ރާއްޖޭގެ ޤާނޫނީ ވަކީލަކު އަމިއްލައަށް މަރުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވީ ދަންޖެހިގެންނެވެ. މަރުވީ މާލޭގެ ގެއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ އަކީ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި ފުލުހުންގެ ތެރޭގައި ވެސް މަސައްކަތް ކުރި މީހެއް ކަމަށް ވެއެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަނީ އަމިއްލަ ލޯ ފާމެއްގައެވެ.

މިހާދިސާ އާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.


ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޑަމް.ރަމް

    ކޮންގާނުނި ވަކީލެެއްބާ!

    116
    2
  2. ކާފަރު

    ސުޝާންތުގެ ފޮލޯވަރެއް..

    16
    63
  3. ދަންމަޅި

    ﷲ އަށް ވަކީލުކުރަން ޒުވާނުންނަށް ދަސްކޮށް ދެއްވާށެވެ އަދި އެމީހުންގެ ވާހަކަތައްޝެއާކުރަން ހިތްވަރުދީ ލޯތްބާއެކުއެމީހުންގެ ވާހަކައަޑުއަހާށެވެ އެންމެ ބޮޑަށް ނާކާމިޔާބު ވާމީހަކީ ﷲއާމެދު އުންމީދުކަނޑާލާ މާޔޫސްވާ މީހާކަން ބުނެދީ އެހީތެރިވާށެވެ

    139
    6
  4. ޙަމަހަމަ

    ތިފަދަ ކަންތައްތައް ވަރަށް ރަނގަޅަށް ތަހުގީގުކުރަންޖެހޭނެ. ޏަފް ސާނީ ބައްޔެކޭ އަމިއްލައަށޭ ނުބުނެ. ތި ވަރަށް އެކަށީގެންވެ އޭނާގެ ވަޒީފާއާއި ގުޅުންހުރި މައަ ސަލައެއްގަ ބަޔަކު ކުރުކަމެއްކަމަށްވެ ސް. މަރުވެ ސް އޭނާގެ ކޭ ސްތައްވެ ސް ދިރާ ސާކުރަންޖެހޭނެ. ލޯޔަރު ނަޖީބު މަތިން ހަނދާންނައްތާނުލާތި.

    92
    1
  5. އަލިބެއްޔާ

    ކައުންސިލިންދޭ އެއްވެސް ނަންބަރަކުން ފޯނެއް ނުނަގާ..

    94
    4
  6. ސެކު

    ސެކިއުލާ މީހުން ފަހުން ޤާނޫނޭ ކިޔައިގެން އުޅުނު. އުތެމަ ކިޔާ ބައިގަނޑަކު. ލާދީނީ މީހުން މިޤައުމުން ބޭރުކުރޭ

    96
    12
  7. ދޮންބެ

    ޝީ އާއި ޖުވެނައިލްޖަސްޓިސްގެ ކައުން ސަލަރުންނަށްވެސް ކައުންސިލިން ދޭންޖެހެއެވެ.އެއީ އެތަންތަނުގައި ކައުންސެލިން ދޭމީހުންނަކީ،ޢިސްލާމީ ޢިލްމުން ޢިލްމު ލިބިފައިވާ އަދި ދުނިޔަވީ ގޮތުްންވެސް މަތީ ތަޢުލީމް ލިބިފައިވާ ބަޔަކަށްވެގެންމެނުވީ ދެވޭ ކައުންސިންގައި އޮއްޓަރެއް ނުހުންނާނެވެ.އެބޭފުޅުން ކިހާވަރަކަށް ޑުރަޤުކުދިންނަށްވެސް ކައުންސިލިން ނުދޭތޯއެވެ.އެކަމަކު ނަތީޖާ ސުމެކެވެ.ޑުރަޤު ބޭނުންކުރާމީހުންގެ ތެރެއިން މީހަކު ރަނގަޅު ވެފައިހުންނާނީ އިސްލާމީ ކައުންސިލިންގެ ތެރެއިންނެވެ.

    107
    9
  8. ހަމޭ

    ވައްހާބު ކިޔާ މީހެއް. ކުރިން ޕީޖީ ގަވެސް މަސައްކަތްކުރި

    62
    4
  9. ވަކީލު

    އެހެންވެދޯ ގެއްލުން ނުދެނީ؟

    10
    1
  10. މައިބަދަ ޝާނު

    މި މާލޭގައި އުޅެން ޖެހޭ ދަތި ޙާލުގެ ސަބަބުން ކިތަށް މީހުން ނަފްސާނީ ބަލި ޖެހިފައިވޭ ތޯއެވެ. މިކަން ކަމާއި ވިސްނާ އަޅާލާނެ ބަޔަކު ނެތެވެ. ހިތާއި ސިކުޑިއަށް ކެތް ނުވާ ހިސާބަށް ދިޔައިމަ ޝައިޠާނާގެ އަވައިގަ ޖެހެނީއެވެ. ކައުންސިލިން ދޭނޭ ކިޔާ ވަރު ވަރުގެ ވަޒީފާ އުފައްދައި ދައުލަތުން އެތަށް ފައިސާއެއް ޚަރަދު ކުރެއެވެ. އެއިން ތަނަކުން ފޯނެއް ނަގަނީ އައި.ޖީ.އެމް.އެޗް އިން ޚާއްސަ ޑޮކްޓަރަށް ނަންބަރެއް ލިބޭ އުސޫލުންނެވެ. މިހެން މިބުނީ ބަލި ބޮޑުވެ މީހާ ނިޔާވާ ފަހުންވެސް ނަންބަރު ޖެހިގެން ހޮސްޕިޓަލަށް އަންނަން ގުޅާފައި އެބަހުއްޓެވެ. އެހާވެސް ފަރުވާކުޑައެވެ. ދައްކަން ޖެހޭ ލައްކަ ވާހަކަ އެބަ ހުއްޓެވެ. ނަފްސާނީ ވަނީ އެއްނޫނެވެ. ބަޔަކު ގަސްތުގައި ނަފްސާނީ ކުރުވަނީއެވެ.

