ސ.މީދޫ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން އާއިލާ އިން ހޯދަނީ މަރިޔަމް މަނިކުފާނު ނަމަކަށް ކިޔާ އަންހެނެކެވެ. އެ ވާހަކަ އޭނާގެ ދަރިއަކު ވަނީ ފޭސްބުކްގައި ފޮޓޯއާ އެކު އާންމުކޮށް، މަރިޔަމް މަނިކެއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9132132 ނަމްބަރަށް ގުޅައި ހިއްސާކޮށް ދޭން އެދިފައެވެ.
https://www.facebook.com/photo.php?fbid=339304583708423&set=a.139632837008933&type=3&theater
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ މީދޫގައި 52 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު 7:30 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް އެނބުރި ގެއަށް އައިސްފައި ނުވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ 7:40 ހާއިރު ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި މަރިޔަމް މަނިކެ ގެއިން ބޭރަށް ދިޔައީ، އާއިލާގެ މެމްބަރުންތަކާ މެދުގައި ހިނގި ޒުވާބަކަށް ފަހު ހިތްހަމަނުޖެހިގެންނެވެ. އޭނާ ގެއިން ބޭރަށް ނުކުތް ފަހުން މިހާތަނަށް އެއްވެސް ހަބަރެއް ނުވެއެވެ.
އިސްގަދަރް ނަފްރަތު?