ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދު ކޮށްފައިވާތީ، އިންޑިއާއިން ނުގެނެވިފައި ހުރި ބައެއް ސިއްހީ ސާމާނު ރާއްޖެ ގެނައުމުގެ ހުއްދަ އެގައުމުން ދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވަނީ އެސްޓީއޯއިން ގަނެފައިވާ ސިއްހީ ބައެއް ސާމާނު، ބޯޑަރުތައް ބަންދުވުމުގެ ސަބަބުން ނުގެނެވިފައި ވަނިކޮށް، އެތަކެތި ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާއިން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ސާމަނަކީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުން ކުރާ ތަކެތި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެސްޓީއޯގެ ސްޕޯކްސް ޕާސަން އަހުމަދު މުހައްމަދު (އަބޯ) ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ފްލައިޓްތައް އޮންނަ ދުވަސްތައް ބަލާފައި މިތަކެތި ވީ އެންމެ އަވަހަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ފަދަ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްހީ ބައެއް ސާމާނު ގެނައުމުގައި ދަތިތަކެއް ވަނީ ކުރިމަތި ވެފައެވެ.

އެހެން ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ރާއްޖެ ފޮނުވާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާރީ

    ޙާދަ ހެވޭ އިންޑިޔާ

    3
    1
  2. ރަބަރޭ

    ހިލޭ އެހީގެ ދަށުން އެސްޓީއޯއިން ގަނެފަހުރިބޭސްތައް ގެނައުމުގެ ހުއްދަދިނީ