ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައި ވަނިކޮށް އަންނަ މަހުގެ ތެރޭގައި އަލުން ފަތުރުވެރިކަން ހުޅުވާލާއިރު ރިސޯޓުތަކަށް ދިވެހިން ވަޒީފާތަކަށް ވެއްދުމަށް ރިސޯޓުތަކުގެ މެނޭޖުމަންޓުތަކަށް ޕްރެޝަރު ކުރަން ބޭނުން ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކާއި ގުޅިގެން މިއަދު ޕެޓިޝަން ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލުން ފަތުރުވެރިކަން ހުޅުވާލާއިރު ރިސޯޓުތަކަށް ފަތުރުވެރިން ގެނެވޭނީ ނުވަތަ ރިސޯޓުތައް އަލުން ހުޅުވޭނީ ވަކި ގޮތަކަށް އަމަލު ކޮށްގެން ކަމަށް ވިދާޅުނުވާނެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ހާލުގައި ހުރިހާ އެންމެން ވެސް ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑު ކަނާތް ފަރާތް ބަލާލާއިރު މުވައްޒަފުން ތިބިއިރު އެނޫން ގޮތެއް ނެތިގެން އެމީހުންގެ އާއިލާތައް ބިކަވަނީ. ވާތް ފަރާތް ބަލާލާއިރު އަޅުގަނޑުމެންގެ ދުނިޔޭގެ އެންމެ ބޮޑެތި ޕްރޮޑަކްޓުތަކުގައި ތިބި ރިސޯޓުތައް ވެސް ބަނގުރޫޓުވާ ހިސާބަށްވެސް ބައެްއ ރިސޯޓުތައް ވެސް ގޮސްފައި އެބަހުރި،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިސޯޓެއް އޮވެގެން ތިޖޫރީގައި އަބަދަކު ފައިސާ ނުހުންނާނެ ކަމަށެވެ. ރިސޯޓުތައް ހިންގާ ފަރާތްތަކަކީ އެކިއެކި ލޯނުތައް ނަގައިގެން ތިބޭ ބައެއް ކަމަށާއި އެހެންކަމުން އެމީހުންގެ ކޭޝް ފްލޯ ތާށިވުމުން އިނދަޖެހޭ ހިސާބަށްވެސް ބައެއް ފަރާތްތަކުން ދާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އެހެން ނޫން ނަމަ އެމެރިކާ ތަންތަނަކުން ވެސް މިލިއަނަކުން މީހުން ވަޒީފާތަކުން ވަތްކެއް ނުކުރާނެ. މިވާހަކަ މި ދަންނަވަނީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިކުރުން ދިފާއު ކުރާކަށް ނޫން. ވަޒީފާއިންވެސް ވަކި ކުރަން ޖެހޭނީ އޭގެ ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި ބޯޑަރުތައް ހުޅުވުމާއި އަދި އަންނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ރަނގަޅު ގޮތްތަކެއް ވެގެން ދާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މަތީ މަގާމުތަކަށް ދިވެހިން ގެނައުމާއި އަދިވެސް އެނޫން ރަނގަޅު ގޮތްތައް ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިންނަށް ހޯދައި ދިނުން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ުޔާޔާ

  ބޭރު މީހުންނަށް ދީ

 2. ޅޮލް

  ދެން ރާކަނިމަސް ކައިގެން ތިބޭ އެމްޑީޕީއައް ވޯޓް ދިން ރިސޯޓް ތަކުގެ މުވައްޒަފުން ދެންލަލަލާ ރަނގަޅައް ކަ ރުގަ ހިތި ރަހަލާނެ މިފަހަ ރު

  22
  1
 3. ބާޣީއެޖެންޑާ19

  ދެންލަލަލާ! ކޮއެފުޅުންނޭ އެޖެންޑާ19 މާބޮޑަށްވެސް ތަފާތުދެއްތޯ. މިއެންމެން ގަންހިންގަންވީ. ނޫނީ އަލުންވެސް އަތުވެދާނެ..... ހޮޅިވާހަކަތަކާއި ހުވަފެން ދައްކައިގެން

