އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއާއި ގުޅުންހުރި ނުވަ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާއި ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމްތަކުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުފައެވެ. އެ ދަތުރުފުޅު ނިންމަވާލައްވައި ޝާހިދު މިއަދު ވަނީ އެ ގައުމުން ފުރާވަޑައިގެންފައެވެ.

މިނިސްޓަރ ޝާހިދުގެ އެދަތުރުފުޅުގައި ވަނީ އިންޑިއާގެ ހާރިޖީ ވަޒީރު، ޑރ. ޖައިޝަންކަރުއާ ބައްދަލުކުރައްވާފައެވެ.

ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމާއި ގުޅޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ދެ ގައުމުގެ މެދުގައިވާ ތާރީހީ ގުޅުމުގެ މައްޗަށާއި، މުހިއްމު ހައްސާސް މައްސަލަތަކުގައި އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުންދިނުން ހިމެނެއެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އެފަދަ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވަނީ ދެ ގައުމުން ވެސް ދީފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއާއި އިންސާނީ ވަސީލަތްތައް ކުރިއެރުވުމުގަ އާއި ބައިނަލްއަގްވާމީ ކަންކަމުގަ އާއި ދެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމުގައި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާތައް ކުރެއްވިއެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ އައު ދާއިރާތަކާއި ގޮތްތައް ދިރާސާކޮށް ދެނެގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައި ވެއެވެ.

މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އާއި މިނިސްޓަރު ޖައިޝަންކަރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއާ ގުޅުންހުރި ނުވަ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

އޭގެ އިތުރުން އިންޑިއާގެ އެކި މީޑިއާތަކާ ބައްދަލުކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމާއި ރާއްޖޭގެ ތަރައްީގެ ތަސައްވުރާއި އެތަސައްވުރުގައި އިންޑިއާގެ މުހިއްމު ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑައެލޯގް

    މިމީހުން ދެންހޮވިއްޖެނަމަ އިންޑިޔާގެ ދަށަށް މުޅިންގައުމުދާނެއެވެ. މިހާރުވެސް އިންޑިޔާމީހުން ގެނެވެއެވެ. ބަންގްލަދޭސް މީހުނެއްނުގެނެވެއެވެ. އިންޑިޔާމީހުނަށް ގޯތިދީފައިވެއެވެ.

  2. އަކްމެޑް

    ބްރޯ ފަތުރުވެރިކަމުގަ ރާއްޖެއާ އިންޑިއާ އޮތް ހިސާބު އެނގޭތޯ؟ އިންޑިއާމީހުނަށް ފަތުރުވެރިކަމުގަ ރާއްޖެއަށް ކިޔައިދެވޭނީ ކޯއްޗެއް؟

  3. ހަގީގަތް

    ގައުމު ޑޮލަރައްޖެހިފަ އޮއްވަ ގައުމުގެ ބާކީ އޮތް ބައި ވިއްކާލުމުގެ އެއްބަސް ވުމެއްގަ ސޮއެކުރީ ދެން ޑޮލަރުކޮޅު ހިފައިގެން އަންނާނީ

  4. މޕ

    ކުރީގަކީ ޔާމީނު ޗައިނާޔަށް ގައުމު ވިއްކާފިޔޭ ކިޔާ ބަހައްޓާފަ އަސްލު މިވެރިން ގައުމު ވިއްކާލީ އިންޑިޔާއަށް

  5. މަހޭ

    އިންޑިޔާ އާއި އެކު ސޮއިކުރާ ކަންކަމެއް ނުހިނގާ

  6. ގަބުޅިބާދަލާ

    ދިވެހި ގައުމު އަޅުވެތިކުރުމުގެ އިތުރު އެއްބަސްވުން ތަކެއްގައި އިންޑިޔާއާއި އެކު ސޮއިކޮށްފިޔޭ ބުނިއްޔާ މާތާހިރުވާނެ. މިއޮއްހުރިހާޒަމާން ތަކެއްގައި ދިވެހިން އޅުވެތިނުވާހާވަރަށް މިވެރިކަމުގައި ދިވެހިން އަޅުވެތި ކުރު ވައިފި. އަސްލުގަ ހިބަރު ވަދުގ ޖެހިފަ ހުރީ ޝާހިދު އާ ރައީސް އިބުރާހިމް އާ މާރިޔާ. އިންޑިޔާޖެހި މަޅިން ސަލާމަތް ނުވެގެން އުޅޭކަން އެންމެ ހާ ދިވެިންނަށް އެނގޭ. މިފަހަރު ދެވޭ ވޯޓަކީ އިންޑިޔާގެ އަޅުވެތި ކަމުން މިންޖުވުމަށް ދޭންޖެހޭ ވޯޓެއް. ދިވެހިންނޭ ވިސްނާ. ހެޔޮނުވާނެ ފާއިސާކޮޅަކަށް ދިވެހި ގައުމުގެ މިނިވަންކަން ވިއްކާނުލާ. މުސްތަގުބަލްގެ ދަރިންނަށްޓަކައިވެސް ރައީސް އިބްރާހިމްއަށް ނޫނެކޭ ބުނަން އެބަޖެހޭ.މިއި އަހަރެމެންގެވެސް ތިބާގެ ވެސް ދިވެހިގައުމު. މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ ނުދާނަމޭ.