މަސްވެރިކަން ކުރާ އުޅަނދު ފަހަރަަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ދުރުމީ މުޅިން ހިލޭ ދޫކުރަން ފިޝަރީސް މިނިސްޓްރީ އިން ނިންމައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިި ވަނީ ކަނޑުން ހިންގާ މަސް އައިނުން މަސްވެރިކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން މަސްވެރި އުޅަނދު ފަހަރަަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ދުރުމީ ދޫކުރުމުގެ ޕްރުގްރާމުގެ ދަށުން ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ.

އަދި މިއީ މަސްވެރިނަށް މުޅިން ހިލޭ ދޫކުރެވޭ ވަސީލަތެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ފިޝަރީސް މިނިސްޓަރ މުހައްމަދު ޝައިނީ ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ވައުދާއި އެގޮތަށް ކަނޑު ގަދަ އިރުވެސް ދުރުމީ އިން ފެންނަ އިރު އުދަރެސް ސްޓޭބަލް ކޮށް ފެންނަ ދުރުމީ ދޯނި ފަހަރަށް ދޫކުރުމުގެ ފުރަތަމަ ފިޔަވަހި ހުޅުވާލެވުނީ ކަމަށާއި , މިއާއެކު މަސް އައިނު ހޯދަން މަސްވެރިނަށް އިތުރަށް ފަސޭހަ ވާނެ ކަމަށެވެ.

ފިޝަރީސް މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން މި ޕްރޮގުރާމުގެ ދަށުން ދޫކުރާނީ " އިމޭޖް ސްޓެބިލައިޒިން " (އުދަރެސް ގިނަ ވަގުތު ބެލުމަށް ފައްސޭހަ ) ދުރުމީއެކެވެ. މި ޕްރޮގުރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 100 ދުރުމީ ދޫކުރަން ވަނީ ހަމަޖެހިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ދުރުމީ ހޯދުމަށް އެދި ހުށަހަޅާ ފޯމު އެމިނިސްޓްރީންނާއި އެމިނިސްޓްރީ ގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އެޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދުރުމީ ހޯދުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހުގެ .14:00 ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގުރާމަށް އެދި ހުށައަޅާ ފޯމް ފިޝަރީސް މިނިސްޓްރީން އަދި އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.