މަޖިލީސް މިގެންދަނީ ތިނޯހެއްގެ ފަގައިން ގެންދާ މިސާލުން ކަމަށާ ގޯހެއް ނުހިނގާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް، މަޖިލީހުގައި ކައުންސިލަރުންގެ ދައުރު ދިގުދަންމާލުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެންނަނީ ރަނގަޅަށްތޯ ސުވާލު އުފެއްދެވުމުން އެކަމަށް ޖަވާބުދެއްވަމުންނެވެ.

ތޯރިގް ވިދާޅުވީ ހުށަހަޅާފައިވާ ބިލަކަށް އިސްލާހު ހުށަހަޅާއިރު މަޖިލީހުން ބަލަން ޖެހެނީ މަޖިލިސް ޤަވާއިދުގެ 94 ވަނަ މާއްދާއަށްކަމަށެވެ.

އެގޮތުން މަޖިލީސް ޤަވާއިދުގެ 93 ވަނަ މާއްދާގައި ބުނަނީ އިސްލާހު ހުށަހެޅޭނެ ގޮތް ބަޔާންކޮށްފައި ވާއިރު 94 ވަނަ މާއްދާގައި ބިލަކަށް ހުށަހެޅޭ އިސްލާހަކީ އެ އިސްލާހު ހުށަހެޅޭ މާއްދާ އާއި ގުޅުން ހުރި އިސްލާހަކަށް ވާން ވާނެކަމަށް ބަޔާން ކުރާކަމަށާ، 94 ވަނަ މާއްދާގެ (ހ)ގައި ބިލަކަށް ހުށަހެޅޭ އިސްލާހަކީ އެ އިސްލާހަކާއި ގުޅުން ހުރި އިސްލާހަކަށް ވާން ވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު މަޖިލީހަށް ބިލެތްދޫ ދާއިރާގެ މެމްބަރު ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ޤާނުނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ހުށަހަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ޤާނޫނުގެ 4 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅީ. ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ހުށަހަޅާފައެއް ނުވޭ މިހާރަކު ޗެމްބަރަކު. އެހެންވީމަ މިހާރު ޗެމްބަރުގައި ނެތް މާއްދާއަކަށް އިސްލާހު ހުށަހަޅައިގެން ޤާނުނު އަސާސީގެ ނައްސަކަށް އިސްލާހެއް ހުށައެއް ނޭޅޭނެ. އަޅުގަނޑަށް ފެންނަނީ މިހާރު މިއޮތް ގޮތުން ކަމަށް ވެއްޖެ ނަމަ، މި ބިލު މިހާރު މިތަނުން ބާތިލްކުރުމަށްފަހު އާ ބިލެއް ހުށަހަޅައިގެން ޚާއްސަކޮށް އެމްޑީޕީ މެމްބަރުން ބޭނުންފުޅުވާ ގޮތަށް ކުރިއަށް ގެންދިއުން." އޭނާ ވިދާޅުވިއެވެ.

ތޯރިގްގެ އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝިދު ވިދާޅުވީ މަޖިލިސް ޤަވާއިދުގެ 93 ވަނަ މާއްދާގައި، ކޮމިޓީއަކުން ބިލަކާއި މެދު ރިއާޔަތް ކުރުމަށް މަޖިލީހަށް ހުށަހެޅުމުން ހިނގާ ބަހުސްގެ ވަގުތުގައި އިސްލާހު ހުށަހެޅޭނެކަން ސާފުކޮށް އެނގެން އޮންނަކަމަށެވެ.

