"ޝަރީފާ ފައުންޑޭޝަން" އިން ހިރިޔާ ސުކޫލާއި، ކުޑަކުދިންގެ ހިޔާ އާއި މަޖޫރީންނަށް އަދި ބައެއް މީޑިއާތަކަށް މާސްކާއި ސެނެޓައިޒާ ހަދިޔާ ކޮށްފި އެވެ.
އެ ފައުންޑޭޝަނުން ގެންދަނީ ކޮވިޑް-19 އާ ގުޅިގެން އެކި ފަރާތްތަކަށް އެހީތެރިވަމުންނެވެ. ޝަރީފާ ފައުންޑޭޝަނަކީ ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ މަންމާފުޅުގެ ހަނދާނުގައި އުފައްދަވާފައިވާ ފައުންޑޭޝަނެކެވެ.
ފައުންޑޭޝަންގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެފައުންޑޭޝަނުން ހިރިޔާ ސުކޫލަށް 1،000 މާސްކާއި 1،000 އަންގި އަދި ފަސް ލީޓަރުގެ ސެނެޓައިޒާ ޕަންޕެއް ވަނީ ހަދިޔާކޮށްފަ އެވެ. ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ވެސް 1،000 މާސްކާއި 1،000 އަންގި އަދި ފަސް ލީޓަރުގެ ސެނެޓައިޒާ ޕަންޕެއް ހަދިޔާ ކުރި އެވެ.
އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުންދާ މަޖޫރީނަށް 500 ފޮތި މާސްކާއި 1200 ޑިސްޕޯސަބަލް މާސްކްގެ އިތުރުން 350 ފުޅި ސެނެޓައިޒާ އަދި ފަސް ލީޓަރުގެ ސެނެޓައިޒާ ޕަންޕެއް ހަދިޔާ ކޮށްފައި ވެއެވެ.
"ޝަރީފާ ފައުންޑޭޝަން" ވަނީ މީޑިއާ އިދާރާތަކަށް ވެސް ރައްކާތެރިކަމުގެ ސާމާނު ހަދިޔާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން "ވަގުތު" 200 މާސްކާއި 50 ފުޅި ސެނެޓައިޒާ އިއްޔެ ހަދިޔާ ކޮށްފައި ވެއެވެ. ރާއްޖެ ޓީވީއަށް ވެސް 200 މާސްކާއި 50 ފުޅި ސެނެޓައިޒާ އިއްޔެ ހަދިޔާ ކޮށްފައި ވެއެވެ.
އޮފީސްތައް ހުންނަ އެހެން މިޑީއާ އިދާރާތަކަށް ވެސް މި އެހީ ދޭނެ ކަމަށް ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މަންޑޭ ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެހީގެ ތަކެތި ފޮނުވާފައެވެ. އަދި ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ވަނީ އެހީގެ ތަކެތި ދީފައެވެ.
ކޮބާއިތަ ފާތުމަ ފައުންޑޭސަން އެ ވަގު 5އަހަރު ހާދަ ވަރެއް ހުއްޓޭ ހިތާނުކުރުން ކަދުރުބެހުން މިހިން ކިޔާނެކަމެއްނެތް
ލައިލާ ފައުންޑޭޝަން އެއްނުން ދެން ކަދުރު ބަހަން ޖެހޭނީ. ފާތުން ގޮއްޔެ ކިހާ ހިއްވަރެއް ކުރިތަ
އެ ފޮޓޯގަ އޭނީ ދަނގަޑޭ ތަ؟
ހާދަ މުއްސަނދި މީހެކޭދޮއްތޯ ތިޔަމަންޑޭއަކީ. އަހަރުމެން އަޑުއަހަނީ މީހަކަށްސަދަގާތެއް ކުރާނަމަ ކަނާއަތުން ވައަތައްވެސް ނޭނގޭގޮތަށް ސަދަގާތްކުރަން. އެކަމަކު މަންޑޭއަށް ސަދަގާތެއްނުކުރެވޭ މުޅިމީޑިއާގައި އިސްތިހާރުނުކޮށެއް؟ މިއީ އަނެއްކާ ނެކްސްޓް ބުރުމާގާސިމުބާ؟