަށެވެ. އެ ތިން ސިފައިގެ ސަބަބުން ދިވެހިންގެ ތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތި ސުލްހަ ވެރިކަމާއެކު އަމާން ކަންމަތީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

މި ތިން ސިފައިގެ ތެރެއިން އެއްވެސް ސިފައެއް ބުރޫ އަރުވާލަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތި ގޮތަކަށް ކަމަށް އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އުސައިދު

    ކޮވިޑް19ގެ ނުރައްކާ އެއްވެސް ރަށަކަށް ނެތޭ އަދި ނުބެނެވޭނެ. މާލޭގަ ނުރައްކާ އޮތްހާ ދުވަހަކު ރަށްރަށަށް ނުރައްކާ އޮންނާނެ. ހުރިހާ އެއްޗެއްސެއް ރަށްރަށަށް ގެންދަނަނީ މާލެއިން. ފުރުސަތުގެ ބޭނުން ހިފައިގެން ސިޔާސީ މަންފާއެއް ހޯދަން އެއްވެސް ބޭފުޅަކު މިވަގުތު ނޫޅުއްވުން އެދެން.

    19
    39
  2. ދިވެހި މީހާ

    ދެންް ތިހެންވިއްޔާ ޢުމަރު ބުނެދީބަލަ ކޮވިޑްގެ ނުރައްކާ ނެތްކަން ޔަގީންވާ ރައްތަކުގެ ލިސްޓް. ޔަގީންވާ ސަބަބާއެކުގަ.

    18
    34
    • ޢުމަރު ނަސީރު

      އައްޑޫސިޓީ އެއްވެސް ރަށެއްގަ ނެތޭ. ހޭބައްޔާ؟

      10
      2
  3. ޢަލީ

    ވ. ރަގަޅު

    26
    5
  4. މުގިރި

    ރަގަޅުވާހަކައެއްބުނީމަވެސް ގޯސްވީއުމަރު. ނުރައްކަލަސްމިހާރުވެސްގިނަކައުމަތަކުގެ ބޯޑަރުހުޅުވާލަންޖެހެނޭ

    18
    5
  5. ޫފާއިޒު

    ޢުމަރު އެބުނަނީ ރަނގަޅުވާހަަކައެއް.ނުރައްކާ ނެތް ރަށްރަށު މިހާރުވެސް މިސްކިތާއި ސުކޫލު ފިޔަވައި އެހެންތަންތަނަށް ބޭނުން މީހަކު ބޭނުން ގަޑިއަކު ގޮސްއުޅޭ.

    37
    5
  6. އަބްދުއްލަޠީފު

    ބުނަން؟ ނޭގޭވާހަކަ ނުދައްކާ. ރީދޫ ބައިގަނޑަށް މިސަރުކާރުން ޖަހާ މަޅިތައް ރޭކާނުލިޔަސް އަހަރުމެން މިސަރުކާރުން ހާވާ ހަޑި ދަންނަން. ބަލި ޖެހިފަ ތިބިމީހުން އެތަން މިތަނަށް ރާޒުވާ ކުޅިހިލާހެން ނުހިލީމަ ބަލި ނުފެތުރޭނެ. ހަންގަނޑޭ ނުކިޔާ. ﷲ ގެ ގެކޮޅުތައް ފަޅު ކޮށްގެން ބަލި އަތުވެދާނެކަމަށް ބުނެ ރައްޔިތުންނަށް ބިރު ދައްކައިގެން އުޅޭ އުޅުމަށް އިނގިރޭސި ބަހުން ހަމަ ކިޔާނީ "އޯވަރ ރިއެކްޓް" ކުރުމޭ. ޢުމަރު ބުނި އެތި ނޭގިގެން ކޮމެންޓް ކުރިޔަސް އަހަރުމެންނަށް އެކިޔާ އެތި އެބަ އެގޭ. ވައްކަން ކުރެވޭތޯ ވީހާވެސް ބުރަ މަސައްކަތް ކުރަމުންދަނީ. 900 މީހުންނަށް ބަލި ޖެހުނު އިރު އޮތީ 814 މިލިޔަން ރުފިޔާ ހަފުސް އަރުވާލާފަ. މީ ޖަހާ ސަކަރާތަކީ. ފިގުހު ވެރިންގެ ބަހެއްނާހާ. ސިއްޙަތާ ބެހޭ ޖަމިއްޔާގެ ބަހެއް މުޅިއަކުން ނާހާ. ކޮންމެ ތަނަކުން ވެސް ތިމާމެން ބޭނުން ތަންކޮޅު ނަގައިގެން މަބްރޫކް ޝޯވް ކުޅުނަކަސް މިކަންތަކުން އަރައި ނުގަނެވޭނެ. ލިޔަން ހުރިވާހަކަ ދިގު ކަމުން ދެން ނެތް ލިޔެވޭކަށް.

    16
    2
  7. އަބްދުއްލަޠީފު

    އަހަރެން މިއަދުވެސް އަތިރިމަތީ ޖޯލީގަ އެތައްބަޔަކާއެކު 2:30 މިނިޓު ވަންދެން ހޭދަކުރިން. މާދަންވެސް ދާނަން. ހަމަ ކޮންމެދުވަހަކުވެސް ދާނަން. ބަލި ނެތިއްޔާ ކޮބާދެން މައްސަލައަކީ؟ މިސްކިތުގަ 2 މީހުން ހަމަކޮށްގެން ތިއްބަ ފެނިއްޖެނަމަ މުދިންބެ 5000 ރުފިޔާ އިން ޖުރިމާނާ ކުރާނެ. ޖޯލީގަ ތިއްބަސް އޯކޭ އޭ.