އެގޮތުން ހުށަހަޅާ ބިލްގެ މާއްދާ ނުވަތަ އިބާރާތް އުނިކޮށް، އުނިކުރުމަށް ފަހު އޭގެ ބަދަލުގައި އާ މާއްދާއެއް ނުވަތަ އިބާރާތެއް އެއްކުރެވޭނެ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"އިއްޒަތްތެރި މެމްބަރު. އަޅުގަނޑު މިކަން މިގެންދަނީ ހަމަ ތިނޯހެއްގެ ފަގާއިން ގެންދާ މިސާލުގައި. އިރާދަކުރެއްވިއްޔާ މިޔަކު ގޯހެއް ހިނގައިގެން ނުދާނެ. އަދި މި އިޖުރާއަތްތަކަށާ ތަރުތީބުތަކަށާ ދިވެހިރާއްޖޭގެ ސިޔާސީ އަސްލަށާ ދިވެހިރާއްޖެއަށް ދިމާވެފައި މިއޮތް ހާލަތަށާ މި އެންމެ ކަންކަމަށް އިރާދަކުރެއްވިއްޔާ ބަލައިގެން ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން މި ކުރިއަށް ގެންދަނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނޯޓް: ތިނޯހެއްގެ ފަގައިން ކަމެއް ކުރުމޭ ދިވެހިން ބުނެ އުޅެނީ ހަނި ދޭތެރެއަކުން ނުވަތަ ލިބޭ ކުޑަ ފުރުސަތަކުން ނުވަތަ ވަރަށް ދައްޗާއި ދަތީގައި ކަމެއް ކުރާކަން އެންގުމަށް ބޭނުން ކުރާ ބަހެއްގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޞ

  ހާދަ ފުރިހަމަ ބަހެކޭ ތި ވިދާޅުވީ. ދިވެހިބަސް ކިޔަވައިދޭންވެސް އަންނި. "ތިނޯހެއްގެ ފަގަ" އާބަހެއް ދަސްވީ. ބަލައްޗޭ އެންމެ ގިނައިން ބޭނުންކުރާނީ އިދިކޮޅު މީހުން

  5
  8
  • ނިހާން

   މީހާ ކިތަންމެ ގޯހަސް "ތިނޯހެއްގެ ފަގަ" އެބަހަކީ ރަނގަޅު ދިވެހި ބަހެއް.

   2
   3
   • Anonymous

    އަންނި ސުކުރިއްޔާ. ރީތި ބަހެއް. މީހާވެސް ރަނގަޅު. އެއްއޮޑިން ދަތުރު ކޮށްލައިފިއްޔާ ދެނެއް އެހެން އޮޑި އަކުން ދަތުރެއް ނުކުރާނެ. ގައިމެއްނު.

    1
    2
  • ގަމާރު

   އިދިކޮޅު މީހުން ރަށްވެހި ތަރައްގީ ޖަހާފައި މާ ސިންގާ ފޮތެއް ނެރުނީމާ ކިރިޔާ މަނިއްޕުޅަށް ރަށްވެރި ކިޔަން އެނގުނީ. އަދި މޮޅުކޮށްލާނަމޭ ހިތައި ކީ ރަށްވެހި ފަތިސް. މިވެސް މާމޮޅު އެއްޗަކަށް ހަދައިގެން ތިޔަ އުޅެނީ. ފަތިހުގެ މާނައަކީ ކަމެއް ވާން އުޅޭ ކަމުގެ ކޮޅުމަތި ކިރިޔާ ދައްކާލުން. އާ ދުވަހެއް ފެށޭން އުޅޭކަމުގެ ކޮޅުމަތި. ދެން އޮންނާނީ ފަޖުރުގެ ތަރި އެރުމާއި އިރުއެރުމާ ދެމެދު ކަމަށް. ރަށްވެހި ފަތިސް އޭ ބުނީމާ އެބުނެވެނީ ރަށުގެ އަހުލުވެރިންނަށް އާދުވަހެއް ފެށޭން އެބައުޅެއޭ، ނުވަތަ ކަމެއް ވާން އުޅޭކަމުގެ ކޮޅުމަތި ކިރިޔާ ދައްކާލަނީއޭ. ރަށްވެރިކަމުގެ ފަތިސް އައިތާ މިހާރު ފަންސާސް އެތައް އަހަރެއް ވެއްޖެ. ރަށްވެރިކަމުގެ ފަތިސް ގެނައި މީހުން ދުނިޔެ ދޫކޮށްފި. އެ ޝިޢާރުގެ ދަށުން އެތައް ކަމެއް ރަށްރަށުގައި ކޮށް ތަރައްޤީ ކޮށްފި. މިވަރަށް ގަމާރު ވެފައި ތިބޭ މީހުން ކިޔާ އެއްޗެއް މީހަކު ކިޔަސް ކިޔާނީ މަލާމާތަށް ނުވަތަ ފުރައްސާރައަށް. މާމޮޅު އެއްޗެކޭ ހީކޮށް ދަންނަ މީހަކު ކިޔައެއް ނޫޅޭނެ. ވާލުސޮރާއި ޔަހުޔާއާއި ބޮޑާބެގެ ވާހަކަވެސް މީހުން ދައްކައިއުޅޭ. އެއީކީ މާމޮޅުވެގެން މީހުން ދައްކައިއުޅޭ ވާހަކަތަކެއް ނޫން.