  15
 4. ރަބަރު

  ތީދޯ ރިސޯޓް މުވައްޒަފުންނަށް ވެފާވާ ވައުދަކީ

  13
 5. ބަބުރު ބަކުރު

  މަޖުބޫރު ނުކުރިޔަސް މިނިސްޓަރީގެ އެދުމެއްގެ ގޮތުގައިވެސް އެބައި ހިމެނިދާނެދޯ.

 6. އެމް ޝަމް

  ދިމާވާ ކަންތައް ތަކަށް ހައްލު ހޯދަން ނޭގެންޏާ ހަވާލު ނުވާންވީ.

  10
 7. މާމީ

  ނުވެސް ކުރެވޭނެ ނިކަން ރިސޯޓުތަކުގަ މަސައްކަތް ކުރާ މީހުން ވިސްނަބަލަ މިމީހުން ގެ ނުބާނުލަފާކަން ބަލަ މިމީނުން ރިސޯޓުތަކުގެ މުއައްޒަފުންނައް މުސާރަތައް ބޮޑުކޮއްދީ ކޮންމެ ރެއަކު ޑިއުޓނިއްމާފަ އަންހެނުންކާރި ކުދިންކާރީ އާއިލާކާރިއައް ރަށައް ފޮނުވަނަ ވައުދު ވެގެން ވޯޓު ހޯދާފަ މިހާރު ކަރާ މެން މިބުނަނީ ދިވެހިންނައް އިސްކަމެއް ދެވެން ނެތޭ. ކޮބާ އިބުރާހިމު މެން ދެއްކިވާހަކަ. ލަދު ކޮބާތަ.

  11
 8. އަޡު

  ބަލަގަ ގަމާރާ ކަލޭމެން ރައިތުންގެ މުސާރަކައިގެން ތިބެ ރައިތުން ނައް ކަމެއް ނުކޮދެން ދޯތިވިސްނަނީ. ދިވެހިން ނައް ގިނަވަޒީފާލިބުމަކީ ގައުމައްވެސް ކުރާފައިދާއެއް. ދިވެހިން އުފަލުގަތިބުމަކީ ދިވެހިން ރާއްޖެ އައް އޮތްރަގަޅެއް. ރައިތުންނައް ފައިދާވާގޮތައް ކަންކަން ނުކުރަންޔާ މަޣަމުންބާލަންޖެހިދާނެ. މިފަހަރު މިފެނުނީ ރައިތުން ނައް ހުސްނިކަމެތިކަން ދޭތަން. ރައިތުން ބިކަކުރާކަން. ޔާﷲ މިވެރިކަން އަވަހައް ނިއްމަވާދެއްވާދޭ!

  10
 9. ކިނބޫ

  ނޫނޭވާ ޖައްބާރުކަމެއް އެބަހުރި. ދެން އެކަމަކުވެސް މަ ބުނާނީ ރަނގަޅޭ. ރިސޯޓު ވަޒީފާގަ އުޅޭ މީހުންތައްވެސް ވެގެން ގެނައި ސަރުކާރެއް ވިއްޔަ. އަރުގަ ހިތިރަހަ ރަނގަޅަށް ލާން ޖެހޭނެ. ބަރާބަރު.