    14
    1
  8. ށ

    ޙަވީރު މަގުމަތީ ގިނަވެގެން އުޅޭ މީހުން ނާ ރެސްޓޯރެންޓްތަކުގަ ބޭނުން ގޮތަކައް އުޅޭ މީހުން ގޭގެއައް ނުވެއްދޭ ރައްތަކުގެ މިސްކިތް ބަންދު ކުރުމުގެ މާނައެއް ނެތް...
    އެކަން ބަލައެއް ނުގަނެވެ..

    14
  9. ކެނެރީ

    ނުކުރާނެ ތިކަމެއް މި ސަރުކާރު އޮއްހާހިދަކު މި ސަރުކާރުން ތާއަބަދު އެގޮވަނީ މިސްކިއްތަށް ބައްދުކުރާށޭ ލާދީނީ ސަރުކާރަކުން ތިފަދަ ކަމެއް ކޮންފާނެ ކަމަށް ހީކުރައްވެސް ނުވާނެ

    11
    2
  10. ޙސނ

    ވަރަށް ބަރާބަރު ވާހަކަ އެއް! މާ ލަސް ވެއްޖެ ތިކަން ކުރަން.

    16
    1
  11. ދުންތަރި

    ﷲ ގެ ރަހުމަތފުޅުން ދިވެހިރާއްޖޭގެ މީހުން އުޅޭ ގިނަ ރަށްރަށުގަ ކޮރޯނާވައިރަސްގެ އަސަރު ފެނިފައިނުވޭ މިހާލަތުގައި ބަލިރަށްރަށަށް ދިއުމުގެ ފުރުސަތު އޮތްކަމަށްވީނަމަވެސް މިސްކިތްތައް ބަންދުކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަކަށްޤަބޫލެއްނުކުރެވޭ ބަލީގެ އަލާތް ފެނިއްޖެނަމަ ޖަމާޢަތް ހަދުން ހުއްޓުވާލިޔަސް ބަލީގެ އަމާތެއް ނުފެންނަ ރަށްތަކުގައި މި ބަރަކާތްތެރި ރަމަޟަާން މަހުގަ ޖަމާޤަތުގަ ނަމާދުކުރުމާ ތަރާވިސް ނަމާދުކުރުމާ ދަމުނަމާދުކުރުމާ ހުކުރުނަމާދުކުރުން ހުއްޓުވުމަކީ ހިތާމަހުރިކަމެއް މިހާރު މިރާއްޖޭގައި ޖަމާޢަތުގައި ޙުކުރުނަމާދުނުކުރާތާ 02 މަސްވަނީ މީ ވަރަށްދެރަކަމެއް މިކަމުގެ އަސްލަކީ ލާދީނީ ކަންކަމަށް ފުރުސަތު ބޮޑޫކުރުންކަމަށް ދިނަބަޔަކު ބުނަމުންދަނީ

    16
    1
  12. އަލްޖިބްރާ

    އުމަރު މިހާރު މިއުޅެނީ މިއުޅޭ ސޯނޫ އޫޅޭ ފާޑަށް ! ކޮރޯނާ ނެތް ރަށް ރަށަށް ވައިރަސް ނުޖެއްސިގެން މިމީހުން މި މޮޔަވަނީ ! ކަލޭމެންނަކީ ދިވެހިންނަށް އެއްވެސް ހެވެއް އެދޭނެ ބައެއްނޫން ! ކަލޭމެންނަކީ މިޤައުމުގެ ހަލާކު ! ކޮރޯނާ ނެތް ރަށެއްގެ މިސްކިތް މިސަރުކާރުން ހުއްދަ ލިބިގެން ހުޅުވާއިގެން ވައިރަސް ފެނިއްޖެނަމަ މިމީހުން އަގަފުޅާ ކޮށްފަ ސަރުކާރުގެ ނާރޭ ގޮވަމުން ނިކުންނާނެ !

  13. ޙަސަނާ

    މިސްކިތްތައްބަންދުކުރުން މީ ވަރައްބޮޑައްރޭވިގެން ހިންގާޖަރީމާއެއް ދިވެހިންނަކީ އަބަދުވެސް އަޅުކަމާ ދުއާއިން ސަލާމަތްކަން ހޯދާބައެއް އޭގެ ސަބަބުން ﷲ ގެ ރަހުމަތްފުޅު ދިވެހިންނައްލިބޭ މާސިންގާ ކަޑުގަ 6 އިންޗި އުސްމިނުގަ ކުދި ކުދިރައްތަކެއްފެންމަތީ ހުރުންވެސް މީ ﷲ ގެ ނިއުމަތްފުޅު ﷲގެ ގެކޮޅުތަކުގަ ދިވެހި މުސްލިމު އަހުން އަޅުކަންކުރެވޭނެ ގޮތެއްހަދާދެއްވާ މިސްކިތްތަކަކީ ވައިރަސް އުފައްދާތަނެއްކަމައް ދައްކަން ނޫޅުއްވާ ތީވަކިފިކުރަކައް ނިސްބަތްވާ ބަޔަކު ތާއީދުކުރިއަސް ދިވެހިރައްޔިތުން ބަލައިގަންނަކަމެއްނޫން ތިކަމައް ބާރުއަޅާ ގުރޫޕު ރައީސް އޮފީސްތެރޭގަ އެބަތިބި މޑނ ގެ ކަންތަކުގަ ބަދަލުހިފާލަން ލިބުނު ފުރުސަތުގެ ބޭނުން ތިހިފަނީ މިޅިދައުލަތް ކޮންޓުރޯލްކުރާމީހާވެސް ތިކަމުގަ އަޑީގަ ހުންނާނެކަމީ ސައްކެތް ހުރިކަމެއް ނޫން...