 2. ޑައެލޯގް

  ތިނޯހެއްގެ ފަގައިންގެންދާތީތާ ގަވާއިދާ ޚިލާފަށް ކަލޯ ކޮވިޑަށް ޓެސްޓުކުރީ ތިޔަމަޖިލިސްގޯތިތެރޭގައި، ބާރުއޮތީމާ ކުރީނޫންތޯ ޓީވީންދެއްކި. ކީއްވެ މަޖިލިސްރައީސް ވިޔަސް ޓެސްޓް ކުރެވެންޖެހޭނީ އޭނާއުޅޭގެއެއްގައި ނުވަތަ ގ.ކެނެރީގޭގައިނޫންތޯ

  22
  2
 3. Anonymous

  ބުއްޅަ ވަގު

  21
 4. ނުރަ

  މަޖިލީހުގެ މެންބަރުންނަށް ދޭންޖެހޭ ޗުއްޓީތައްވެސް ހިފަހައްޓައިގެން މީނާގެ އަމިއްލަ މައްސަލަތައްބަލާ ބޮޑުކޯޓަކަށް މަޖިލީސްހަދައިގެން ކައުންސިލަރުންގެ ބިލް ފޮރުވާފައި ވަގުތުކުޑަތަންވަންދެން ބޭއްވީ ތީ ޚުދުމުޚްތާރު ވެރިކަމެއް

 5. ޝަމާޒް

  މަޖިލީހައް އޮތީ ފައިންއެރިފައޭ ކީއްވެތޯ ނުބުނީ.. ތަޅުންގަނޑުގެ ރައީސް

 6. ކޮތަރު

  ކޮއްކޯ "ތިނޯހު ފަގައިން ދެމުން" މިބަހަކީ ހަކުރާގޭ ބޮޑުގޮނޑިއަށް އަރާ އެއިންނަ ކަފާލާތުޖަލުބޯއީ އަލަށް ބޭނުންކުރި ބަހެއްނޫން. އެއީ އަންޒަމާނުއްސުރެ ދިވެހިން ބޭނުންކުރަމުން އަންނަ ބަހެއް. އިދިކޮޅުމީހުން ކިޔަސް އެއްކޮޅު މީހުން ކިޔަސް އެއީ އެކަލޭގެ އަލަށް ހެދި ބަހަކަށް ނުވާނެ.

