ނ.މާޅެންދޫގައި އުމުރުން 39 އަހަރުގެ އަންހެނަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައި، އެމައްސަލައިގައި ފިރިހެނަކު ހައްޔަރު ކޮށްފައި ވާއިރު، އެހަމަލާ އަކީ ގަސްދުގައި އަންހެން މީހާ މަރާލަން ދީފައިވާ ހަމަލާއެއް ކަމަށް އަންހެން މީހާގެ އާއިލާ އިން ތުހުމަތު ކޮށްފިއެވެ.
އަންހެން މީހާ އަށް ހަމަލާ ދީފައި ވަނީ އިއްޔެ ހެނދުނު 06:45 ހާއިރު، 50 އަހަރުގެ ފިރިހެނެކެވެ.
"ތިލަދުން" ނަމަކަށް ކިޔާ އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އަންހެން މީހާގެ އާއިލާ މެންބަރަކު ބުނީ މިމައްސަލައާއި ގުޅިގެން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ މިހަމަލާއަކީ ގަސްތުގައި މަރާލަން ދީފައިވާ ހަމަލާއެއްކަމަށް ބެލެވޭކަމަށެވެ.
"ކަރުގައި ހިފުމުގެ ސަބަބުން ކަރު ވަރަށް ބޮޑަށް ދުޅަވެ، އަނގައިގައި ލެއިގެ އަސަރު ހުރި. ހަމަލާ ދިނުމުން އަންހެން މީހާގެ ހަބަރު ހުސްވެއެތަނަށް ވަނީ ވެއްޓިފައި. އާއިލާގެ މީހުންނަށް އަންހެންމީހާ ހަޅޭއްލަވާ އަޑު އިވިގެން އެތަނަށް ދެވުނު އިރު ވެއްޓިފައިވަނީ. ވެއްޓުމުގެ ސަބަބުން ފައިގެ ތަންތަން މަށައިގެންގޮސްފައި ވަނީ." އާއިލާ މެންބަރު ބުންޏެވެ.
"ތިލަދުން" އަށް މައުލޫމާތު ދެމުން އާއިލާއިން ވާހަކަ ދެއްކި މީހާ ބުނެފައިވަނީ މިމީހާގެ ފަރާތުން އަންހެން މީހާއަށް އަނިޔާ ލިބިފައިވާކަމަށެވެ. އެގޮތުން މީގެ ކުރިންވެސް ވަލު ތެރޭގައި ކަތިވަޅިޔެއް ހިފައިގެން އަންހެން މީހާގެ ފަހަތުން ދުވަނިކޮން މީހަކަށް ފެނުމުން އެމީހާ ފިލާފައިވާކަމަށް ބުނެފައިވެއެވެ. މީގެ އަހަރެއް ކުރިންވެސް ކުއްޅަވަށް ފަލުގައި އަނދަވަޅެއް ހަދާފައިވާކަމަށް އާއިލާއިން ބުނެއެވެ. އަނދަވަޅަށް ވެއްޓިފައިވަނީ އެ އަންހެން މީހާއާއި އެކު އެދުވަހު ދިޔަ މީހެކެވެ. އެ އަނދަވަޅުގައި 6 އިންޗި މޮހޮރު ޖަހާފައިހުރި ފިލަޔެއް އޮތުމުން އެމީހާގެ ފަޔަށް އެމޮހޮރުތައް ވަނީ ހެރިފައެވެ. އެކަމުގެ ސަބަބުން އެމީހާ އުޅެނީ އަދިވެސް ބަލިވެކަމަށް ބުނެއެވެ.
މީގެ އިތުރުން ވެސް އެ ފިރިހެން މީހާ އެގޭ ފެންތާންގީއަށް ކުޑަކަމު ގޮސްފައިވާ ކަމަށާއި އަދި ތާންގީއަށް ކެމިކަލް ފާޑު އެއްޗެއް ދެފަހަރެއްގެ މަތިން އަޅާފައި ވާކަމަށް އެނޫހުގައި ބުނެފައި ވެއެވެ. މިކޮންމެ ފަހަރަކުވެސް މިމައްސަލަތައް ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި ނަމަވެސް ސާބިތު ނުވުމުން ދޫކޮށްލާކަމަށް އާއިލައިން ބުނެއެވެ.
ހަމަލާ ދީފައިވާ ފިރިހެން މީހާ އަބަދުވެސް މިއަންހެން މީހާއަށް ފާރަލާކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. ވަރަށް ގިނައިން ވަލުތެރޭގައި ފިލާ ހުންނަ ކަމަށާއި ގެކައިރީ އަންހެން މީހާއަށް ފާރަލާން އުޅޭކަމަށް ބުނެއެވެ. މިކަމާހެދި އަންހެން މީހާ އެކަނި ބޭރަށް ނުދާކަމަށް ބުނެއެވެ. މިހާރު އެ އަންހެން މީހާ އެރަށު ސިއްޙީމަރުކަޒުން ފަރުވާ ދިނުމަށްފަހުވަނީ ދޫކޮށްލާފައެވެ.
