ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށް، އެ ސިޓީގެ މިސްކިތްތަކުގައި ނަމާދު ކުރުން މަނާކޮށްފައި އޮތް އޮތުން ބަދަލުކޮށް، ޖަމާއަތް ހެދުމަކާއި ނުލައި މާލެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ މިއަދު ދީފިއެވެ.

މި ހުައްދަ ދީފައި މި ވަނީ ތިން މަސް ދުވަސް ފަހުންނެެވެ. މާލެ އިން ކޮވިޑް-19 ގެ ފުރަތަމަ ވޭދަނަ (ކޭސް)ފެނިފައި ވަނީ އޭޕްރިލް 15 ގައެވެ. އެ ވޭދަނަ ފެނުމާއެކު މާލެ ސިޓީގައި ބަލި ފެތުރިދާނެ ކަމުގެ ބިރަށް މުޅި މާލެ ސިޓީ އޮތީ ފުރަބަންދު ކޮށްފައެވެ.

ނަމަވެސް ފަހުން މާލެ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާ ޙާލަތަށް ރިޢާޔަތްކޮށް އެކި މަރުޙަލާތަކަށް ބަހާލައިގެން ފުރަބަންދުގެ ޙާލަތަށް ލުއިތަކެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ. އެގޮތުން ފުރަބަންދަށް ދީފައިވާ ލުއިތަކުގެ ދެވަނަ ފޭސްއަށް މާދަމާ އިން ފެށިގެން އަމަލު ކުރަމުން ދާނެއެވެ. އެ ލުއިތަކުގެ ތެރޭގައި ހުއްދައާއި ނުލައި ވަކި ވަގުތުތަކެއްގައި އާއްމުންނަށް ބޭރަށް ދެވުން ހިމެނެއެެވެ.

އިސްލާމިކް މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޮވިޑް-19ގެ މިހާރުގެ މިހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ޖަމާޢަތް ހެދުމަކާނުލައި، މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުވާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، ޓެކްނިކަލް އެޑްވައިޒަރީގްރޫޕް (ޓެގް) ޓީމާއި، ދީނީ ޢިލްމުވެރިން މިނިސްޓްރީއަށް ލަފާދެއްވާފައިވާ ކަަަމަށެވެ.

އެގޮތުން މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން ގްރޭޓާރ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު) ގެ ހުރިހާ މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެެވެ.

ނަމަވެސް މިސްކިތްތައް ހުޅުވާލާއިރު ސިޓީކައުންސިލުން ސަމާލުކަން ދޭންވީ ކަންކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

- ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓް އަޅާފައި ނެތުން
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން
- މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
- މި ޙާލަތުގައި އެއަރކޯނު ބޭނުން ނުކުރުން

މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ހ. ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
ށ. މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން
ނ. މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
ރ. މުސައްލަ އެޅުމުގައި ގައިދުރުކަން ބެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
ބ. ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން
ޅ. ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
ކ. ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
އ. މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
ވ. މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

މާލެ ސިޓީން މިހާރު ކޮވިޑް-19 ގެ ވޭދަނަތައް ފެންނަ ވަރު މަދު ނަމަވެސް ބަލީގެ ނުރައްކާ އަދިވެސް ކުޑަ ނޫން ކަަމަށް ސިއްހީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޫކުޑަބެ

  އަލްހަމްދު ﷲ

  60
  2
 2. Anonymous

  ސަރުކާރަށް ޕުރެޝަރު ބޮޑުވީ

  41
  6
 3. އާދޭސް

  ރ ޔާމީނު މިނިވަންކުރާށޭ! އާދޭސް ކޮށްފަ!

  13
  3
 4. ޙަސަނުގެދަރި

  ޢެޕްރީލް 15 އިން ޖޫން 15 އަށް މަމެން ހިސާބު ހެދީމަ ވަނީ 2 މަސް ވަގުތުންވެސް އަދުރޭގެ ހިސާބު ޖަހާލީދޯ ގޯހެއްނޫން

  3
  7
 5. ތޯތާ

  އަދި ފަހުން ވެސް ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވެނީ

  10
  1
 6. ދުންތަރި

  މޮހޮނަށް އޮޑިދޭހެން މިސްކިތްތައްހުޅުވީ ޖަމާޢަތުގަ ނަމާދުކުރުންމަނާ އިސްކުރުބަރިން ވުލޫކުރުންމަނާ ދެމީހުން އެކީ މިސްކިތަށްއެރުންމަނާ މީކޮންގޮތަކަށް މިސްކިތްތައްހުޅުވުންތަ؟ ލާދީނީ ސަރުކާރަށް އެއްކަމެއްވެސް ރަނގަޅަށްނުކުރެވޭނެ މީސްތަކުން މިސްކިތްތަކާ ދުރުކުރުމަށްލާދީނީ ސިޔާސަތުގެދަށުން ހިންޖގާ ޖަރީމާ

  19
  2
  • ބީރުމީހާ

   ކުރިންވެސް މިސްކިތްތަކުގައި ވަކިން ނަމާދުުކުރެވޭ ތަފާތެއްނެތް އެއްޗެކޭ ކިޔަނީ

 7. ޝައިޚް

  ތިވަރުން ކޮބާ މިސްކިތް ހުޅުވުމެގެ ބޭނުމަކީ.. މިސްކިތައް ދަނީ ޖަމާއަތުގައި ނަމާދު ކުރަން..

  18
 8. ތުކައްޒިބާން

  ރާއްޖޭގެ ވެރިކަން ކުރާ ގަދީމީ ރަށްކަމަށްވާ ފުރަމާލޭގެ މިސްކިތް ތައް 14 ޖޫން 2020 ގައި ހުޅުވުން އެއީ ރަނގަޅު ފާލެއް ކަމަށޭ މަމެން މިދެކެނީ

 9. ލިލްއަނާމް

  މަމެން އުއްމީދު ކުރަމޭ މާލޭގެ މިސްކިތް ތައް ޖަމާއަތުގައި ނަމާދު ކުރަން މާދަމާ ހުއްދަދެއްވާނެ ކަމަށް ރާއްޖޭގެ ވަލިޔުލް އަމްރު ރާއްޖޭގެ ގަދީމީ ރަށެކޭ

 10. ވަލްއަޤްދާމް

  މާލޭގެ މިސްކިތް ތައް މިއަދު ހުޅުވުމުން މަމެން އުއްމީދު ކުރަމޭ މާލޭގައި ދިރިއުޅޭ ކުދި ބޮޑު ކޮންމެ މީހަކު ވެސް މިސްކިތަށް ގޮސް މިސްކިތުގައި ނަމާދު ކުރަން އާދަ ކުރާނޭ ކަމަށް މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ދިއުން އެއީ މަމެން ދެކެން ބޭނުންވާ ކަމެކޭ އެއިރުން މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ ދިވެއްސެއްގެ އަގީދާ ވަރުގަދަވެ އެމެންގެ ހިތްތަކުގައި އީމާން ކަމުގެ އަލިގަދަ ނޫރު ބިންވަޅު ނެގޭނެ ކަމަށް ފެނެއޭ މިކަމަށް އިންކާރުނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ ނުކުރާށޭ...