ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްފައިވާ ފްލެޓްތައް އިމާރާތްކުރުމުގައި ހަރަކާތްތެރިވާމުންދާ ބިދޭސީންނަށް މުސާރަ ނުދޭކަމަށް ބުނެ މުޒާހަރާ ކޮށްފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ގިނައަދަދެއްގެ ބިދޭސީންތަކެއް އެ ފްލެޓްތައް އިމާރާތްކޮށްފައިވާ ސަރަހައްދުގައި މުޒާހަރާކުރުއިރު، ފުލުހުންވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ފުލުހުން މިއަދު ވިދާޅުވީ، ހުޅުމާލޭގައި އިމާރާތް އެޅުމުގެ މަސައްކަތްކުރަމުންދާ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފުންތަކެއް ކުންފުންޏާއި މެދު ހުރި ހިތްހަމަނުޖެހުންތަކެއް ފާޅުކުރާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެތަނުގައި ބިދޭސީން ހަމަނުޖެހުން ހިންގާފައިވާ ކަމުގެ ލިބިފައި ނުވާ ކަމަށެވެ.

އަދި އެ ކުންފުނިން އެމީހުންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަަރުން

    މުޅި ރާ އްޖޭގައި ލާދީނީ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ...

    12
    1
  2. މަބޭ

    ދެން ސަރުކާރުންވީ މުވައްޒަފުންނައް މުސާރަދޭނެ ލާރިވެސް ނޫމަޑިޔައްދޭންތަ.