ޖަލުތަކުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ދޫކޮށްލި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ނެޓްވޯކަކަށް ނިސްބަތްވާ އެއްވެސް މީހަކު ނުހިމެނޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަރީއަތް ނިމެންދެން ބަނދުގައި ތިބި ބައެއް މީހުން ދޫކުރާ ވާހަކަ މީޑިއާގައި ރިޕޯޓްކުރުމާއި އެކު އެކަމުގެ ސަބަބުން މުޖުތަމައުގައި ކުށް ގިނަވާނެ ކަމަށް ބުނެ ޕީޖީއަށް ވަނީ ބައެއް ފާޑުކިޔުންތައް އަމާޒުވެފައެވެ. ޚާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ މުޖުތަމައުއަށް އޭގެ އަސަރު ކުރާ ކުށްތައް އިތުރުވެދާނެ ކަމަށް މީސް މީޑިއާގައި ޚިޔާލުފާޅުކުރި ބައެއް މީހުން ބުންޏެވެ.
ޕީޖީ ޝަމީމް "ވަގުތަށް" ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 30 މީހަކު ޝަރުތުތަކަކާ އެކު ދޫކޮށްލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެ މީހުންގެ ތެރޭގައި ސީރިއަސް ކުށްތައް ކޮށްފައިވާ މީހުން ނުހިމެނޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ކުޑަ ކުއްޖަކާއި ބެހުނު މީހެއް ނުހުންނާނެ. މީހަކު މަރާލި މީހެއް ނުހުންނާނެ. މަސްތުވާތަކެތީގެ ވެސް ގްރާމް ހަމަނުވާ މީހުން ތިބޭނެ، ބޮޑު ގްރޫޕެއްގެ މީހެއް ނުހުންނާނެ. ނުރައްކާތެރި މާރާމާރީގައި ހިމެނޭ މީހެއް ނުހުންނާނެ. ސީރިއަސް އެއްވެސް ކުށެއްގެ މީހަކު ނުހުންނާނެ. ކުދި ތަންތަނުގައި ގިނަ މީހުން ތިބުން، އެއީ ހޯމް މިނިސްޓަރގެ ވެސް ސީޕީގެ ވެސް އެންމެ ބޮޑު ކޮންސާން އަކަށްވީ. މިހާރު އެކަން ނިމިއްޖެ. މި ދެ ދުވަހަކު މި ނިމުނީ." ޝަމީމް ވިދާޅުވިއެވެ.
އެ ސިޓީއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަތައް ބަލަމުންދާކަން ޕީޖީ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
ދޫކޮށްލި މީހުންނަށް ކުރިމަތިކުރުވި ޝަރުތުތަކުގެ ތެރޭގައި މާލެއިން ނުފުރުމާއި، ކޯޓަށް ހާޒިރުވުމާއި، އިތުރު ކުށެއް ނުކުރުން ހިމެނެއެވެ. އެއްވެސް ޝަރުތަކާއި ޚިލާފުވެއްޖެ ނަމަ އެ މީހުން އަލުން އަނބުރާ ބަންދަށް ގެންދެވޭނެއެެވެ.
ޝަމީމް ވިދާޅުވެދެއްވަބަލަ ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ މ.ޏަމްޏަމްގެ އިސްމާޢީލް ޝަރީފް ހައްޔަރު ކޮށް ޝަރީއަތް ނިމެންދެއް މުއްދަތު ޖަހާފައި އޮތީ ކޮން ކުށަކާއި ގުޅިގެންކަން . ނިމިގެންދިއަ ރޯދަމަހު ލިބުނު ސަވާބު ގިނަވެގެންދޯ ތި ދޮގު ހަދަނީ
ވަރަށް ދަންނަ މީހެއް. ވަރަށް ފޭކު މީހެއް. ޕީޖީ އަކާށް ހުންނަން ކަމުދާ މީހެއްނޫން
ދަންނަ އެކަކު ދޫކޮށްލި. މަސްތުވާތަކެތި ވިއްކާ ބޮއެ ވައްކަންކޮށްހަދާ
ބަލަ ޝަމީމޫއެވެ. އިތުރުފުޅު ނުހައްދަވާށެވެ. ދެން މ.ޏަމްޏަމްގެ އިސްމާއީލް ޝަރީފް އަކީ ކިހިނެތް ދޫކޮށްލި މީހެއްތޯއެވެ. އެބޭފުޅާއަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޮޑު ޑީލަރެކެވެ. ތިކުޅުއްވާ ގޭމް އެނގޭ ދިވެހިން ބައިވަރެވެ. ނޭނގޭކަމަށް ހީފުޅު ނުކުރަށް ވާށެވެ. ހުދު އޭނާގެ އާއިލާއަށް އޭނާދޫވާކަން ކުރިން އެންގެއެވެ. އެމީހުންވަނީ އެމްސީހަމީދު ބޭނުން ނުވިޔަސް އޭނާ ވަރަށް އަވަހަށް ޖަލުން ނެރޭނެކަމުގެ އިންޒާރު ފުލުހުންނަށް ދީފައެވެ. ދޫކޮށްލީ ފުލުހުންނަށް ވަގަށެވެ. ދޫކޮއްލިކަން ފުލުހުންނަށް އެނގުނީ ދޫކޮށްލިފަހުން މެއެވެ. އަރިސްކުދިން ލައިގެން ރިވިއު ކޮމެޓީ ތިތާތެރޭ ހައްދަވައިގެން ތިޔަކުޅޭ ގޭމަކީ މަނިކުފާނު ބޭނުންވާ ބަޔަކު ދޫކޮއްލުމަށް ބޭނުންވާ މީހަކަށް ދައުވާނުކުރަން ކުރައްވާ ކަމެކެވެ. ކޯޓުގައި ޝަރީއަތްނިމި ހުކުމާ ހްމައަށް ގޮސްހުރި މަނިކުފާނު ބޭނުންވާ ޑްރަގް ޑީލަރުންގެ މައްސަލަތަށްވެސް އަނބުރާގެނެސް މަސްލަހަތު ނެތޭބުނެ ނިންމަވަމުން ތިޔަގެންދަވަނީ ޕާޓީގެ ނުފޫޒުން ނޫންދެން ކޮންކަމަކާހެއްޔެވެ. މިފަހަރު ތިކުޅުނު ގޭމަކީ އިއްސެ ދޫކޮށްލަން ކުޅުނުގޭމެއްކަން އެނގެއެވެ.
ތިޔައީ ބޭފުޅަގެ ޕާޓީގެ އެދިލެއްވުމަށް މިނިސްޓްރީގަތިބި އެކްޓިވިަސްޓުން ފޮނުވި ލިސްޓެއް ޕޮލިސްގެ ބަހެއް ނުހޯދާ. ދޫކޮށްލި މީހުންގެ 99.9% އަކީ މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުން ގްރާމް ހަމަނުވާ މީހަކު މަސްތުވާތަކެތީގެ މައްސަލައިގަ ޝަރީއަތް ނިމެންދެން ބަންދު ނުޖަހާނެކަން ބޭފުޅައަށް ނޭނގެނީ ފޮތްކިޔާލެއް މަދުވީމަ
ޗައިނާފްލެޓްގެ ފުރާޅުތައް މަސްތުވާތަކެތީގެ ކިއްލާތަކަކަށް ބަދަލުވަމުންދާ ޚަބަރު ދަނީ އަޑުގަދަވަމުން