ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް އަންނަ ހަފްތާގައި އައްޑޫ އެއިމްސް ކްލިނިކްގައި ގާއިމު ކުރެވޭނެ ކަމަށް އެއިމްސް ކްލިނިކް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހަފްތާގައި އައްޑޫ ސިޓީ ފޭދޫ އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ގާއިމް ކުރެވޭނެ ކަމަށެވެ. މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

https://www.facebook.com/useridajied/posts/10101096928034340

މާލޭގައި ކޮވިޑް-19 ފެތުރެން ފެށިތާ ދޮޅުމަސް ދުވަސް ވެފައި ވާއިރު އަދިވެސް އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުން ވެސް ގެންދަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ހަމަޖެހިފައެއް ނުވެއެވެ.

ދެހާސް ފަނަރައިގައި ފޭދޫގައި ހުޅުވި އެއިމްސް ޑައިގްނޯސްޓިކް ސެންޓަރަކީ ފޭދު އަށް ނިސްބަތްވާ މަޝްހޫރު ވިޔަފާވެރިޔާ ހެޕީ މާކެޓްގެ ވެރިޔާ މުހައްމަދު ނައީމް (ހެޕީ މާކެޓް ނައީމް) ގެ ހިއްސާ އޮންނަ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯދި

    ސަރުކާރުން ކޮވިޑައް ޓެ ސްޓުކުރާ މެށިނެއް އައްނަނީ ކިޔެކިޔެ ހުއްޓާރ އޭޑީކޭގަ މެށިންބަހައްޓާއިފި ރި ސޯޯޓަަކުުންް މެށިނެއް ރާޖެގެނެ ސް ސަރުކާރައް ހަދިޔާކޮއްފި މިހާރުއެއޮތީ އައްޑޫއަށް އަމިއްލަ ކުލިނިކަކުން ގެނެ ސް ކޮވިޑައް ޓެ ސްޓު ކުރާމެށިިިިިނެއް އެބެހެއްޓީ އަދިވެ ސް ސަރުކާރުން ގެންނަ ކޮވިޑު މެށިން އައްނަނީ އައްނަނީ.

    15
  2. ކަމެއްނުވާކަން ދެއްކުން

    ފުލުހުން މިރޭ ބާއްވަމުންދާ ޕްރެސް ގައި އެބުނީ މިދުވަސްކޮޅު ހިނގާފަ ހުރީ "ސައިކަލެއް ވަގަށް ނެގުން ކަހަލަ ވަރަށް ކުދި ކުދި ވައްކަން"

    އެއީ ތެދެއް. ބޮޑީސްޕްރޭ ފުޅިއެއް ވަގަށް ނެގީމަވެސް ޖަލަށް ލައިފަ ވަނީ.
    މާދަން ދާނަން 20ރ ހިފައިގެން ސައިކަލެއް ގަންނަން.

  3. ކާފަބޭ2020

    އެބޭފުޅުންނަށް މިކަންވެސްވާނީކުޑަކަމަކަށް ، 4 މިސްކިތަކުން 18ފަންކާ 1މައިކު ވަގަށްނަގައިފި މިޢީ އެންމެ ބޮޑެތިސައިޒުގެފަންކާ ދެންއޯކޭތާދޯ؟

  4. Anonymous

    ސަ ރުކާ ރުން ހުއްދަދޭނެބާ؟