ރައްޔިތުންގެ މަޖިލީހު ވަޅީގައި ތުނޑު އެބަހުރި ކަމަށާއި މަރާލާފައިވާ މީހުން ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދޭނަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ކޮމިޝަންގެ ސިޓީއެއް ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް އެބޭފުޅުންނަަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މަރު ކޮމިޝަނުން ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ. އަދި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ހޯދުމަށް މަޖިލީހުން އެދިފައިވާ ކަމަށެވެ. އެގޮތުން މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް މަޖިލީހަށް ހިއްސާ ކޮށްފައިވާނެ ކަމަށާއި ނަމަވެސް ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އިތުރަށް މިއަދުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަމުން ވަނީ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ނުލިބެނީސް މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ މައްސަލަތަކަށް އިންސާފު ނުލިބޭނެ ކަމަށް ދެކެވަޑައިގެން މަސައްކަތް ހުއްޓާލުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް ހަނދުމަފުޅު ބަހައްޓަވާތި ރާއްޖޭގެ ހުރިހާ މުއައްސަސާތަކަކުން ވެސް، މާތް ރަސްކަލާނގެ އަމުރާއި އިރާދަފުޅުން މި މަޖިލީހުގެ ވަޅީގައި ތުނޑު އެބަހުރި. އިރާދަކުރެއްވިއްޔާ މިކަމުގައި ގޮތެއް ނިންމައިދޭނަން،" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހަނދު

    ބޮޑުވަރަކަށްވެސް ކުރެވޭނެ ކަމަކަށް އޮތީ އިތުބާރުނެތް ކަމަށް ވޯޓެއް ނެގުން. އިތުރު ކަމެއް ކުރާނެހާ ހިތްވަރެއް މަޖިލީހުގެ ވަޅީގެ ތުނޑަކު ނެތް.

    39
    1
  2. ސޯޕް ލައިޓް ބްރަދަރ

    ތިވިދާޅުވާ ވަޅިހިފައިގެން ތަޅާނެކުދިންކޮޅު ގޮވައިގެން އިންސާފު ހޯދައިދޭން ރަށުތެރެއަށް ނުކުނަނީތޯ؟؟؟؟؟؟؟

    33
    1
  3. ރަބަރޭ

    މަޖިލީހުގެ ވަޅީގާތުނޑު ހުއްޓެއްކަމަކު އެތުނޑު ވަނީ މޮއްވެފާ ތިޔާ ވަޅީގެ ތުނޑުން ކަމެއް ކުރުމެކޭ ނަކަސްތެޅުމެކޭ ތަފާތެއް ނުހުންނާނެ

    31
    1
  4. Anonymous

    ފުރަތަމަ ތިމާ ބޮލުގައި ސިކުނޑިއެއް ހުރިތޯ ބަލަންވީ، އެއަށްފަ ހު ވަޅީގެ ތުނޑު ހޯދާނީ.

    36
    1
  5. މުހައްމަދު ޝާހް، ރ.ވާދޫ

    ބީތާޔާ ނުވާނެ ތިކަމެއް ކަލޭމެނަކަށް. ކުރެވޭވަރު ކަންކަމާ އުޅުނިއްޔާ ރަނގަޅުވާނެ. ރައްޔިތުންގެ ފައިސާއިން 2 މިލިޔަން ބައިއަޅައިގެން ދިރުވާލިއިރު، ބެލުނު އެންމެ މަރެއް ނިކަން ބުނެދީބަލަ. އަދިވެސް ރައްޔިތުން ގުނބޯހެެއްދުމުގަ ، ކަލޭމެނަކަށް ތިކަމެއް ނުވާނެ. ދައުލަތް ބަނޑުއަޅާލުން އެކަން ކުރާނެ ކުރަމުން ތިދަނީ އަދިވެސް.

    29
    2
  6. Anonymous

    ކަލޭގެ ނަގުލަކާއި ދަޅެއް މަދީ

    29
    1
  7. ބިންގޯ

    ނަސީދު ހަމަގައިމުސް ތިޔަކަމެއް ނުކުރެވޭނެ

    29
    1
  8. ފޮނިމީހާ

    ހެހެހެ..މި ހުރިހާ ގޭމެއްވެސް މިކުޅެނީ ހަމަ އެއްބައެއް. ޕަޕެޓުން މިހެން ތެޅޭއިރު ރައްޔިތުން މިތިބެނީ ވާނުވާގަ.

    31
  9. ޓްރަންޕް

    ބަލަ ވަޅީގައި ތުނޑު ނެތަސް ހެވޭ ވަޅި ރީތީ ތޫނިއްޔާ އޭ! ބޭކާރު ވާހަކަ ނުދައްކާ ބަސް މަދުކޮށް އަމަލު ގިނަ ކުރައްވާ ނިކަން ކެރެންޏާ ތިޔަ މަޖިލީހުން ކުއްވެރިންނާއި މުޖުރިމުން ސައިޒު ކޮށްލެވޭ ވަރުގެ ގާނޫނު ތަކާއި ގަވާއިދުތައް ހަދާ ގައުމު ހަންމަތަ ކޮއްދީބަލަ