ފިރިހެން މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ އަންހެން މީހާ މަރާލަން މަސައްކަތް ކުރުން ކަމުގައި ވީނަމަވެސް އެތުހުމަތުތަކާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.
ތިޔަމީހާގެ ފޮޓޯ އާއީ އޭނާޔާބެހޭ މައުލޫމާތުކޮޅެއް އާންމުކޮށްލަދީބަލަ! އޭރުން ރަށްޔަތުން ނިކުމެ އިންސާފު ގާއިމުކޮށްދޭނެ! ފުލުހުންނަށް ނުވާކަންކަން ކުރެވޭނެބަޔަކީ ރައްޔަޔުން!
އަބަދު އެކަކު އެ ހަމަލާތައް ދޭއިރު އަދި އެމައްސަލަ ފުލުހުންނަށް ހުށަހަޅާފާވާއިރު ތިޔަކަން ފުރިހަމަ ތަހުގީގަކުން ނުބެލުމަކީ ވަރަށް ދެރަކަމެއް. މިސާލަކަށް އިންޑިއާގައި ހިނގާ ހަގީގީ ހާދިސާ ތަކަށް ބިނާކޮށް ކުޅޭ "ކްރައިމް ޕެޓްރޯލް" ގައިވެސް އެފަދަ ކަންކަމުގައި ވަރަށްރަގަޅަށް ބަލާ ތަހުގީގު ކޮށްފައި ހުރެއެވެ. މިހާރު ފިންގަ ޕްރިންޓް ނެގުމާއި އޭނާ އުޅުނުތަން ލޮކޭޓް ކޮށްގެންވެސް ތަހުގީގު ކޮށްފައި ހުރެއެވެ. ރާއްޖޭގެ ފުލުހުންނަކީވެސް އެޓެކްނޮލޮޖީ އާއި ގާބިލްކަން ހުރި ބައެއް ކަމަށް ގަބޫލު ކުރަން. ވީއިރު މިކަން ނުބެލެވޭންވީ ސަބަބެއްނެތް.
މާތްﷲ އެ އަންހެންމީހާއަށް ރައްކާތެރިކަން ދެއްވާށި. އާމީން ޔާރައްބަލް އާލަމީން.
ތިމީހާ ހައްޔަރުކޮއް ހައްގު އަދަބުދޭންޖެހޭ. މީގެ ކުރިން ކަތީބުން ތިބި ޒަމާނުގަ މާމިގިލީގަ ވެސް ތިކަހަލަ ހާދިސާތަކެއް ހިގި. އަދިވެސް އެއާއިލާތަކަށް އިންސާފެއް ނުލިބޭ. އޭރު އެކަން ކަތީބުންނައް އެންގިޔަސް ނުބަލާ ހަމަ ދޫކޮއްލްނީ.
ރަށު ހުރިހާ އަންހެނުންގެ ތެރެއިން މި މީހާ ފަހަތުން އުޅެނީ ކޮން ސަބަބަކާހުރެތޯ ވަރަށް ޝައުޤުވެރިވެއްޖެ އެނގެން.....ކުރިން ގުޅުމެއް އޮތީބާ....މިހާރު ހަތުރުންނަށް ވީބާ؟ ނޫނީ މި ފިރިހެންމީހާ އަކީ ބޯހަމަނުޖެހޭ މީހެއްބާ....އަޅެ ތިޔަ ރަށު މީހަކު ނިކަން އެއްޗެއް ބުނެބަލަ
ތި ދެމީހިންގެ ދެމެދުގައި ދުވަހަކުވެސް އެއްވެސް ބާވަތެއްގެ ގުޅުމެއް އޮތް ހެއްޔެވެ؟ އެވަރަކަށް ފާރަލާ ޙަމަލާދެނީ! ޢާއިލާ މީހުން ޔަޤީނުން ވެސް އެބަ މުހިންމު ވާހަކަތަކެއް ފޮރުވައެވެ.
ފުލުހުން ދެންވެއްޖެޔެއްނުން ހެކިހޯދުމަށާއި ތިމީހާހައްޔަރުކުރަން ރައްޔިތުންނާހަވާލުކުރަން ސާބިތުވާވަރަށް ހެކިނުލިބިހުއްޓާ މީހެއްގެ ފުރާނަދިޔައިމާ ކީއްކުރާނީ ، ތިހެންވާތީ މިޤައުމު މިހެންވަނީ އިންސާފެއް ނެތިއްޔާ ދެންވާނީ ހަލާކު.
މަށަށް ހީވަނީ ތި ފިރިހެންމީހާ މާގިނައިން ޓޮމް އެންޑް ޖެރީ ބަލާފަ ހުރިހެން.
މީ އަންހެންމީހާގެ ކާކުބާ
މައްސަލަ ސާފެއްނުވި. ފުލުހުން އަޅާނުލާނަމަ ތިކަން ހުއްޓުވޭނެ މީހަކު ވެސް ނެތްރަށަކީތަ
ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު ތަކެއްވާނެއެވެ. މައްސަލަ އަކީ ކޮބައިކަން ކިޔާލައިދޭނެ މީހަކު ވާނެބާ..
ފާރަލާ އަނިޔާވެރި ހަންޑިއެއް