ރާއްޖޭގައި ކޮވިޑް-19 ޕީކަށް މި މަހުގެ 31 ގައި އަރާނެ ކަމަށް ކުރިން ލަފާކުރެވުނަސް މިހާރު އާއްމުކޮށް އެންމެ ގިނައިން ފައްސިވާ އަދަދުތަކާ އެކު މި މަސް ނިމި، ސާޖެއް (ކުއްލި އިތުރުވުމެއް) ފެންނާނެ ކަމަށް ބަލަނީ ފުރަބަންދަށް ލުއިތަކެއް ދިނުމުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އަމީން ވިދާޅުވީ ފުރަބަންދު އުވާލުމުން ބަލި އިތުރުވި ނަމަވެސް ސާޖެއް އައުމުން ބަލީގެ ތެރޭގައި ހޭދަކުރަން ޖެހޭ މުއްދަތު ކުރުވާނެ ކަމަށެވެ.

"ސާޖެއް ނާންނަ ކަމަށް ވަނީ ނަމަ އޭގެ އުމުރު (ކޮވިޑް-19 ފެތުރޭ މިންވަރު) އިންތިހާއަށް ދިގުވާނެ. އެހެންވީމާ ސާޖްގެ ވަގުތާއި އީޒްގެ ވަގުތު (ލޮކްޑައުން ލުއިކުރުން) އެއްކޮށް ދިމާވީމާ ދެން ސިސްޓަމްގެ ތެރެއިން އަންނަ ޗެލެންޖެސްތައް (ގޮންޖެހުންތައް) ފެންމަތިވެފައި އެ ޗެލެންޖެސްތަކާ އެކު މައްސަލަ ހައްލު ކުރަމުން ދާ ނަމަ މީގެ ތެރޭގައި ތިބެން ޖެހޭ މުއްދަތު ކުރުވާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖެއިން ބަލި ފެންނަ މިންވަރު ހިފެހެއްޓޭކަމުގެ ނިޝާންތައް ފެންނަން ފަށާފައިވީނަމަވެސް، ބަލި ފެތުރުން މުޅިން ކޮންޓްރޯލްކުރެވިއްޖެކަމަށް ނިންމަން އަދިވެސް އަވަސްކަމަށެ

މިނިސްޓަރ ވިދާޅުވީ، ފިޔަވަޅުތައް ލުއިކުރުމުގައި، ރާއްޖޭގައި ފެންނަ ވޭދަނަ (ކޭސް) ތަކަށް އަންނަ ބަދަލުތަކާއި، ފުރަބަންދާއެކު ޙާލަތަށް އައިސްފައިވާ ބަދަލުތަކަށް ވަރަށް ބޮޑަށް ރިޢާއަތްކުރާނެކަމަށެވެ.

މިހާތަނަށް އެއްކުރެވުނު މަޢުލޫމާތުތަކަށް ބަލާއިރު، އެންމެ ފުރަތަމަ މާލޭގައި ބަލި ފެތުރެން ފެށިއިރު ބައްޔަށް ފައްސިވި މީހުންނާއި ބައްދަލުވެފައިވި މީހުންގެ އެވްރެޖް ޢަދަދު 38 އަކާއި 40 ހާއި ދެމެދު ހުރިއިރު، މިހާރު އެ ޢަދަދު 6 އަކާއި 10 އަކަށް ދިރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައްޔަށް ފައްސިވާ މީހުންގެ ޓްރެންޑަށް ބަލާއިރުވެސް ގިނައީ ބައްދަލުވި މީހުންގެ ތެރެއިން ފައްސިވި މީހުންކަމަށާއި، ބިދޭސީންގެ ތެރޭގައިވެސް މި ބަލި ގިނައިން ފެނިފައިވަނީ އެކަހެރިކޮށް، ކަރަންޓީނުގައި ތިބި މީހުންގެ ކިބައިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެ މާނައެއްނޫން އަޅުގަނޑުމެންގެ ތެރޭގައި ބަލި ފެތުރުން މުޅިން ކޮންޓްރޯލްވީއެކޭ. އޭގެ މާނައެއްނޫން ފެތުރެމުންނުދާކަމަކަށް. އެހެންވީމަ މިހެންހުރި ޢަދަދުތަކަށް ބަލާފައި އަދިވެސް މިދަނީ ބަލަމުން ބަލިފެތުރެމުންދާ ނިސްބަތަށް އަންނަ ބަދަލުތަކަކީ ކޮބައިތޯ. މިހާރު ބަލި ޖެހިފައި ހުރި މީހުންގެ ކިބައިން ބަލި ފެތުރުނު މިންވަރަށްވެސް ބަލާނަން ލޮކްޑައުން ފިޔަވަޅުތައް ލުއިކުރުމުގައި" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމާ ގުޅޭގޮތުން ޓެކްނިކަލް ޓީމުން މަޝްވަރާކުރުމަށްފަހު، އެކަންކަން ވަރަށް އަވަހަށް ރައްޔިތުންނާއި ހިއްސާކުރައްވާނެކަމަށެވެ. މިކަމުގައި ސަރުކާރުގެ މައިގަނޑު ވިސްނުންހުރީ ހުރިހާ ފިޔަވަޅުތަކެެއް އެއްކޮށް އުވާލުމުގެ ބަދަލުގައި، ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ލުއިކުރުމުގެ މާނައަކީ ކަންކަން އާއްމު ޙާލަތަކަށް ދިއުންކަމުގައި ނުދެކި، ފަރުދީގޮތުން ރައްކާތެެރިވެ ތިބުން މުހިއްމުކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

