މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ވިޕާއި ހިލާފަށް ވޯޓް ދެއްވި ހަތަރު މެންބަރުންގެ މައްސަލަ ބަލާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައެވެ.
މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންޒަރު ވަރައްސާފު ކަމަށާއި އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަބަންޖެހޭ އެއްޗެއްނޫން ކަމަށެވެ. 19 ވަނަ މަޖްލީހުގެ ކިތަށް މެމްބަރުން ވިޕްލައިނާ ދެކޮޅުހަދައިފިތޯ ވެސް މޫސަ ސުވާލު ކުރެއްވިއެވެ. ނަމަވެސް މޫސައަށް އައިފަދަ "ޙުކުމެއް" ނާންނަ ކަމަށާއި އެއިން މައްސަލައެއް ނުވެސް ބަލާކަމަށް މޫސަ ވިދާޅުވިއެވެ. ރައީސް ޞާލިހާއި ރައީސް ނަޝީދު ޓެގް ކުރައްވާ މޫސަ އިތުރަށް ވިދާޅުވީ ލީޑަރުންނަށް ބިރަކަށްވީމަ ޕާޓީން ބޭރުކޮށްލުންއެއީ ތިބޭފުޅުންގެ އިންސާފު ކަމަށެވެ.
މޫސަ އެމްޑީޕީން ވަކިކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު މުހައްމަދު މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓް ދެއްވި މައްސަލައިގައެވެ. ނަމަވެސް އޭރު މޫސަ ގެންދެވީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
އާޒިމް، މޫސަގެ ޓްވީޓަށް ކުރި ރިޕްލައިގައި ވިދާޅުވީ ވިޕްލައިނާއި ހިލާފު މެންބަރުންގެ މައްސަލަ ބަލާނެ ކަމަށާއި ޤަވައިދުގައި އޮތް ގޮތައް ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. "މިއީ އެމްޑީޕީ" ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
Noon Moosa mahsalaves balaane Qavaaidhugai vaagothah fiyavalhuves alhaane mee MDP
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) May 28, 2020
ޤާނޫނު އަސާސީ އިސްލާހް ކުރަން ސަރުކާރުން ހުށަހެޅި ބިލާއި ގުޅިގެން ނެރުނު ވިޕްލައިނާއި ހިލާފަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
ޕާޓީން އައުޓް ކޮށްލާ. ތީ އަންނި ގެ ފޮޓޯ ހިފައިންގެން ހޮވުނު ވީހުނެއްނު
އަންނި ފޮޓޯ ހިފައިގެން ހޯދި އެއްވެސް ވޯޓެއް ނޯންނާނެ. އަންނި އަށް ލިބޭނެ ވޯޓެއް މިދިޔަ 3 އަހަރަކުނެއް. އިބޫ ވެސް ހޮވިފަ އިނީ އަންނި ފޮޓޯހިފާގެން ނޫން. އެކަންސާފު އިބޫ ހޮވުބު ރައީސް ކަމަށް ހޮވުނީ 4 ފާޓީ އެއްވެގެން، ވަގު އެކަނި ނިކުމެގެން ހޯދިވަރު މާގިނަ. ކޮބާ އަންނި ފޮޓޯ
ވިޕްލައިންނާ ޚިލާފްވި އެމްޑީޕީ މެމްބަރުން ވަކިކުރާކަށް ހާދަ ހީނުވޭ ކެރޭނެހެން.
އާޒިމުގެ ބަހާޢަމަލާ ދިމާއެއްނުވާނެ މިދާ ކޮވިޑުގައި ދާއިރާމީހުންގެ ޙާލުބަލައިލާންނުކެރުން އޭނަ މުއްސަނދިވީމާ އެވާހަކަ މަޖިލީހުގައިގޮވީ ކިތައްމީހުން މިތިބީ ހާލުގައި ޖެހިފައި، ވާހަކަދައްކަން މޮޅުވާނެ އާޒިމް ފޭލިވެއްޖެ
ނުކެ ރޭނެ މޫސަޔާ ދޭތެ ރޭ އެޅިގޮތައް ފިޔަވަޅު އަޅާކަށް
ކޮން ވިޕެއް. އެމީހަކު އަމިއްލަ އިހުތިޔާރުގަ ދޭން އޮންނަ އެއްޗެއް ވޯޓަކީ. އެކަމަކާ ނުބެހެވޭނެ.
ތި އާސިމަކީ އެއްވެސް ކަމެއްވާ މީހެއް ނޫން . އެއްވެސް ކަމެއް ނުކު ރެވޭނެ
ނުކުރޭނެ..އާޒިމް އެޢީ ފައްސޭ ދުއްވާ މީހެއް..ކުރިން ޑީއާރުޕީގަ އުޅެފަ މޑޕ އަށް ދިޔައީ..އިންތި މެންނަކީ އަބަދުވެސް މޑޕ އަށް ވަފާތެރި މެންބަރުން..
