ރާއްޖެ އެތެރެކުރާ ވެހިކަލްތަކުން ޑިއުޓީ ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި ޚަބަރަކީ ހަޤީޤަތާއި ހިލާފު ޚަބަރެއްކަން ފާހަގަވެ، ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ސަރުކާރު ފަރާތުން އެމްޑީޕީއަށް ނިސްބަތްވާ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގައި އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލްގައި ވެހިކަލް ޑިއުޓީ އަށް ގެންނަ ބަދަލު ވަނީ ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ސަރުކާރުން ހުށަހެޅި ބިލްގައި އާއުޅަނދުތަކުން ނަގާ ޑިއުޓީ %200 އިން %100 އަށް ކުޑަކުރަން ހިމަނާފައި ވެއެވެ. އެއާއި އެކު ސަރުކާރަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން ވެހިކަލްތަކުގެ ޑިއުޓީ ކުޑަކުރަނީ ކަމަށް ބުނެ ވަނީ ފާޅުކޮށްފައެވެ.

ނަމަވެސް ރާއްޖެއަށް އާއްމު ގޮތެއްގައި އެތެރެ ކުރަނީ ބޭނުން ކޮށްފައި ހުންނަ ވެހިކަލެވެ. އެއީ އާވެހިކަލްތަކުގެ އަގު ވެސް ބޮޑުވުމާއި އެކު، ކޮންމެކޮންމެ މީހަކަށް އާވެހިކަލެއް ގަނެވެން ނޯންނާތީއެވެ.

ސަރުކާރުން މިހާރު ހުށަހަޅާފައި ވަނީ ބޭނުން ކޮށްފައި ހުންނަ ވެހިކަލްތަކުން ނަގާ ޑިއުޓީ %150 ބޮޑުކުރާށެވެ. މިހާރު ވެސް ބޭނުން ކޮށްފައި ހުންނަ ވެހިކަލްތަކުން %150 ޑިއުޓީ ނަގައެވެ. އެހެންކަމުން މިހާރު ހުށަހަޅާާފައިވާ އިސްލާހު ފާސްވެއްޖެނަމަ ބޭނުން ކޮށްފައި ހުންނެ ވެހިކަލްތަކުން ނަގާ ޑިއުޓީ %300 އަށް އަރާނެއެވެ.

ވެހިކަލް އެތެރެ ކުރުމުގެ ވިޔަފާރި ކުރާ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިހާރު ވެހިކަލްތަކުގެ ޑިއުޓީއަށް ގެންނަން އުޅޭ ބަދަލުގެ ސަބަބުން މުއްސަނދިންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. "އާއްމުކޮށް ވަރަށް ފޯރައިގެން އުޅޭ މުއްސަނދިން ބްރޭންޑް ނިއު ވެހިކަލް މިގެންނަނީ. މިބަދަލުގެ ސަބަބުން އެމީހުންނަށް ފައިދާ ވާނެ. ނަމަވެސް އާދައިގެ މީހަކަށް ވެހިކަލެއް ގެންނަން ދެން އުނދަގޫތަކެއް ހުންނާނެ. އެމީހުންގެ ލެވަލްގެ ވެހިކަލްތަކުގެ އަގު ބޮޑުވާނެ" އޭނާ ބުންޏެވެ.

ރާއްޖެ އިން ބޭރުން ވެހިކަލް ގެނެސް، ވެހިކަލް ވިއްކުމުގެ މަސައްކަތް ކުރާ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިއީ އޭނާ ފަދަ އެތައް ވިޔަފާރިވެރިންނަކަށް ގެއްލުން ވާނެ ނިންމުމަކަށް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޮޑު މާކެޓަކީ މެދުފަންތީގެ އާމްދަނީ ލިބޭ މީހުން. އެމީހުންނަށް އެފޯޑެއް ނުކުރެވޭނެ ބްރޭންޑް ނިއު ވެހިކަލްތަކެއް. ވަރަށް ބޮޑު މުސާރައެއް ލިބޭ މީހުން ނުވަތަ ބޮޑެތި ވިޔަފާރި ވެރިންނަށް ފައިދާ ވާނެ ބަދަލަކަށް މިކަން ވާނެ." އޭނާ ބުންޏެވެ.

އިމްޕޯޓް އެސްކްޕޯޓް ޤާނޫނަށް ގެންނަން އިސްލާހްގައި ބައެއް އެއްޗެހިން ޑިއުޓީ ކުޑަކުރަން ހުށަހަޅާފައި ވީނަމަވެސް، އާއްމުކޮށް ގިނަ މީހުން ބޭނުން ކުރާ މުދަލުން ޑިއުޓީ އެތައް ގުނައެއް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވީމާ އަވަހަށް ހޭބަލިވެގެން މި ނުބައި މީހުންތަކަށް އަނެއްފަހަރު ވޯޓުދީ!

    62
    1
    • ނާސާ

      އަދިވެސް ދޭނަން.

      3
      12
      • ހާމީދު

        ދީފަ ބަހައްޓާތި...ފިސާރި ގަދަޔައް.. ދެން ވަޒީފާއެއް ދޭތޯ އަހާލީމަ ބުނާނެ ރަށައް ގޮސް ކޮންމެވެސް ގަނޑެއް ގަންނާށޭ.

