ސ.މީދޫގައި ސައިކަލެއްގައި ދިޔަ ދެ އަންހެނެއްގެ ގަޔަށް އެރަށު ގެއަކުން ކަނޑާލި ފެންފޯއް ރުކަކުން ޖެހި ދެމީހުންނަށް ގެއްލުން ލިބިއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ ކައުންސިލަރު ހުސައިން ޙިޔާޒް “ވަގުތަށް” މިއަދު ވިދާޅުވީ މި ހާދިސާގައި ގެއްލުން ލިބުނު ދެ އަންހެނުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެއައް ދޫކޮށްލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެންފޯއް ރުއް ވެއްޓިފައި ވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ގަޔަށެވެ. އަދި އެ ރުއް ވެއްޓުމުގެ ސަބަބުން ސައިކަލު ދުއްވަން އިން މީހާ ސައިކަލު ދަށުވެ އަނިޔާ ލިބިފައިވާ ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އެނގިވަޑަައިގެންފައި ނުވާ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުންގެ ގައިގައި ޖެހިފައިވާ ފެންފޯއް ރުކަކީ އެރަށު ދެށިނާ މަގުގައި ހުންނަ ގެއަކުން ކަނޑާ ވައްޓާލި ރުކެކެވެ. ރުކުން ޖެހި އަނިޔާވެފައި ވަނީ އެ ރުއް ކަނޑާލި ވަގުތު އެދެެމީހުން ސައިކަލުގައި ގޮސް އެހިސާބަށް އެރިތަނާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަބަރޭ

  ފޯއް ސަރުކާރުގާއި ވެއްޓޭނީ ތިކަހަލަ ރުކެއްނު .

  21
  2
 2. ސަންތިމަރިޔަބު

  ރައްޔިތުން މަޖިލިސްގެ އިއްޒަތްތެރި ރައީސައް ދަންނަވާފާއިބާ ތިރުއްކެޑީ
  ހަމަހިނިއަންނަނީ

  25
 3. އަހްމަދު

  ތިޔަމައްސަލަ މަޖިލީހައް ހުށަހަޅާ

  24
 4. ބޭޗާރާ

  ދެން އެންމެ އަވަހަށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގެ 1 ވަނަ ނަންބަރު: ފެންފޯއް ރުއް ވެއްޓެން ދިމާވާ ސަބަބު ހޯދުމާއި، ފެންފޯއް ރުކަށް ޖެހޭ ބަލިތައް ދެނެގަތުމުގެ ސާރވޭކުރުމާމެދު މަޖިލީހުގެ ލަފާ ސަރުކާރަށް ހުށަހެޅުމާމެދު މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމުން. ވަލްހަމްދުލިއްލާހި. މިއަދުގެ ޖަލްސާ ނިމުނީ.

  18
  1
 5. ޕަންޕުޑި

  އެ ރުށް ހިފާ ހައްޔަރު ކުރުމަށް ހަރުކަށި އިބާރާތުން ގޮވާލަން