ހައްޖަށް ދިޔުމަށް ފަހު ވަގުތުވެސް ފުުރުސަތެއް ލިބިއްޖެ ނަމަ ރާއްޖެއިން ހައްޖަ ދާނެ ކަމަށް އިސްލިމް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބައެއް ގައުމުތަކުން ކޮވިޑް-19 އާއި ގުޅިގެން ހައްޖަށް ނުގެންދަވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އަދި ރާއްޖެއިން ހައްޖަށް ދެވޭނެ ގޮތަށް ސައުދީ ސަރުކާރުން ހުޅުވާލައިފިނަމަ އެ އިންތިޒާމު ހަމަ ޖައްސާނެ ކަމަށެވެ.

"ރާއްޖެއިން މި މަސައްކަތް ކުރަނީ، އެންމެ ފަހު ވަގުތާ ހަމައަށްވެސް ސައުދީ ސަރުކާރުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށް ވަންޏާ އަޅުގަނޑުމެން ހައްޖަށް ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސައުދީ ސަރުކާރުން މިހާރު ވީހާވެސް މަދުން ގައުމުތަކަށް ފުރުސަތު ދީގެން ހައްޖަށް މީހުން ގެންގޮސްގެން އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތުގެ ދިރާސާއެއް ހަދަމުން އަންނަ ކަމަށެވެ.

އެގޮތުން 2.5 މިލިއަން މީހުން އެއްވަގުތެއްގައި އަރަފާތު ބިމަށް މީގެ ކުރިން އެއްވާ ކަމަށާއި އެ އަދަދު 270000 މީހުންނަށް ތިރި ކޮށްގެން ގައިދުރުކަން ބަހައްޓައިގެން އެ ފުރުސަތު ހޯދައި ދެވޭނެތޯ ސައުދީ ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ.

"ގައިދުރުކަން ބަހައްޓައިގެންނާ ހަމަ އެގޮތަށް މީހަކަށް ބަލި ވެއްޖެކަމަށް ވަނީނަމަ ފަރުވާ ދެވޭނެ އިންތިޒާމުތަކާއި އައިސޮލޭޓް ކުރެވޭނެ އިންތިޒާމްތަށް ހަމަޖައްސައިގެން ހައްޖަށް ގެންދެވިދާނެތޯ އެބޭފުޅުން އެބައްލަވަނީ 270000 މީހުންނަށް ތިރިކޮށްގެން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސައުދީ ސަރުކާރުން އެގޮތަށް ހަދާ ދިރާސާ ނިމުމުން ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިއްޖެނަމަ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. ޙަމައެކަނި އެކަން އެކަނިނޫން