        3
        1
  2. ޏނއ

    ވަގުތު އެއި ހަމަ ތެދެއް ލަކްޒަރި ކަރު ބެރެންޑް ނިއު ަަަަަަަަަ އައްމު މިހަކައް ގަނެވެނެ ތަ ގިނަމިހުން އެތެރެކުރަނި ސެކަންޑު ހެންޑު އެއްޗެހި މި މިހުންް މިއުޅެނި ބެރެްންޑު ނިއު އެއްޗެހި ޑިޔުޓި ކުޑަ ކޮއްފަ އެއްކަަލަ އައްމު ރައްޔިތު ގެންނަ އަދައިގެ އެތިންް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްޑިޔުޓި ހަތަރު ގުނަ ބޮޑުކޮއްލަން

    45
  3. ގަންޖާ

    ޔޫޒްޑް ވެހިކަލް އެތެެެކުރެވޭ ވަރު މަދުވެދާނެ އަދި އާ ވެހިކަލް ގަނެވޭ ފެންވަރުގެ މީހުން މަދުވީމާ އާ ވެހިކަލްތައް އެތެެެރެވެ މަގުމަތި ރީތިވެދާނެ! ކުރިން ހަމަޖެހިފަ އޮތީ ހުޅުމާލޭގަ ހަމައެކަނި ހައިބްރިޑް ވެހިކަލް ދުއްވާގޮތަށް! އެކަން އިންޕްލިމެންޓްވިނަމަ ހުޅުމާލެވެސް ވެހިކަލްތަކުން ފުރާނުލެވި ކޮންޓްރޯލް ކުރެވުނީސް! ޜަނގަޅު ހުށަހެޅުމެއް!

    6
    21
  4. އެމަންޖެ

    ނަސީދަކީ ކޮންކަހަލަ މީހެއްކަން ނޭނގިގެންތިޔަ އުޅެނީ ހަމަކަލޭމެން.

    27
    1
  5. ޒިންމާ

    ތި ހުރިހާ އެއްޗެއް ނުކިޔާ ޕަބްލިކް ޓްރާންޕޯރޓް ރަނގަޅުކޮށްފިއްޔާ އަމިއްލަ ކަންކަމަށް ތަންތަނަށް ދިއުމަށްޓަކައި އަމިއްލަ ވެހިކްލަ އަށް ބަރޯސާވެފައި އޮންނަ ވަރު ކުޑަވެގެން ދާނެ ކަމަށް ލަފާކުރެވެނީ.

    13
    2
  6. ޭއާދަންސަފީގު

    ޔޫޒްޑް ވިހެކަލް އަށް މިހާރު ނަގަނީ 200%.

    9
    1
  7. ޝަބީޚާ

    ދިވެހިންނަކީ އޮޅުވާލާބާގައިގެ މީހުން.. މި ބާގައިގެ މީހުންގެ ސިފައެއް އޮޅުވާލުމާއި ކަރަޕްޝަނަކީ. ސަމޫދު ބާގައިގެ މީހުންނާއި ދިވެހިންނާއި ކޮންމެހިސާބަކުން ގުޅިފައިވާހެން ހީވަނީ.. ދިވެހިންގެ ކިބައިން މިކަމެއް ނުފިލާނެ. ދިވެހިންގެ ތެރޭގައި މުނާފިގު ކަމާއި ހަރާމްކަންކަމައް ލޯބިކުރުން ވަނީ ބޮޑުވެ އާންމުވެފައި.. އަދި ސަދޫމް އާއި ޔަހޫދީންގެ ސިފައެއްކަމުގައިވާ ބޮޑުންނައް ވަކި ގޮތަކައް އިންސާފު ހޯދުމުގެ ސިފަވެސް ދިވެހިންގެ ތެރޭގައިވަނީ ބޮޑުވެފަ. ދިވެހީން ވަނީ ހަލާކުވެ ގެއްލެނުވެ މަގުފުރެދިފަ..

  8. ޙަސަނާ

    ނަޝީދު ވެރިކަމަށް އައީ މިރާއްޖޭގައި ޓެކްސް ނުނަގާތީ ޓެކްސް ނަގަން- މައުމޫނު ވެރިކަމުގަ އިމްޕޯރޓް ޑިއުޓީނަގާތީ އެކަމަށް ފާޑުކީ، މިހާރު އިމްޕޯރޓް ޑިއުޓީ 3 ގުނަޔަށް މަތިކުރީ، ޖީއެސްޓީ %7 ބީޕީޓީ %15 އެވަރުން ނުވެގެން އިންކަމް ޓެކްސް ރައްޔިތުންގެ މުސާރަ އިން %14 ޕެންޝަން ސްކީމަށް، ބަލަ މައުމޫނުމެން ވެރިކަންކުރީ ރައްޔިތުން ފެލާލައިގެނެއް ނޫން، އެމީހުން މާގިނަ ކަންތައްކުރި، މިހުރިހާ ޓެކުހެއް ނަގާފަ އަދި ބޭރުގައުމުތަކަށް ސަލާން ވެސް އެވަރަށް އެބަޖަހާ، މިވެރިކަން ގެނައި މީހުނަށް ހަމަ ސާބަސް.

  9. އައްބޭބެ

    އަންނިގެ ވެރިކަމުގައި އޭނާބުނީ ތިމަންމެން އިމްޕޯޓް ޑިޔުޓީ އުވާލާފައި ޖީއެސްޓީއޭ ނަގާނީ. މިހާރު މިކުރަނީ ކިއެއްބާ އަނެއްކާ؟ އޮޅުނީބާ

  10. ސަމާ

    ޑިއުޓީ ކުޑަކޮށް އަދުން ހުސެން ކިޔާ މީހަކު ކާރުތައް ގެންނަން ކުރާ ކަމެއް. ބަކަށި ކޮއްޓަށް ވަދެ ތިބި ދަމާކަނޑާ ގްރޫޕް ތިބީ ހަރުއެެއްޗެއް ދަތުގައި ނުޖެހިގެން މޮޔަގެރިބަލި ޖެހިފައި. ދޮންބިލެތު މެން ކޮށީގައި ތިބެ ލަވާ ހަޅޭކުން އެކަން އެއޮތީ ފެންނަން