"އެއްރަަށުން އަނެއް ރަށަށް ދަތުރުކުރުމާއި، ރަށްރަށުން މާލެއަށް ދަތުރުކުރުމާއި، މުދާ ރަށްރަށް ގެންދިއުމާއި، ރަށްރަށުން މާލެއަށް މުދާ ބަލާއައުމާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރާނަން. ވަރަށް ރަނގަޅު ހަރުދަނާ ނިޒާމެއްގެ ތެރެއިން ލުއިތައް ދެވެމުންދާނީ. މާލޭގައިވެސް ލުއިދޭއިރު، ބޭރަށް ނުކުމެވޭނެ ހާލަތްތަކާއި، ވިޔަފާރިކުރުމަށް އިތުރަށް ދެވޭނެ ފުރުޞަތުތަކުގެ ތަފްޞީލު ހާމަކުރާނަން" ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1274 އަށް އަރާފައެވެ. ނަމަވެސް ސަރުކާރުން މިހާރު ދަނީ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ރޯދަ މުބާރިކް

  އީދު ތަހްނިޔާ! މި މައުލޫމާތު ތަކުން ވަރަށް ބޮޑަށް އޮޅިއްޖެ! ބަލިވާމީހުން ގިނަވާނެ، ގިނަވާނީ 31 މެއި ގަ! މިހާރު މުޅިން އެހެނއ މައުލޫމާތެއް!

  18
 2. Anonymous

  ތިޔައެއްޗެއް ކޮންމެހެންވެސް އަންނަން ޖެހޭތަ؟. ތިޔަ ސާޖެއްނައިސްގެން ކަލޭމެން ކަންބޮޑުވެގެން އުޅޭހެން ހާދަ ހީވެޔޭ. ވަވަތީކުރޮޅި އަށް ނުވެއްޖިއްޔާ ރަނަގަޅު. ރާއްޖޭގައި އަލަށް ދޯނިފަހަރުގައި އިންޖީނުއެޅި ދުވަސްވަރު މާލެއިން ބަޔަކު އީދަށް ތިލަދުންމައްޗަށް ދިއުމަށް އިންޖީނުދޯންޏެއްގައި ފުރީ. މިމާލެމީހުންގެ ތެރޭގައި އަލަށް ކަނޑު ދަތުރުއެރި މީހަކުހުރި. މީސުން ވަރަށް ރީތި.އެހެންކަމުން ރޭގަނޑުވެސް ދަތުރުކުރަން ކައޕި ނިންމީ. ވަވަތީ ކުރޮޅިއަށް ވަރަށް ބަލަންވާނެ. ވަވަތީ ކުރޮޅިން ނައްޓާފިއްޔާ އެއްވެސް މައްސަލައެއް

  17
 3. ނަޖްވާ

  ސާޖެއް ގެންނަން ދޯ އަސްލު ބޭނުންވެގެން މި އުޅެނީ! އެ ބުނާ ގޮތުން ވެއްޖެއްޔާމުން، މި ގޮތަށް ފުރަބަންދުގަ ތިބޭ މުއްދަތު ކުޑަ ކުރެވޭނެ ކަމަށް ބެލެވެނީ!

  16
 4. ބެއްޔާ

  ހުރިހާ ކުދިންނަށް އީދު މުބާރިކް

  18
 5. ކާފަ

  ތިގޮވެނީ މިހައިރު ކޮސް...