  ތިޔަ ވުރެންވެސް އިސްކަމެއްް ދޭންވެޖެ މިސްކިތްތަކުގާ ޖަމާއަތުގާ ނަމާދުކުރުމައްވެސް...
  ...
  މިކަމުގާ އެޗްޕީން ނެއްނޫން ގޮތްކިޔަން ޖެހޭނީ...
  .
  ޙިތާ ހިތާ ސުވާލު ކޮއްލާބަލަ ރަސޫލާ ޞައްލަﷲ އަލަހިވަސަލްމގެ ޒަމާނާއި 4 ހަލީފާންގެ ޒަމާނުގާ ވިޔަސް ގާންގާން އަރާބަލި ތަކުގެ ސަބަބުން ދުވަހަކުވެސް މިސްކިތުގަ ޖަމާއަތް ދޫކޮއްފަ ވޭތޯ...
  ނޫންނަމަ އެދުވަސް ވަރު ގާންގާން އަރާ ނުރައްކާތެރި އެއްވެސް ބަޔެއް ނުފެތުރެނީތަ....
  އެހެންވިޔާ ހިތާ ހިތާ ސުވާލު ކޮއްލާ ތޯން ބަޔަކީ ކޮންދުވަސްވަރެއްގާ ފެތުރިފާވާ ބަޔެއްތޯ.. އެދުވަސްވަރު މިސްކިތްތައް ބަންދުކުރަން އިސްލާމީ ދައުލަތުން އެނގިފާވޭތޯ ނުވަތަ ޖަމާއަތް ދޫކޮއްލަން އެނގުނުތޯ...
  .. މިސްކިތުގާ ނަމާދައް ހެދޭ ސަފްތައް ނުވަތަ ޖަމާއަތް ހެދުމަތް ﷲ އަންގަވާފާވަނީ ހާދަ ގިނަގުނަވި ހިކުމަތްތަކަކައްޓަކާކަން ހަނދާނުން ފޮހެވުނީތޯ..
  ނުވަތަ ބައެެއްގެ ނުފޫޒުގާ ޖެހެވުނީތޯ..
  ﷲ ގެ އަމުރު ފުޅަކާ ދެކޮޅައް ނުވަތަ އެ އަމުރުފުޅަކައް ކުޑާމީސްކޮތް ވެގަތުމުގެ އިހްތިޔާރެެއް އަހަރެމެންގެ ކިބާގާ ނުވާކަން ހަނދާން ނެތުނީތޯ.. ﷲ ގެ ރަސޫލާ ޞައްލައްﷲ އަލައިހި ވަސަލަމް އެކަން ބަޔާންކޮއްދެއްވާފަ ނުވޭތޯ.. ﷲ ގެ ހުކުމްފުޅަކައް ފުރަގަސްދިނުމީ އަހަރެމެން އަމިއްލައައް އަހަރެމެންގެ އަމިއްލަ ނަފުދުތަކައް އަނިޔާވެރިވުންކަން ނޭގުނީތޯ... އަދި ﷲ ގެ ހުކުމް ފުޅަކާމެދު ރަސޫލާ ޞައްލަﷲ އަލައިހި ވަސަލްމް ހުވާކޮއްފާ އެކަލޭގެފާނުން އެންމެލޯބިވާ ދަރިކަނބަލުންނާއި މެދު މިސާލު ޖެއްސެވި ޖެއްސެވުން އިބްރަތް ހާސިލް ނުވޭތޯ..
  ..
  ގާންގަޔައް އަރާ ނުރައްކާތެރި ބަޔާމެދު އަމްލްކުރާނޭ ގޮތް އެކަލޭގެފާނުންގެ ހަދީސުން ސާބިތުކޮއްދީފާ ނުވަނީތޯ...
  ޢެ ހަދީސް ފުޅުގާ މިސްކިތްތައް ބަންދުކުރަން އިރުސާދު އައިސްފަ ވޭތޯ ނޫނޫ ޖަމާއަތް ދޫކުރަން ގޮވާލައްވާފާ ވޭތޯ.... ނުވޭ އެހެންނޫންތޯ.. ރަސޫލާ ޞައްލަﷲ އަލައިހި ވަސަލަމް އިރުސާދު އެއްވާފާ ވަނީ އެފަދަ ބައެއް އަހަރެމެން ތިބިތާކު ފެތުރިފާވާކަމައްވާނަމަ އެތަނަކުން އެހެންތަނަކައް ނުދިއުމަސާއި އަދި އެ ހެންތަނަކު އެފަދަ ބަޔެެއް ފެތުރިފާވާނަމަ އެތަނަކައް ނުދިއުމައް...
  އެކަލޭގެފާނުން ވަނީ އެފަދަ ހާލަތުގާ އަމަލް ކުރަންވާގޮތް ވަރައް ސާފުކޮއް އޮޅުން ނާރާނެހެން ސުވާލެއް ނޫފެދޭނޭހާ ސާފުކޮއް ބަޔާން ކޮއްދެެއްވާފަ... އިން ސާ ﷲ
  ..
  މިކަން ކަމާ ހެޔޮގޮތުގާ ވިސްނާ ފިކުރު ހިންގަވާލައްވާ...
  ތެދުމަގަކީ ތިމާ ހޯދީމަ ﷲ އިރާދަފުޅާއެކު ލިބޭ ނިއުމަތެއް.. ހައްގަކީވެސް ބާތިލް ދޫކޮއް ހައްގުގޮތް ހޯދަން އުޅޭމީހަކައް ﷲ އިރާދަ ފުޅާއެކު ލިބޭ ނިއުމަތެއް..
  ..
  އަހަރެމެން ބިރުގަނަނަންވީ އެޗްޕީއަކަށް ހެލުތުމިންސްޓްރީއަކައް އަދި އެމީހުންދޭ އިންޒާރުތަކައް އަދި ކޮވިޓަކައް އަދި ކޮވިޓް ޖެހިދާނެ އަތީއެއްނޫން.. ﷲ ގެ މަގުން ކަސިޔާރު ވެވިދާނެތީ... އެކަލާނގެ އެންގެވި އަމުރުފުލުތަކާ ހިލާފް ވެވިދާނެތީ އެކަމައް ބިރުވެތިވާންވީ...
  ..
  ޢެއްގޯސް ހެދިފާވުމުން އެގޯސް ފޮރުވަން އެނެއް ގޯސް ނުހައްދަވާ...
  .. އެއްދޮގު ހެދުނީތީ އެދޮގު ފޫބައްދަން އެތައް ހާސް ދޮގެއް ހަދަން ޖެހިދާނެކަމައް ބިރުވެރިވެ އިބުރަތް ލިބިގަނޭ...
  ..
  ގޯހެއް ހެދިފާވާނަމަ އެގޯސް ބުނެދީ ރަނގަޅުކުރޭ.. ނުވަތަ ބުނެދޭން ނުކެރޭނަމަވެސް އެގޯސް އިސްލާހް ކުރޭ...
  ..
  ޙަނދާން ކޮއްދީ އޮޅުންފިލުވާދީ ކަންކަމުގާ އޮންނަރަގަނޅުގޮތް ބުނެދިނުމީ މުމިނުންގެ ސިފައެއް..