މާލެ ސިޓީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމައްޗަށް ނުކުމެ އުޅުނު މީހުންގެ ތެރެއިން ޖޫރިމަނާ ކުރި މީހުންގެ އަދަދު 8,534 އަށް އަރައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު އިއުލާން ކުރުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނެތި ބޭރުގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް 1000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އަދި ކުށް ތަކުރާރުކޮށްފި ނަމަ ހައްޔަރުކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވާނެއެވެ.

މިއަދާއި ހަމައަށް 8,534 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، އެއީ ފައިސާގެ އަދަދުން ބަލާނަމަ 8,729,000 ރުފިޔާއެވެ.

މިއަދު ފުލުހުން އާއްމު ކުރި ތަފާސު ހިސާބުތަކަށް ބަލާއިރު، މިއަދު އެކަނިވެސް މާލެ ސިޓީން 195 މީހަކު ވަނީ ހުއްދަ ނެތި ބޭރަށް ނުކުމެގެން ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރެއިން 182 މީހަކު ޖޫރިމަނާކޮށްފައި ވަނީ މާލެ އިންނެވެ. އަދި 13 މީހަކު ހުޅުމާލެއިން ޖޫރިމަނާ ވަނީ ކޮށްފައެވެ. މިއަދު މިހާތަނަށް ވިލިމާލެ އިން އެއްވެސް މީހަކު ހުއްދަ ނެތި ބޭރަށް ނުކުމެ އުޅެގެން ޖޫރިމަނާކޮށްފައެއް ނުވެއެވެ.

ފުލުހުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ހުއްދަ ނެތި ބޭރުގައި އުޅުނު 582 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލެ އިން ހައްޔަރު ކުރި 533 މީހުންނާއި ހުޅުމާލެ އިން ހައްޔަރު ކުރި 46 މީހުންނާއި ވިލިމާލެއިން ހައްޔަރު ކުރި 3 މީހެކެވެ.

މިއަދުވެސް މާލެއިން 9 މީހަކާއި ހުޅުމާލެއިން އެކަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިނބޫ

    ފެލާ ސަރުކާރު. ފެލޭ ސަރުކާރު.

  2. މީ ނުކުރެވިގެން އުޅޭކަމަކީ.. ރައަޔެތުން ޖޫރިމަނާ ކުރުން ނުވަތަ ރައްޔުން އަތުން ޖިޒީނެގުން..

    ކޮން ހަައްގެ އޮތީ ރައްޔެތުން ބިކަވެފާވަނިކޮން ޖޫރިމަނާކުރަން...
    ކޮން ހުދޫދަކުން ކޮން ގާނޫނަކުމް ބާރުލިބުނީ...
    .. އަދި ވެސް މި ކޮވިޓެއްގާ އަޅާގަތެގެން ތި ޖައްސަވަމުން ގެންދާ ސަކަރާތަކީ ރައްޔަތުން ޖޫރިމަނާކުރުން ރީތިގޮތަކައް ބިނަންޏާ ރައްޔަތު މީހާ ފެލާލުން ނުހައްގުން... މި ކޮވޮޓޮގެ ޖިޒީ ލާރިއާއި ބޭރުދުނިޔޭން ލިބޭ ލާރީގެ ދަހިވެތި ކަމުގާ ކޮވިތުވެސް ދޫކުރަން ނުކެރިގެން އުޅެނީ..
    .. ބިރުބޮޑީ ކޮވިޓެެއްނޫން... ބިރުބޮޑީ ސަރުކާރުގެ އިސްބަ އެއްގެ ޖީބުތައް ފުރަން ކޮވިޓް ޖޫރިމަނާލާރި ނުލިބިދާނެތީއާއި އަދި ބަނޑު އަޅަން ބޭރުން ކޮވިޓައްދޭ އެހީގެ ލާރިތައް ނުލިބިދާނެތީ...
    ...
    ކޮބާ ތިބުނާ 20 ވަނަ ގަރުނުގެ އިންސާނީ ހައްގުތައް... ރައްޔަތުން އަތުން ޖިޒީނަގާގެން ސަރުކާރު ހިންގަންވެޖެއްޔާ..
    ... ރައްޔެތުން ސަރުކާރައް ޖިޒީ ދެކުމާ.. ރައްޔެތުން ސަރުކާރައް ޖޫރިމަނާ ލާރި ދެކުމާ ހަމަ އެތާކު ތިޖެހެނީ.. ހަމަ އެކަނި ބަދަލުވީ ކިޔާބަސް
    20 ވަނަ ގަރުނުގަ ބަހަކައްވީ ޖޫރިމަނާ
    19 ވަނަ ގަރުނުގެ ކުރިން ބަހަކައްވީ ޖިޒީ..

    • ދެރަ

      މިނުން ގޮތެއް ނެތީ ލާރިލިބޭނެ އިންޑިޔާ އޮތީއެހީއެއްވާން އެއީ އަމިއްލަހާލަށް ނުއުޅެވޭބައެއް މޯދީގެ ހުއްދަނެތި އެހީހޯދޭނެ ގޮތެއްނެތް އެމީހުންގެ ދަންތުރައިގައި އަނެއްކާވެސްޤައުމުޖެއްސީ މޯދީނަގާލޯނުން އެތިކޮޅެއްމިދެނީޗައިނާއިން ލޯނުނަގައި ފައި އޭގެ އެތިކޮޅެއްދިނީ މީ ނިކަމެތި ދިވެހިންޖެއްސިދަންތުރަ ކޮންއިރަކުންބާހޭވެރިކަންވާނީ؟

  3. ޚަރުން

    މަރުހަބާ