ކޮވިޑް-19އިން އަރައިގަނެވޭނެ މަގު ފެނިފައިވާ ކަމަށާއި، މިކަމުން އަރައިގަނެވޭނީ ޑޮކްޓަރުން ދެއްވާ އިރުޝާދުތަކާއި ލަފައާއި އެކީގައި މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސާލިހު ވިދާޅުވި، ކޮވިޑް-19ގެ ބަލި މަޑުކަމާއި އެކީގައި ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ދަތި އުނދަގޫ ދުވަސްތައް އެމަނިކުފާނަށް އިހުސާސު ކުރެވޭ ކަމަށެވެ.

"ގޭގައި ތިބެން ޖެހުން، ހާއްސަކޮށް މޭލޭގެ ކުދިކުދި ތަންތަނުގައި އެހެން ތިބެން ޖެހުނީމަ އެ ވާނެ އުނދަގުލާއި ދަތި އަޅުގަނޑުމެންނަށް އިހުސާސު ކުރެވޭ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު މިވަގުތުވެސް ހުރިހާ ރައްޔިތުންނަށް ފަރާތުން އެދޭ އެދުމަކީ ޑޮކްޓަރުންގެ ލަފައާއި އެއްގޮތަށް އަމަލު ކުރައްވަމުން ގެންދެވުމަށް ކަމަށެވެ. އަދި ދިވެހި ރާއްޖެއިން މިކަމުން އަރައިގަތުމަށް މަގު ފެނިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަތުމަށް މިހާރު މި ވަނީ މަގު ފެނިފައި، އެކަމަކު މިކަމުން އަރައިގަނެވޭނީ އެ އިރުޝާދުތަކާއި ލަފައާއި އެކީގައި މަސައްކަތް ކޮށްގެން". ރައީސް ވިދާޅުވިއެވެ.

އަދި ﷲގެ އިރާދަފުޅާއެކު އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ބޭރަށް ނުކުމެ އާއްމު ދިރިއުޅުމައިގެން އުޅެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 1313 އަށް އަރާފައެެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން 1179 މީހަކަށް މިހާރު ފަރުވަދެމުން އަންނައިރު، ބަލި ޖެހުނު 128 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު ހަތަރު މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑް-19ގެ ފުރަތަމަ ވޭދަނަ (ކޭސް) ފެނުނުތާ މިހާރު ވަނީ 78 ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަބްދުލް މަތީން

    ރާއްޖޭގެ ބަޖެޓްތަކާއި ހިލޭ އެހީތަށް ޗީސް ލާފައި ދާމަގު ކަލެޔަށް ފެނިފައި އޮތްކަން ނޭނގޭ ބޮންދެއްވެސް ނެތް މިގައުމުގަ..

    40
    3
  2. މަރީ

    ހެޔޮނުވާނެ މާލޭގައި ތާށިވެ ނުދެވިތިބިމީހުން ވީހާވެސް އަވަހަށް ފޮނުވާދީބަލަ ، ކޮންމެ ދުވަހަކު ބޮޑެތި ދޮގުހަދާ އޮޅުވާލުން ނޫންކަމެއްނޯވޭ ، 24 ގެ ކުރިން އެންމެން ފޮނުވާނަމޭ ބުނި ، ވަރަށް ދަތިހާލުގައި މިހާރުވެސް މިއުޅެނީ ، ގުޅީމާ ބުނަނީ ނަން ނޯޓް ކުރިންހޭ ، ޢައެކޭ ބުނީމާ ބުނަނީ ބަލާފައި ޖަވާބެއް ދޭނަމޭ ، ޖަވާބު ލިބޭ ދުވަހެއް ނާދޭ

    48
    1
  3. ސަމްސިއްޔާ

    މަގަކީ ޓެސްޓް، ޓްރޭސް އެންޑް އައިސޮލޭޓް. މިއި ޑަބްލިއު އެޗްއޯއިން ބުނާގޮތް. ތިޔަ އިބޫގެ ސަރުކާރަށް ޕީސީއާރު މެޝިންގަންނަން ނުލިބެއޭކިޔަކިޔާ ހުއްޓާ އެޑީކޭ ގައި މެޝިނެއް ބެހެއްޓީ، މައިނާ ގުރޫޕުން މެޝިނެއް އެހަދިޔާ ކުރީ. މަގު ފެނުނަސް އިނގުނަސް އެމަގުން ދާން އިނގިގެންދޯ ކަމެއް ހާސިލް ކުރެވޭނީ. މޮޅަތި ވާހަކަ ނުދައްކާ އަނގަމަޑުން ލައިގެން ހުރިއްޔާ ރަނގަޅުވާނީ. ކޮންމެ ޚިތާބެއްގައި އަރާފައި ރައްޔިތުންނޭބ ކިޔައިގެން އަނގަފުޅާކުރާތި.