 7. ބޭޗާރާ

  ހިތުން ތިމަންނާއަކީ ދިވެހިބަހާއި ދިވެހި ތާރީޚު ވަރަށް ރަނގަޅަށް ދަންނަ މީހެއް. ދިވެހިބަސް ނުދަންނަ ތާރީޚު ނުދަންނަ މީހުންނަށް ހީވާނެ މީނާ މިކިޔަނީ ހެޔޮކޮށޭ. އެކަމަކު ހަރާންފަދަ ކިޔާ އެއްޗެއް ބުނާ އެއްޗެއް ދުވަހަކު ދެކޮޅެއް ނުޖެހޭނެ. ދަންނަ މީހުން މިތިބެނީ އަބަދުވެސް ހޭންޖެހިފައި. ދަންނަ މީހުން ހޭން ފެށީމާ އެލެކްސް ކިޔާ އައިޑީއަކުން ތަރުޖަމާކޮށްފައި ދުނިޔެއަށް އުފަންވި އަދި ދުނިޔޭގައި ހުރި ހަމައެކަނި ގަލޮޅުބަހުރުވައިން ތަރުޖަމާކުރާ މީހާ ތަރުޖަމާކުރާނެ. މީނާއަށް ހީވަނީކަން ނޭނގެ. އަނގަމަތީގައި ފޮތިގަނޑެއް އެޅުމަށޭ ތިނޯހު ފަގައިން ދެމުމޭ ކިޔައި އުޅެނީ. އެންމެ ފަހުން ކުރި އާކަމަކީ އެއީ ވިއްޔާ. އެވެސް އަޅައިގެން ވާހަކަ ނުދެއްކިގެން ދޫއޮޅިގެން ކިޔުނު އެއްޗަކަށް ތިވެސް ހަދާނެ.

 8. ޥުސްރީ

  ރޯނުއެދުރު

 9. ޒީ

  މި އައްނި މީ ހަމަ ހިޔަޅެއް.

 10. ޒީ

  މި އައްނި މީ ހަމަ ހިޔަޅެއް. އަބަދު ވާނުވާގަ.

 11. ބޯޖަލީލު

  މަޖިލިސް ތިގެންދަނީ ތުންހިމަފުޅިއެއްގެ ފަޅަހިސާބުން ފެއްނަ އެއްޗެހި ހުއްނަގޮތަށް ވަރަށް ފުރިހަމަވާނެ

 12. އިބޫ

  ތިނޯހުގެފަގައެއްނޫން މަޖިލީސްތިގެންދަނީ ގިރާއިސްތައްޓެއްގެމަތިން ނައްޓާލާފީމުން ކަލޭގެދުވަސްވެސްދިޔައީ ބެލްޓްއަޅުވާ؟!

 13. ބޭކާރު

  ކިހާވަރަކަށް ހިގީމަތޯ ގޯސްވާނީ .ލޯކަލް ކައުންސިލްގެ ދަވްރު ދިގުކުރަން ގާނޫނެއް ފާސްކުރިއިރު މަޖިލިސް ގެ ބައެއް މެމްބަރުންނާ އާއްމުންވެސް ގޮވި ތިޔަ ބިލް ގާނޫނުއަސާސީއާ ހިލާފޭ އެކަމަކު ފާސްކޮށް ތަސްދީގު ކުރިފަހުން މިސަރުކާރުގެ އެޓަރނީޖެނެރަލް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފޭ.އަދިވެސް އެބިލްބާތިލެއް ނުކުރޭ..މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަމާ އިހްލާސްތެރިކަން ނެތްކަން މިވަރުން ސާބިތު ނުވޭބާ

 14. އަބްދޫ

  ތިނޯހެއްގެ ފަގައިން ޖަމަލު ވަދެފުމަށް ދާނދެން ނަރަކައިން މިންޖުނުވާނެކަމަށް ރަސޫލާ ހަދީސް ކުރެއްވި

 15. Anonymous

  إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَا لَا تُفَتَّحُ لَهُمۡ أَبۡوَٰبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِي سَمِّ ٱلۡخِيَاطِۚ وَكَذَٰلِكَ نَجۡزِي ٱلۡمُجۡرِمِينَ
  މާނައީ.
  ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތައް ދޮގުކޮށް، އަދި އެ آية ތަކާމެދު ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) އެއުރެންނަށްޓަކައި، އުޑުގެ ދޮރުތައް ހުޅުވިގެން ނުދާހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާނދެން އެއުރެން ސުވަރުގެ ނުވަންނަހުށްޓެވެ. ކުށްވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.

  -Surah Al-A'raf, Ayah 40