    38
    4
  11. ލަންސާ

    މީހުން ދަންޖެހެނީ ދުނިޔޭގަ އުޅެވެން ނެތީމަ އެއްވެސް ގޮތަކުން. ހުރިހާ ކަމެއް ދީނީ ނަޒަރަކުން ނުބަލާ އިންސާނިއްޔަތުގެ ނަޒަރުން ބަލާނަމަ ދޯ. މީހުން ޑިޕްރެޝަނަށްވެސް ދޭ އެއީ ލާދީނީވެގެއް ނޫން. ކޮންމެސް އެހެންމީހެއްގެ ނުފޫޒުން ތިމާގެ ނަފްސު ފުނޑުފުނޑު ކޮށްލަނީ. ވީމާ ސުއިސައިޑް ކޭސްތައް ވެސް ތަހުޤީޤު ކުރަންޖެހޭ. އެންމެހާ އިދާރާތަކަށް ގޮވާލަން އޭނާގެ މަރު ތަހުޤީޤު ކުރަން.

    42
    19
    • Anonymous

      މުސްލިމުން ވިސްނާނީ ދީނީ ނަޒަރަކުން. އެމީހަކަށް ކެތް ނުވާވަރު ކަމެއް ނުޖައްސަވައޭ ބަޔާން ކުރަެްވާފަ އޮންނަނީ އެހެންވެ. ދެން ވެދާނެ ދީނީ ނަޒަރަކުން ވިސްނަން ބޭނުން ނުވާ މީހުން އުޅެނީ ކަމަށް ރާއްޖޭގަ. ހާއްސަކޮށް މި ވެރިކަމުގަ އެކަހަލަ މީހުން ފާޅުވާކަން ފާހަގަ ކުރެވޭ. އެކަމު ތަހުގީގު ކުރަންޖެހޭ މަރާލީ ތޯ ނޫނީ އަމިއްލައަށް މަރުވީތޯ. އެހެން މަރުތައްވެސް ކުރާ ފަދައިން

      19
      5
    • އަޙްމަދު

      ކަލޭތިޔައީމުސްލިމެއްތަ

      2
      10
  12. އޮަލުވާލުން

    އޮޅުވާލުމަށް ޓަކަ އި ފާޑު ފާޑަށް ވާހަކަ ދައްކާނެ ކަމެއްނެތް އޭނަ އަމިއްލަޔަށް ދަންޖެހިގެން މަރެއް ނުވާނެ ތިކަންތައް މާބޮޑުކަމަކަށް ހަދައިގެން ސަރުކާރަކުން ނުބަލާނެ ތިވާނީ މި ސ ސަރުކާރާއި ގުޅުންހުރިބަޔަކު ކުރިކަމަކަށް!

    22
    5
  13. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އެއްވެސް ތަހުގީގެއް ނުކޮށް އަމިއްލަޔަށް ދަންޖެހުނީކަމަށް މިހާއަވަހަށް މިނިންމީ ކިހިނެއްބާ؟

    38
  14. ޙހހހ

    އެމް.އެން.ޕީއާރުސީގެ މައްސަލަ ހިލި ގަންނައިރަށް ތިފަދަ މަރެއް ފެންމަތިވޭ ، އެބައުޅޭކަމެއް

  15. ޜައްޓެއްސެއް

    ޢޭނާ އަކީ ދީނީ ކަންކަމަށް ފަރުވާތެރި 5 ވަގުތު ނަމާދުކުރާ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި ދަންނަ ހުރިހާ އެންމެންވެސް ޤަބޫލުކުރާނެ...ރައްޓެހިން މިސާލެއްގެ ގޮތުގައި ދެކުނު ރަނގަޅު އެކުވެރިއެއް...އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް ޤބޫލެއް ނުކުރެވޭ..މި މަރުގެ ސަބަބު އެނގެން އެންމެންވެސް ބޭނުން ....މައްޔިތާގެ ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި! ޢާމީން

    31
    1
    • ....

      ޔެސް..

  16. ކަންބަލާ

    ގާނޫނީ ވަކީލުން އެތިބެނީ މަރު އަތްމައްޗަށް ލައިގެން އަބަދު. ތިޔަ ކަންތައް ރަގަޅަށް ބަލއިގެން ހޯދިދާނެ ވީގޮތެއް، ވަކީލަކަށް ވަނީ އިސްލާމީ ޝަރީޢަށް ދަސްކޮށްގެން. އެއަށްވުރެން ތަންދޮރު ދަންނާނެ ވަކީލުން. ޤަބޫލެއް ނުކުރާނަން އަމިއްލައަށް ކަމަކަށް.