  4. ސްލޭމާން

    އެމަަގަ ކީ ޖަހަންގީރު ގަދަ ކަމުން ވެރި ކަމަށް އަރަން އުޅެނީ ކަކމަށް އާޓު ދައް ކާ ސިޔާސީ ދެއުޅިއެއް ނުވާ ލީޑަރު ހެދިފައި ތިބި މީހުންނާ ޒައީމުން ވާވައްދާ ރައްޔިތުން ވާނުވާގާއި ބައިތިއްބާ ޖަހަންގީރު ގެނެސް ބޮޑު ވަޒީރުކަން ދިނުން. ރިސޯޓް އޯމަރުން ޖަހާހާ ބެރަކަކަކ ކަމް ތިބީ މަށަން

  5. ތާކިހާ

    ޗައިނާގެ ކޮންމެވެސް ވަރެއްގެ އާބަހެއްލިބިނީމަ ފޮނި ބޮޑު ވަނީ ދޯ؟ ކޮބާ ތަ ގެރި މޯޑީ ، އަނެއްކާ ގެރިބެ ބުނީތަ މަގެއްދައްކާނަމޭ . ޞާލިހް ތިޔައީ ވާ ވެރިއެއް ސާބަސް ކަލެއަށް

  6. އިކުރާމް

    ނޭގިތިއްބާއަޅުގަނޑުމެންމިތިބީމުދަލު
    ޒަކާތްވާޖިބުވެފަަ މަހުޝަރުބިމުގައި
    ޖަވާބުދާރީވާޖެހޭއިރު އަޅުގަނޑުުުުުުުުމެންގެ
    ހައްގުފައިސާނުދީހިފެހެއްޓިބަޔަކުމިކަމުގެ
    ޒިއްމާނަގަންޖެހޭނެކަންހަނދާންކުރައްވާތި

  7. ސަމި

    މިވައިރަސް ފިލީމަ ތިޔަހެން ބުނަން މަޑު ކުރޭ.

    29
  8. ޔެ އަންދާ ޤާނޫނުހެ އަންދާ ޤާނޫނުހޭ

    އަވަހަށް އިސްތިއުފާދީފައި ޤައުމު ހިންގޭވަރުގެ މީހަކާއި ޙަވާލު ކުރަން ފުރުޞަތުދީ. ދެން ނުހިފެހެއްޓޭނެ ރައްޔިތުންނެއް. މަގުމައްޗަށް ވެސް ނިކުންނާނެ. ކޮވިޑް - 19 މިރާއްޖެ އެތެރެކޮށް ބަލި ޖެއްސީ އެޖެންޑާ - 19 ގެ ދަށުން.

    42
    3
  9. އަރައިގަންނަމަގު

    ޢެއީ މަޖީދީމަގާއި ޗާނދަނީމަގު އެމަގުންކަމައްވަނީ މިކަމުން އަރައިގަނެވޭނީ

    41
    2
  10. ކާފަ

    58 ވެސް މީ 50-30 ދެމެދުގެ އަދަދެއް. ޢަލުން މެތްސް އޯލެވެލް ހަދަން މިޖެހުނީ...
    ޜާއްޖޭގެ 58 މީ ޗައިނާގެ އާބާދީގެ ނިސްބަތުން 154,594 މީހުން ދުވާލަކަށް.
    މުޅި ޗައިނާއިން 5 މަސްދުވަހުން ޖެހުނު އަދައްވުރެން ވެސް ބިޑި އަދަދެއް.
    ޢެކަމު ފަޅާ ކަރާތަކުގެ އޮއް ބުރާވަރުން މިއުޅެން ޖެހެނީ...

  11. Anonymous

    އެ މަގު އޮންނާނެ އެޖެންޑާ 19 ގަ މާކުރިން ވެސް ލިޔެފަ!!