  11
 10. ނަޖީ

  ކަލޭ ދެފަހަރު ތިކޮޔްނީދޭތި އަހަރުމެނައް އެގޭ އަލީވަހީދު މަލެކާރީެިސޯޓުތަކައް ކޮމްމެހަފުތާޔަކު ތިއަންނަނީ ކީކުރަންކަން އެރިސޯޓުތަކުގަ 600 އިސްޓާފުން މިވަގިތުގަވެސް އެބަތިބި އެކަމް ދިވެހިން ތިބީ 45 މީހުން ދެންކޮމްމެ ގޮތެވިޔަސް އެމީހުންބުނާގޮތެ ހަދަންޖެހިގެން ތިގޮތައްބަދަލުތިކުރީ

 11. ނަޖީ

  އަހަރެން މިއުޅޭ ރިސޯޓަކީ އަލީވަހީދު ކޮމްމެ ހަފުތާއެއް ކަހަލަގޮތަކައް އަންނަރިސޯޓެ ރަންގަޅު ކާއެއްޗެނުދޭހާލުގަ 50 ދުވަހު މަސަކަތްކުރީމާމިދެނީ 450ރުުފިޔާ

 12. ާަަިސަމަާހު

  ޥަރަައް ދެރަ ކަމެއް

 13. އެމަންޖެ

  ހުރިހާތާކައް ބިދޭސިންލާ އޭރުން ކަލޭމެންނައް ކާންލިބޭވަރު ގިނަވާނެ.

 14. ރޯދަ މުބާރިކް

  ހީވާގޮތުން ޕެޓިޝަންގަ ލިޔުނީ މިހާރު ހުރި ގަވާއިދުތަކަށް އަމަލުކުރުމަށް! 45 ޕަސެންޓު ވަޒީފާ ދިވެހިންނަށް ލިބިދިނުމަށް ދެން އިސްކަން ދިނުމަށް! ކީއްވެތޯ މި ކަން ނުކުރެވޭންވީ؟ ޢެމެރިކާއިން ވަޒީފާއިން ވަކިކުރިމީހުން ވަޒީފާތަކަށް ނަގަމުންދަނީވެސް! އެމީހުން އެމަސައްކަތް ކުރަނީ ވީހާގިނަ، އެމެރިކާ މީހުންނަށް ވަޒީފާ ހޯދަދޭން!

  މިތާ މި އުޅެނީ އިދިކޮޅަށް ކަމަށް ހީވަނީ! ވަޒީފާތަކުން ވަކިކުރަން ގާނޫނުތަށް ހެދެނީ އަނެއްކޮޅުން ވެރިންގެ ބަސްމަގު މިހާލަތުގައިވެސް ހުރީ މި މޭރުމުން!

 15. ޙހހހ

  ރައީސްވެސް ބުނަނީ ރިސޯޓްތަކަށް ދިވެހިންނަގާނީ ވަކިކަހަލަ ތަމްރީންތަކެއް ފުރިހަމަކުރުވާފަޔޯ ، ބަލަ ބަންގާޅީ ބޭފުޅުން ނުޖެހޭ ދެތޮ ތަމްރީނެއް ހަދާކަށް ، ކަނޑާލީމަ ލޭވެސް ނާންނަ ބައެއް

 16. ނަސީދު

  ޢިންޑިޔާ މީހުންނައް އޯޕާންވިސާދީ

 17. ނަސީދު

  70% ދިވެހިން މަޖުބޫރުކުރަންފެނޭ

 18. ޗަރޭ

  އޯކޭ. އަދިވެސް ވޯޓުޓުލުން އޮންނާނެ ތާ. އެދުވުން ކަލޭ އެމެރަކާ އިން ވޯޓު ހޯދާ ބުރާންޗާ

 19. ނިޔާ

  ތީދެން ވަރަށް ހެއްވާ ވާހަކައެއް.އެމެރިކާ އަށް ކޮންމެ ކަމެއް މިސާލު ޖަހަން ޖެހޭތަ.މީހަމަ ބުރާންތިން ތަކެއް ގައުމު ހިންގަންނޭގޭ.ވޯޓުހޯދަންވީމަ ރިސޯޓު މުވައްޒަފުންނަށް ހުވްފެންތަށް މީގެފަހުން އެއްވެސްޕާޓީއަކުން ނުދައްކާތި.މިހާރު މިތިބީ ރަގަޅަށް ހޭލެވިފަ.