މޫސަ ބުންޏަސް ތެދު ވާނީ ތެދަށް.
ޑީ.އާރު.ޕީ މީހަކު މީ އެމް.ޑީ.ޕީ އޭ ބުނުމަކުން އިންތިމެނަށް ކަހިރުވަކޭވެސް ހީނުވާނެ..
ޢާޒިމަށް ދަންނަވާލަން އޮތީ ތިމާ ކިތަންމެ މޮޅޭ ބާރެއް އެބައޮތޭ ހީވިޔަސް ތިޔައީ ކުށްހީއެކޭ އެއްކަމެއްވެސް ނުކުރެވޭނެ
މާލަސްވެއްޖެ ބަލަން! އަވަހަށް ބަލަންވީ! ވާނެ އެއްކަމެއްވެސް ނޯންނާނެ! ކުރެވޭނެ ކަމެއްވެސް ކުރާނެ ކަމެއްވެސް ނޯންނާނެ! މާބޮޑަށް ބަލަން ހަދައިގެން އާޒިމްގެ ދުވަސް ދާނީ! ވޯޓް ނުދިނީ އަންނިގެ ޕަޕެޓުން! އެހެންވީމަ ކީއްކުރާނީ! އެއްކަމެއްވެސް ނުކުރެވޭނެ!
ތީ ހަމަ އަންނި ރާވައިގެން ކުޅޭ ގޭމް. ރައްޔިތުން ނަން އަދިވެސް މި ސިޔާސީން ކުޅޭ ކުޅިވަރު ފަހުމް ނުވަނީބާ؟ މަޖިލީހުގެ ރައީސް ކަމަށް އަންނަން ވެސް މީގެ އެޕިސޮޑެއް ކުޅުނުކަން މިހާރު ހަނދާން ނެތުނީ؟
ފިތުނައިގެތެރޭގައި ފިތުނައިގެ ނިޒާމު އޮތްހާދުވަހަކު އޮންނާނީ. ރެޑްބަލޫން ކުދިން ތިބޭނެ ހޭން.
ޏެނގެނީއެއްނޫން! އެނގެން ބޭނުންނުވަނީ! އަނެއްހެން ބުނަންޏާ އެނގޭކަންވެސް ނޭނގެނީ! ނޭނގޭކަންވެސް ނޭނގެނީ!
އޯކޭ ތިޔައީ ވަންމޭން ޕާޓީ. ޕާޓީއިން ވަކިކުރިޔަސް އޯކޭ. އަދިވެސް ކުރާނަން. އެހެންނޫނީބޭރުކުރޭ ކޮންމެވެސް އެކަކު މަނޫނީ އޭނަ.
ވިޕްލައިނާ ހިލާފުވި މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ އޮން....
ހަމަ އެކަކު ވެސް ވަކިކުރާކަށް މިފަހަރަކު ނުކެރޭނެ. 4 މެންބަރުން ނަށްވެސް އެކަން އެނގޭނެ.
އަމާބުނީތީ ފަރަށްދާހެން ތިމައްސަލަ ބެލޭނީ ، އާޒިމޫ ބޯއޮތް ތަނަށް ނަގޫ އަންނައިރު ހިންދުކޮޅު އަންނާނެ ކުއްލިއަކަށް ހުރަހަކަށްވެގެން ކުރިމައްޗަށް، ދެންޖެހޭނީ ހުއްޓާލަން ، ގަދަބަސް ނުބުނޭ އިއްޒަތްތެރި މެންބަރު އާޒިމޫ އަނެއްކާ އިއްޒަތްތެރި މެންބަރު އިންތި ޔާ ދެކޮޅަށް ކުޅެން ޔިޔަ އުޅެނީ. އަހުރެން ދެކޭނަމު ކަލޭ ފިޔަވަޅު ދެކޭނަން ހުޅުނބު ދާތަން
އާޒިމްގެ ދެއްކިވާހަކަޔަކީ އެވާހަކައިން
މިހާ ރު ރައްޔިތުން އެންމެކަންބޮޑުވެފައިވާ
ކޮވިޑު19ގެ ކަންކަމުގައި ސަ ރުކާ ރުފެއިލްވެ އެވާހަކަދައްކާތީ ރައްޔިތުންގެ ވިސްނުން އެހެންދިމާލަކަށް ބަދަލްކޮއް
ލުމަށްދެއްކި ވަ ރައްހީލަތްތެ ރި ވާހަކައެއް
ދިވެހިން މިކަހަލަ ވާހަކަޔައް ކިޔާއުޅެނީ
"ދެބޯގެ ރިދުއްވުން" އެއީ އަސްލު ކަންތައްފޮ ރުވާ އެހެންކަމަކާ ދިމާލަށް މީހުންގެވިސްނުން ބަދަލުކު ރަން ކު ރާކަންތަކަށް ދިވެހިން ކިޔާގޮތް