އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ އަންހެންނުންތަކަކަށް ޖިންސީ ގޯނާ ކުރި މީހާއަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އައްޑޫ ސިޓީގައި ޢުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ސ. މީދޫ، ޕްރިމްރޯސް، މުޙައްމަދު ސިމްހާންގެ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާއާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުހެ ދަޢުވާއާއި، ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާކޮށްފައިވާ ކަމަށެވެ.

މީދޫގައި އުމުރުން ދުވަސްވެފައިވާ އަންހެނުން ތަކަކަށް ޖިންސީ ގޯނާ ކުރި މީހާގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދިފައިވަނީ އިއްޔެއެވެ.

އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 64 އަހަރުގެ އަންހެނަކަށާއި، 65 އަހަރުގެ އަންހެނަކަށާއި 66 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، އޭނާގެ ބަންދުގެ މައްސަލާގައި މި މަހުގެ 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށާއި އެ އަމުރު ރިވިއު ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން އަލުން ކޯޓުގައި އޭނާ ބަންދު ކުރުމަށް އެދިފައިވާތީ ކޯޓުން އޭނާ، ހޯމް މިނިސްޓްރީން ނިންމާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަންގާފައިވާ ކަމަށެވެ.