  22
 6. ޟމ

  ތިބުނާ އެއްޗެއް ނައިސްގެންތަ ތިއުޅެނީ، ބަލި ވެސް އުޅުނީ ނައިސްގެން މީދެން ކިހާ ދެރަ ކަމެއްދޯ، މާލެއިން ބަލި ނުފެނުނަސް ބޯޑަރ ބަންދު ކުރުމާއި އެކު ފުރަބަންދު ކުރިނަމަ މި ބަލި ޖެހިފަ ހުރި މީހަކު ކުރިނަނަ އެމުއްދަތުގައި ފާހަގަ ކުރެވޭނެ އަދި ކޮންޓެކްސް މަދުވެސް ވާނެ، މި ގޮތަށް މިކަން ދިޔަ ނަމަ މިހާރު މިކަމުން އޮންނާނީ ﷲ ގެ އިރާދަ ފުޅުން ސަލާމަތް ވެފަ، އެކަމަކު މި މީހުން ބެލީ ބަލި ފެތުރުނީމަ އުޅެގަންނަން ދެންވާނީ މިހެން

  17
 7. Anonymous

  މިޔަކީ އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫން. މާދަމާ ޕްރެެސްގަ ބުނެބަ 72000 މީހުން ފައސިވެއްޖޭ

  23
 8. ކާފަ

  ކޮންމެހެން ސާޖެއް ގެންނަން ޖެހޭތަ؟
  ޚޮންމެހެން 2000 މީހުން މަރުވާން ޖެހޭތަ؟
  ކޮންމެހެން 1ލައްކަ މީހުންނަން ބަލި ޖެހެން ޖެހޭތަ؟
  ޢަޅެ ކޮވިޑް ފްރީ ތަނަކަށް މިތަން ހަދަން މަސައްކަތް ކޮއްދެއްވަ ބައްލަވާށެވެ..

  29
 9. ކާފަދ

  ކުރިން ސާޖް އަންނާނެއޭ ކިޔައިގެން ދެއްކި ވާހަކައާ މިހާރު ތިދައްކާ ވާހަކަ ދިމައެއް ނުވޭ. ކުރިންބުނީ 31 ވަނަ ދުވަހު 6000 މީހުން ޕޮސިޓިވްވާނޭ. މިހާރު ތިއުޅެނީ 28 ވަނަ ދުވަހު މީހުން މަގުމައްޗަށް ނުކުންނަން ހުއްދަދޭންވެގެން. ހީވަނީ ގިނަ ބަޔަކު އެއްތަންކުރުވައިގެން ގިނަ ބަޔަކަށް ބަލިޖައްސަން ރާވާފަ އޮތްހެން. އެހެންނޫންނަމަ 31 ވަނަ ދުވަހާ ހަމައަށް ފިޔަވަޅުތައް ދަމަހައްޓާލާނަމަދޯ

  15
 10. އެމަންޖެ

  އަމީނޫ އަވަހައް ތިކަން ހާސިލު ކުރުމައް ފުރަބަންދު އުވާލާ.
  އަންނިވެސް އެބަ ބޭނުންވޭ ތިކަން ތަންކޮޅެއް އަވަހައް ހާސިލް ކިރަން.

  21
  1
 11. Anonymous

  ގޮތް ހުސްވީމަ ތިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަވެސް ދައްކާނެ.

  12
 12. ތޮން

  ތިއުޅެނީ އަނެއްކާ އުނދަގު ކު ރަން. ތިބޭފުޅާގެ މަންމާފުޅޭ ވިދާޅުވެ ބައްލަވާ.

  7
  1
 13. މުހައްމަދު ޝާހް، ރ.ވާދޫ

  ތީ ކާކަށް ނޭންގޭކަމެއް؟ ތިއަނދަވަޅަށް ރައްޔިތުން ތި ވައްޓާލަނީ ތިހުރިހާމަމެއް އެނގިތިބެ، މާމޮޅު މޮޑެލްއެއްހަދައިގެން އެ ތެދުކުރާކަށްނު!

  11
 14. Anonymous

  ދެން ކީއްކުރަން ކުރި ފުރަބަންދެއް. ދެން ރީއްޗަށް ބުނަން ވެއްޖެދޯ ހިސާބު ޖަހާގެން މިކަހަލަ ކަންތައް ދިމައެއް ނުކުރެވޭނެކަން. ފުރަތަމަވެސް ތިޔަ ސާޖެއް ގެނެސް އެންމެނަށް ބަލި ޖެއްސީނަ ދެން އިތުރަށް ޖެހޭނެ މީހަކު ނުހުންނާނެ. ވާނުވާ

  11
  1
 15. މުހައްމަދު ޝާހް، ރ.ވާދޫ

  28 ވަނަދުވަހު ލުއިތައްދީގެން 31 އާ ހަމަޔަށް 3 ދުވަސްލިބޭނެ ޕީކަށް އަރުވާ ސާޖުގެނެސް ކަލޭމެން ހެދި މޮޑެލް ދިމާކޮށް ކަލޭމެންގެ އަންދާޒާ ދިމާކޮށްލަން. ލުޔެއްވެސް ނޫންދޭންވީ އާންމު ހާލަތަށް ހުޅުވާލަންވީ. އޭރަށް އަދި އަވަސްވާނެ ތިކަންވާން. އަދިވެސް ޕޮޒިޓިވްވާވަރުން ކޮންމެދުވަހަކު އެތައްބަޔަކު ޕޮޒިޓިވްވަނީ.