    27
  10. މިޔަ

    ތުނޑު ހުންނާނީ ކީހުގައި. ވަޅީގައި ހުންނާނީ މިޔަ! މި ބުނެވުނީ ރަނގަޅަށްތަ؟

  11. Anonymous

    ތަށިބަރި ހިފައިގެން މަޖިލި ހަށް އަންނަ ވާ ހަކަ އާއި އަމިއްލަ ފޯނުގައި ހުންނަ ފޮޓޯތަކާއި. ޔޫޓިއުބު ވީޑިޔޯ ދެއްކީމައި ރައްޔިތުން މި ހާރު ޖަ ހަނީ ޖޯކު. އެކަން އަޑީގައި އެޖެންޑާ އޮވެގެން. ޢެއީ ރައްޔިތުން އިހ ހްތިރާމް ލިބެންޖެ ހޭ ގަދަރުވެރި މުއައްސަސާތަކުގެ އަގުވައްޓާލުން. އެއީ އެމް.ޑީ. ޕީ ގެ އަސްލު އެޖެންޑާއަށް ވާސިލުވުމަށް ކޮށާ މަގެއް. ވަޅި ތުނޑޭ، މަރުކޮމިޝަނޭ، "ނުކިޔައި ރައްޔިތުންގެ ޖީބު ތަނަވަސްވާ ގޮތަކަށް ދައުލަތް ބަންޓަން ކުރަންވީ.

  12. އެމަންޖެ

    ނަސީދޫ ތުންޑުހުއްޓަކަސް ނުވާނެ ކޮށިވެފަ އޮތިއްޔަކާ ، މަޖިލިސް ވަޅި އޮތީ ކޮށިވެފަ އެހެންވީމަ ދެން މަޖިލިސް ތެރޭ ކޮއްމެސް އެހެން ގަނޑެއްގަނޭ.

  13. ނޭމާ

    މަޖިލީހު ވަޅިއިނީ ތުނޑު ބުރިކޮއްފަ ވަރަށްސަލާ ން

  14. ރާޒް

    ތަންކޮޅެއް ހަމަޖެހޭވާހަކަ ދެއްކޭތޯބަލާބަލަ. ހެދުނު މަޖްލިސްއިން މަރު ތަކާބެހޭ ކޮމިޝަނުން މަސްއަލަތައް ހުއްޓައިފި ކަމަށްޢިއުލާން ކުރިތާ ދެތިންގަޑިއިރުތެރޭ އެޚަބަރު އެކޮމިޝަނުން ދޮގުކޮށްފި. ވާނުވާ އެއްގޮތަކަށްވެސް ނޭގޭ.

  15. ޙަމަހަމަ

    ފައްކާ ކޮރަ ޕްޓު ޓެރަރިސްޓު ޖަމާއަތެއް ތިއީ. މަރުކޮމިށަނުން ފިތުނަފަސާދަ އުފައްދައި ، ބޭކަރު ހަރަދުކޮށް ، އަދި އިތުރަށްވެސް ޖަރީމާ ހިންގަން ހަވާލުކުރުމުން އެކަމާ އެމީހުން ދެކޮޅުހެދީމަ އުވާލާފަ ބިރުދައްކަނީތި.

  16. ޙަސަނާ

    ތިޔަކޮމިސަނަކާ ހަވާލުކުރި މަސައްކަތް ނިންމާފަ ހުސްނުސޫދު އެހިރީ މިހާރު ބޮޑުކޯޓުން ޖާގަހޯދާފަ އޭނާޔާހަވާލުކުރީ މިހުރިހާ މަރަކިވެސް ދީނީމީހުން އަޑީގަ ތިބެގެން ހިންގިކަމެއްކަމައް ދައްކަން ހަރުކަށިފިކުރުގެ ވާހަކަ ދައްކަން ދިވެހިންގެ ހިތްތަކުގަ އިސްލާމްދީނައް ނަފުރަތު އުފެދޭ ގޮތަށާ މޑނ އައް ހިވަރުލިބޭފަދަ ގޮތަކައް ރިޕޯޓު ތައްޔާރުކޮއްދިނުމައް އެކަން އޭނަކޮއްދީފަ ތިބޭޅާގެ ރުހުމުގަ އެހުރީ މަގާމު ދެއްވާފަ ދެން ކޯންޗެއްކިއަން ތިއުޅެނީ ނިކަން ކެރެންޔާ ގޭންގުތަކާ ދެކޮޅައް ގާނޫނެއްފާސްކޮއްލަބަލަ ނުވަތަ ވާހަކައެއްދައްކާލަބަލަ ގޭންގުތައް ހުއްޓުވާނަމޭ ބުނެބަލަ ކެރޭނެތަ ބުނަން މިގައުމުގަ އިސްލާމް ދީންނޫން ދީނަކައް ޖާގައެއްނުދޭނަމޭ އަދި މިހެންކިއާފަ އިގިރޭސި ބަހުން ޓުވީޓެއްކޮލަން ބޭކާރު ވާހަކަ ނުދައްކާ ތިއުޅެނީ އިބުރާހިމަކައް މިކަންނުވިއޭ ބުނަން ދޮތަ؟؟؟

  17. ޙާލަތު

    ތިޔަ ކިޔަނީ ކީހެއްގެ ވާހަކަދޯ