ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފް ލިބޭކަން އިހުސާސް ކުރެވޭނެ ކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން އޮންލައިންކޮށް ޝަރީއަތްތައް ބޭއްވުމަށް ނިންމުމުން އެކަމަށް މަރުހަބާ ވިދާޅުވެ އޭޖީ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ތާރީހީ ބޮޑު ބަދަލެއް ކަމަށާއި ޓެކްނޮލޮޖީ ބޭނުންކުރުމުން ހަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޝަރީއަތްތައް އަވަސްވާނެ ކަމަށެވެ. މީގެއިތުރުން އިންސާފު ހޯދަން ހިނގަން ޖެހޭ މަގު ކުރުވެގެންދާނެ ކަމަށް ވެސް އޭޖީ ވިދާޅުވިއެވެ.

"ބޭނުންބޮޑު ތާރީހީ ބަދަލެއް، ޓެކްނޮލޮޖީ ބޭނުންކުރުމުން ހަރަދާއި ވަގުތު ސަލާމަތްވޭ. އަދި ޝަރީއަތް އަވަސްވެ، އިންސާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ. ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީއަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފު ލިބޭކަން އިހުސާސް ކުރެވޭނެ،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އޮންލައިންކޮށް ޝަރީއަތްތައް ބޭއްވުމަށް ނިންމާ މިއަދު ވަނީ އެކަމާއި ގުޅޭ ގަވާއިދެއް އެކުލަވާލައިފައެވެ.

ސުޕްރީމް ކޯޓުގެ އެ ގަވާއިދުގައި ވަނީ ކޯޓުން ފޯރުކޮށްދޭ ހިދުމަތަކީ، ކޯޓަށް މީހާ ކޮންމެހެން ހާޒިރުކޮށްގެން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ކަމުގައި ނުވާނަމަ، އެފަދަ ކޮންމެ ހިދުމަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މުއާމަލާތްތައް ކުރާނީ އީމެއިލް، ޖެމްސް، ޓެކްސްޓް މެސެޖު، ފޯނު ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

ކޯޓުން ބާއްވާ ޝަރީއަތުގެ މަޖިލީސްތަކާއި ބައްދަލުވުންތައް އާންމު ގޮތެއްގައި ކުރިއަށް ގެންދާނީ މައިކްރޯސޮފްޓް ޓީމްސް ނުވަތަ ޓެލެފޯނު ނުވަތަ އެނޫންވެސް ޓެލެކޮންފަރެންސިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުންތަރި

    އިންސާފު ޤާއިމުކުރެވޭކަމަށް ޤަބޫލްކުރެވޭނީ ރައްޔިތުންނަށް އިސްސާފުލިބޭކަން އިހްސާސްވެގެން ޝަރީޢަތްތައް ލައިވްކޮށް ވީޑިއޯ ކްންފަރެސްމެދުވެރިކޮށް ޝަރިޢަތް ހިންގުމަކީ އިންސާފު ޤާއިމު ކުރެވޭނެކަމެއްނޫން ކޮންމެ ހެން މޮޅުވާހަކަ ދައްކަން ނޫލެ

    12
  2. އިންސާފް

    ތީމޮޔައިންތަ ބަލަތިގޮތައް އެންމެންނައް ފެންނަގޮތައް ހިންގިޝަރީއަތަކުން ނޫންތަ ޝަރީއަތްނިމެ ހުކުމްކުރަން ތައްޔާރުވެފައޮއްވާ ފަނޑިޔާރު ބަދަލުކޮއް ހުކުމްކޮއްފަ ކުރީގެރައީސް ރައީސް ޔާމީންޖަލައްލީ އެއީތަ ތިކިޔާއިންސާފު ލިބޭގޮތަކީ އެހެންވިއްޔާ ތިޔައްވުރެ ރަނގަޅައް އިންސާފެއް ބަޔަކައްނުލިބޭނެ

  3. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

    ރިއްފަތު ސްޓަންޓް ޖައްސަން ޚިޔާލީ ފޮލާ ކައްކާނެ ކަމެއްނެތް. މިރާއްޖޭގައި ޢަދުލު އިންޞާފޭ މިކިޔާ ބައިގެ ކުނޑިފުކެއްވެސް ނެތް. ތިޔައީ ޔޯލަ ވާހަކަ ދައްކައިގެން ރައްޔިތުންނަށް އިންޞާފު ހޯދައިދޭނަމޭ ކިޔާ ރައްޔިތުންގެ ބޮލަށް ޗިޕް ޖަހައިގެން ވެރިކަމަށް އައިބައެއް. ވެރިކަމަށް 2 އަހަރު ފުރޭއިރު ކޮން ކަމެއްތޯ ކުރެވުނީ އެންމެ ކުޑަމިނުން. ކޮން ޙުކުމެއްތޯ ތަންފީޛު ކުރެވުނީ.