  10
 16. ސާޖު

  ސާޖު ވަޑައިގަންނަވާގޮތަށް ކު ރިން އޮތީ 31 މެއި ގަ ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ލަސްކޮށްލައްވާފަ އޮތީ ސާޖު ވިދާޅުވީ ފު ރަބަންދު ނުނިމެނީސް ވަޑައި ނުގަންނަވާނަމޯ ކޮންމެހެންވެސް ސާޖު ވަޑައިގަނަނަވަން ޖެހޭކަމަށް ވަނީ އޭ ރުން އެބުނާ ޢަދަދަށް މީހުން ގޮވައިގެން ސާޖު އެނބު ރި ދާނެކަމަށް ބެލެވެނީ އެހިސާބުން ކޮ ރޯނާވެސް އެބުނާ އަދަދަކަށް މީހުނަށް ޖެހިފަ ހިގައިދާނެ ކަމަށްވަނީ. ކޮންމެހެންވެސް ހަދާފަހު ރި ތަފާސް ހިސާބުތަކާ ދިމާވާން ޖެހޭނެ އެހެން ނޫނީ ވާނީ ބޭކާ ރު މަސައްކަތަކަށޯ

 17. އުސައިދު

  އަސްލު ވާގޮތަކީ ހައްދުފަހަނައަޅާފަ ހުރި ބޮޑުވަޒީރު ބޭނުންވަނީ އޭނަ ހެދި ހިސާބުތައް ދިމާކުރަން ފުރަބަންދު އުވާލައިގެންވެސް.. އެނުލަފާ މީހާގެ ނުލަފާކަން ފެންނަމުން މިދަނީ. މީގަ އެންމެ ބޮޑު ދެރައެެއް ލިބޭނީ ރަށްރަށުގަ ބަލި ފެތުރެން ފަށައިފިނަމަ. އޭރަށް ހައްދުފަހަނައަޅާފަ ހުރި ބޮޑުވަޒީރު ބުލިގޮތަށް ރަށްރަށުގެ ހެލްތުޕޯސްޓް ތަކުގައި އެޑްމިޓް ކުރަންފަށާނެ. ވެންޓިލޭޓަރެއް އެއްޗެއް ނެތް ތަންތާގަ ހާލަތު ވަރަށް ގޯސް ވުމަކީ އެކަށީގެންވާ ކަމެއް..

  10
 18. ރަނާ

  ލޮކްޑައުން ފިލުވައިފިއްޔާ ސާޖެއް އަންނާނެކަން އެނގޭތީދޯ އެހެން ތި ހަދަނީ،

 19. މާލެ

  ކޮބާސާޖަކި.ކޮންމެެ ވެސް ބަހެއް ހަދަމާ. ވޭތުވެ ދިޔަހާދުވަސްތަކުގަ އަހަރުމެން ދަންނަނި ކަރަން ޓު ސާޖުން ތަކެތި ހަލާކު ވާ ވާހަކަ. މިހާރު މިއޮތީ ބަލިޖެހިގެން ސާޖުވާވާހަކަ. ވީމާ ދިވެހިނަމެއް މިކަމަށް ބޭނުންވޭ. އޭރުން އަރިދަފުސް ރޯގާ ކުށްލިއަކަށް ފެތުރުނަސް އެނަން ކިއިދާނެ.

 20. އައިއޭ

  އާބަހެއް ދަސްވީ ދޯ

 21. ށަރީ

  މިސާޖެއް ނައައިސްގެން ދެފަޔައް ހިނިއަރައިގެން
  އުޅޭ ބަކަރިތަކެން ހެން ތިތިބަ ތެޅިބާލަނީ
  މިދެން ކޮންފަދަ ބަލާވެރިކަމެއްތަ އައިސްގެން މިއުޅެނީ
  ކަންކަން ކުރަން ނޭގެޏާ ރަޖާލައިގެން ގޭގައި ތިބެ ބަލަ. ހަތަރު ލައްކަ އާބާދީއަކީމިމީސްކޮޅުމެނޭޖުނު
  ކުރެވުނުބަޔަކައް ވާނެކަމެއް ނޯއްނާނާނެ.